ރޯދަ ކުއިޒުން ވަނަ ހޯދި ބޭފުޅުންނާ އެކު ޒަމްޒަމް ހައްޖު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަޒީބެ (ވ-2) އަދި ރެފްކޫލްގެ މާކެޓިން މެނޭޖަރު ހިޝާމް ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އެޕްރީލް 2025 - 17:44
މި އަހަރުގެ ރޯދަ މަހު "މިހާރު" އިން ކުރިއަށް ގެންދިޔަ ކުއިޒުގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ
އެންމެ އަވަހަށް އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކޮށްގެން އެ ކުއިޒުގެ 2،1 އަދި 3 ވަނަ ވެސް ހޯއްދެވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝައިހު މުހައްމަދު ލަތީފުގެ އާއިލާއިންނެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ 30 ސިކުންތަށް ވުރެ އަވަހަށް ޖަވާބު ދިމާކޮށްފަ އެވެ.
ގިނަ ބައެއްގެ ތަރުހީބު ލިބުނު މި ފަހަރުގެ ކުއިޒުގެ އެއް ވަނަ ހޯއްދެވީ ޝައިހު ލަތީފުގެ ދަރިކަލުން ސަޖާ މުހައްމަދު ލަތީފެވެ. އެއްވަނަ އަށް ހުށަހަޅާފައިވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްސްގެ ފަރާތުން ދޭ އުމްރާ ދަތުރެކެވެ. ސަޖާގެ ބަދަލުގައި އެއްވަނަ އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ބޭބެ، އިިސްލާމީ މަރުކަޒުގެ އިމާމު ސަލްމާން މުހައްމަދު ލަތީފެވެ.
ރޯދަ ކުއިޒުން އެއްވަނަ ހޯއްދެވި ސަޖާގެ ފަރާތުން ބޭބެ، ސަލްމާނަށް، ޒަމްޒަމް ޖަމާއަތު މެނޭޖިން ޑިރެކްޓަރު އަޒީބެ، އެ ޖަމާއަތުން ހުށަހެޅި އުމްރާ ދަތުރުގެ ރަމްޒީ ލިޔުން މިއަދު ހަވާލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުއިޒުގެ ދެ ވަނަ މި ފަހަރު ވެސް ހޯއްދެވީ ސަލްމާންގެ ދަރިކަލުން އުމުރުން ފަސް އަހަރުގެ ސުލައިމް ބިން ސަލްމާން މުހައްމަދު ލަތީފެވެ. އެ ވަނަ އަށް ރެފްކޫލުން ހުށަހަޅާފައިވަނީ 55 އިންޗީގެ ޖޭއޭވީ އެންޑްރޮއިޑް ސްމާޓް ލެޑް ޓީވީ އެކެވެ.
ސުލައިމް ވަނީ "މިހާރު" އިން 2022 ގައި ބޭއްވި ރޯދަ ކުއިޒުން ވެސް ދެ ވަނަ ހޯއްދަވައިފަ އެވެ.
އިސްލާމީ މަރުކަޒުގެ އިމާމުކަން ކުރައްވާ ސަލްމާނަށް "މިހާރު" ގެ މި އަހަރުގެ ރޯދަ ކުއިޒުން ލިބިވަޑައިގަތީ ތިން ވަނަ އެވެ. ތިންވަނަ އަށް ރެފްކޫލުން ހުށަހެޅީ ކޮފްލީ ދޮންނަ މެޝިނެކެވެ.
ރޯދަ ކުއިޒުން ތިން ވަނަ ހޯއްދެވި ސަލްމާން އަދި ބަދަލުގައި ހަވާލުވި އާއިލީ ބޭފުޅެއް ފޮޓޯއަކަށް ހުއްޓިލައިގެން.--ފޮޓޯ: ނިޝާން އަލީ/ މިހާރު
ރޯދަ ކުއިޒުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަން ބޭއްވި ކުޑަ ރަސްމިއްޔާތުގައި، ޒަމްޒަމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ޝައިހު އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) ވިދާޅުވީ ރޯދަމަހު ދީނީ ގޮތުން މަސައްކަތްތަކެއް ކޮށް، އެ ގްރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިހާރު" ނޫހާ ގުޅިގެން ދެން ކޮންމެ އަހަރަކު ވެސް އުމްރާ ދަތުރެއް ދޭނެ ކަމަށް އަޒީބެ ވިދާޅުވި އެވެ.
