އޭޑީކޭ ހޮސްޕިޓަލް. އެ ހޮސްޕިޓަލްގެ 15 ބުރީގެ އިމާރާތެއް އަޅަން 120 މިލިއަން ރުފިޔާގެ ބޮންޑެއް އިޝޫކުރަން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު
16 އެޕްރީލް 2025 - 11:02
އޭޑީކޭ ހޮސްޕިޓަލުން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައި އޭގެ ފުރަތަމަ ޓްރާންޗް ނުވަތަ ބައިގެ ގޮތުގައި 50 މިލިއަން ރުފިޔާ ވިއްކަން ހުޅުވާލައިފި އެވެ.
އޭޑީކޭގެ ބޮންޑުގެ ފުރަތަމަ ޓްރާންޗަށް އިވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ބޯޑުން ފެންނާނެ އެވެ. އޭގައި އެ ބޮންޑު ލިސްޓްކޮށްފައިވަނީ ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގަ އެވެ.
ފަސްޓް ނެޝަނަލް އަކީ އެ ބޮންޑުގެ ލީޑް އެރޭންޖާ އަދި ޕްރިންސިޕަލް އެޑްވައިޒަރެވެ. ފަސްޓް ނެޝަނަލް އިން ވަނީ އެ ބޮންޑު ސްޓްރަކްޗާކޮށްފަ އެވެ. އަދި ބޮންޑާ ގުޅޭ ހުރިހާ ކަމެއް މެނޭޖްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.
އެ ކުންފުނިން ބުނީ، ބޮންޑު އިޝޫ ކުރާނީ ތިން ޓްރާންޗަކަށް ބަހާލައިގެން ކަމަށެވެ. ބޮންޑުގެ އަހަރީ ކޫޕަން ރޭޓަކީ އަށް ޕަސެންޓެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ވިއްކާ ބޮންޑެކެވެ.
އޭޑީކޭ ހޮސްޕިޓަލުން އެ ބޮންޑު ވިއްކަނީ، އެ ހޮސްޕިޓަލް ހިދުމަތްތައް އިތުރަށް ޑައިވާސިފައިކޮށް، ސިއްހީ ބައެއް ހިދުމަތްތަކަށް ބޭނުންވާ، އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށެވެ. އަދި 15 ބުރީގެ އިތުރު އިމާރާތެއް އެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވެސް ފަސްޓް ނެޝަނަލް އިން ބުންޏެވެ. އޭޑީކޭގެ އާ ބިލްޑިންހާ އެކު ސިއްހީ ދާއިރާގައި ރާއްޖޭގައި މިވަގުތު ނުލިބޭ އިތުރު ހިދުމަތްތައް ވެސް ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިންގަން ފެށި ޕްރައިވެޓް ހޮސްޕިޓަލެވެ. އަދި ޓާޝަރީ ހޮސްޕިޓަލެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަނީ އެ ހޮސްޕިޓަލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލު
18 April 2025
ރަންގަޅު ޑިޒައިނަރަކު ހޯދައްޗޭ… މިހާރުގެ ތިތަން ހަދާފަހުންނަ މޮޅު ޑިޒައިނަކުން ތަން ހަޑިވެ ހީވަނީ ފަންގަސް ޖަހާފަހުންނަހެން..
ހުތްމަޅިދީދީ
18 April 2025
ރާއްޖޭގައި ސިއްހީފަރުވާގެ އިތުރު ޚިދުމަތްތަށް ތަޢާރަފްކުރާކަމީ އަހަރެން އުފާކުރާކަމެއް، އާންމު ފަރުދުންވެސް ބޭކާރުހަރަދު މަދުކޮށް ފައިސާސޭވްކޮށްގެން ، ބަޔާންކުރެވުނު ޚިދުމަތްތަށް ގައުމުނަ ލިބިގަތީމަ އެ ނިމުނީ ނޫންތޯ،
1206
16 April 2025
މެޑިކަލް މާފިއާ އިން އެކްޝަން. އަސްލު މިއީ މެޑިކަލް މާފިއާގެ އެންމެ ބޮޑު ހުންގާނު. ދައުލަތުން ދިވެހިރައްޔިތުންގެ މިލްކު ބޮޑު ބިމެއް ވިޔަފާރި ކުރާ ޢާއިލާއަކުން ހިންގާ ޕްރައިވެޓް ކުންފުންޏަށް ދީފައި މި އޮންނަނީ ވަރަށް ކުޑަ އަގެއްގައި. އެކަމަކު، ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތެއް އެގްޒޯބިޓެންޓް (ނުބައްދަލު ބޮޑު) އަގުގައި، ވިޔަފާރިއަކަށް ހަދައިގެން މި ފޯރުކޮށްދެނީ. ގުޑް ގަވަރނަންސްގެ ކަންފުޅެއް ވެސް ނެތް ކުންފުންޏެއް. މުއްސަނދިން މުއްސަނދި ވަނީ.
ޑަކްޓަރު ވަހ\ީދު
16 April 2025
ޑަކްޓަރު ވަހ\ީދު ސަރުކާރުގެ ހެލްތު މިނިސްޓަރު، އޭރު އެތާހުރި ސިއްޙީ މަރުކަޒު އޭޑީކޭ އަށް ދިނުން އަދި ޑީލް އަކުން މިކަން ނިންމާލީ
ސުލައިމާނ
16 April 2025
އަހަންނަށް އިގެނީ ޖޭމްސް ބޮންޑް. ތަންކޮޅެއް ތިލަކޮށް ބޮންޑް އަކީ ކާކުކަން ނޫނީ ކޯޗެއްކަން ކިޔައިދެވިދާނެތަ
ޖޭމްސްދސް
16 April 2025
ބޮންޑަކީ ދައުލަތަށް ނުވަތަ ކުންފުންޏަކަށް ބޭނުންވާ ފައިސާ ހޯދުން. އެގޮތުން ވަކި އަގެއް ކަނޑައަޅައިގެން ކަރުދާސްކޮޅެއް ވިއްކާނެ. އެކަރުދާސްކޮޅު ގަތް މީހާއަށް ވަކި މުއްދަތެއްވީމަ، އެވިއްކި ފަރާތުން ރިބާގެ މިންވަރެއް ލާފައި އަލުން ފައިސާ ދޭނެ.
ހަސަނު21
16 April 2025
ތީ ގައުމަށް އޮތް ބަލާ އެއް! ގައުމުގެ މެޑިކަލް ސިސްޓަމް ފުންޑާލާ ކުޑަ އަގެއްގަ ކުއްޔަށް ނަގައިގެން ވަކިބަޔަކު މަހުޖަނުންނަށް ހަދަން ހިންގާ ޖަރީމާއެއް.. ރައްޔިތުމިހާ ފެލުން ނޫން ކަމެއް ނުކުރޭ!
ހަމްދާ
16 April 2025
ރައްޔިތުން ރަނގަޅަށް ފެލާލި ތަނެއް
އިގަލި
16 April 2025
ތެލަސީމިއާ ކުދިން ހުޅުމާލޭ ކޮންސްޓްރަކްށަން ސައިޓަކަށް ގެންދަން ނިންމީ މިބިން ހުސްކުރަންބާ
މެހި
16 April 2025
އިގަލި ކަލެއައް ނެތެއްނުއް ރަނގަޅު އެއްގޮތެއްވެސް