ރެފްކޫލްގެ މާކެޓިން މެނޭޖަރު އަހުމަދު ހިޝާމް ވިދާޅުވީ ރޯދަ ކުއިޒުން ލިބުނު ވަނަތަކަށް އެ ފިހާރައިން ހުށަހެޅީ ކޮންމެ ބަޔަކަށް ވެސް ބޭނުން ހިފޭނެ ތަކެތި ކަމަށެވެ. ގޭގައި ބޭނުން ހިފޭ ޓީވީ އާއި ދޮންނަ މެޝިން ފަދަ ތަކެތި އެ ފިހާރައިން ވެސް ކުރިއަށް އޮތް ތަނުގައި "މިހާރު" އާ ގުޅިގެން ދޭނެ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ރޯދަމަހު "މިހާރު" އިން ބޭއްވި ކުއިޒު މުބާރާތުގެ ސުވާލުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ ދީނީ ސުވާލެވެ. އާއްމު މައުލޫމާތުގެ ސުވާލާއި ތާރީހާއި ސަގަފާތުގެ ސުވާލުތަކާއި ކުޅިވަރާ ގުޅުން ހުރި ސުވާލުތަކާއި އަދަބިއްޔާތުގެ ސުވާލުތައް ވެސް "މިހާރު" އިން ހިމެނި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފަލެއް
18 April 2025
މާޝާﷲ، ޝެއިޚް ލަތީފްމެންގެއަށް ހުރިހާ އިނާމެއްވެސް. بارك الله لهم
ޖޖޖޖޖޖޖޖ
17 April 2025
''ކުއިޒުގެ ދެ ވަނަ މި ފަހަރު ވެސް ހޯއްދެވީ ސަލްމާންގެ ދަރިކަލުން އުމުރުން ފަސް އަހަރުގެ ސުލައިމް ބިން ސަލްމާން މުހައްމަދު ލަތީފެވެ.."' ބޮޑު މީހެއްގެ އެހީއާއި ނުލާ 30 ސިކުންތުން ތިކަމެއް ނުވާނެހެން ހީވަނީ
ކަރުބޮލަކު
17 April 2025
މިކަހަލަ މުބާރާތްތަކުގައި ދީނީ ޢިލްމުވެރިންނަކަށްނޫންހެން ހީވަނީ ފުރުޞަތު ލިބެންވީ. މުބާރާތުގެ މަގުޞަދު ހާސިލްވާނީ ދީނީ ޢިލްމުގެ އަހުލުވެރިންނޫން އެހެން ފަރާތްތަކުން ކާމިޔާބު ހޯދުމުން.
ހެހެހެހެހެ
17 April 2025
ކީއްވެ ބައިވެރި ނުވެވޭންވީ ދީނީ އިލްމުވެރިއަކަށް ލިބުނަސް ކޮބާ މައްސަލައަކީ ޢެންމެނަށް ހުޅުވާލެވިފަ އޮތް ކުއިޒެއް ހަމަ އެކަނި ދީނީ ސުވާލު ހިމެނޭ ކުއިޒެއް ވެސް ނޫން ހަގީގަތް ނޭނގި ކޮމެންޓުކޮށްލަ ކޮށްލާ ތިބޭ މަސައްކަތް ކުރާ ބަޔޔަކަށް ކާމިޔާބުވެސް ލިބެނީ
ބުރޮދާ
18 April 2025
ކޯރެއް ފުރެންދެން ރޮއިބެ
ވޭނާ ކެކުޅުން
16 April 2025
ސަލްމާންއާ މެރީކުރަން ބޭނުން. ހަތަރު އަންބަށްވިޔަސް އޯކޭ. ބޭނުންވަނީ އެކުގަ ސުވަރުގެ ދާން ބާރު އަޅާ ދީނީ މީހެއް
ހޭބަލި
16 April 2025
ސަލްމާން އެބައުޅޭތަ ކަލޭއާ އެކީ ސުވަރުގެ ނުދެވިގެން
އެދުވަހުން
17 April 2025
ސުވަރުގެ ދެވޭނެ މަގު އެއޮތީ ހުޅުވިފަ. އެމަގުން ހިނގަމުން ހިނގަމުން ގޮސް މަރުވާންދެން ހިނގީމާ ދެވޭނީ ސުވަރުގެއަށް. ނަރަކައަށް ދާ މަގުވެސް އެއިތީ ރޯ ދިމާލަށް. އެމަގުން ހިނގަމުން ހިނގަމުން ގޮސް މަރުވާންދެން ހިނގައިފިނަމަ ދެވޭނެ ނަރަކަޔަށް. 3 ވަނަ މަގެއް ނެތް. އެމަިހަކު އަމިއްލަ އަށް ޒިންމާވާނެ ހިނގަން ގަސްދުކުރާ މަގަކަށް.
އިބިރަހިމާ
17 April 2025
ސީދާ ސަލްމާނާ އެކު ސުވަރުގެ ދާންތަ؟ ސަލްމާނާ އެކީ ނޫނީ ސުވަރުގެ ނުދާން؟
ޑިޓަރމިނޭޝަން
16 April 2025
މިއަދު އިންފްލައިޓް ގައި އަޑުއެހި ޕޮޑްކާސްޓެއްގައި އޭގައި ވާހަކަ ދެއްކި މީހާ ބުނީ ކަމެއް ޙާޞިލް ކުރުމުގެ ނުވަތަ އެކަން ކާމިޔާބު ވުމުގެ ސަބަބު ތަކުގެ ތެރޭގައި ކަމަށް ސަމާލުކަންދީ ދުރާލާތައްޔާރުވެ އެކަމަށް ވަގުތުދިނުން ހިމެނޭ، އެހެންކަމުން ތިޔަކަމުގައި ތިޔަޢާއިލާއިން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ތިޔަކަންތައް ކުރާކަން ފާހަގަ ކުރެވޭ. ތިޔަބުނާ އިސްތިހާރެއް މިހާރު ނޫހުން މުޅިރޯދަ މަހުގައި ފެނުނުއިރު އެއްފަހަރުވެސް އެއަަށް ސަމާލުކަމެއް ނުދެވުނު.