ރައީސް މުއިއްޒު
22 އެޕްރީލް 2025 - 21:59
ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައި މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި ކެބިނެޓުގެ މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވި މަޝްރޫއުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، ކެބިނެޓު ސެޝަންގެ މަސައްކަތު ބައްދަލުވުމަށް ފަހު، އެ މަނިކުފާނުގެ ވަޓްސްއެޕް ގުރޫޕް ޗެނަލްގައި ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.
"މިނިސްޓަރުންނާއި މެނޭޖިން ޑައިރެކްޓަރުންނާ އެކު މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު. އަޅުގަނޑުގެ މެނިފެސްޓޯގައި ހިމެނޭ އަދި ރިޔާސީ ކެމްޕޭނުގައި ވައުދުވި ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފުރިހަމަ، ތަފްސީލީ އަދި އަމަލީ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
MDs of State-Owned Enterprises update President Dr @MMuizzu on the status of key infrastructure projects during the Cabinet’s working session. The discussions focused on project progress, challenges, and solutions to ensure timely completion of top-priority initiatives. pic.twitter.com/d7JPnt9bQn
— The President's Office (@presidencymv) April 22, 2025
ރައީސް އޮފީހުން ބުނީ މިއަދުގެ މަސައްކަތު ބައްދަލުކުރެއްވުމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ.، ވީހާ ވެސް ގިނައިން، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ދެފުށް ފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން ވެސް ރައީސް މުއިއްޒު ބާރު އެޅުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަޝްވަރާ ކުރި ކުންފުނިތަކަކީ:
- ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކ
- ފެނަކަ
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
- މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)
ކެބިނެޓުގެ މިއަދުގެ ވޯކިން ސެޝަން ރައީސް ކުރިއަށް ގެންދަވަނީ.
މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތަރީހުތަކަށް ނިންމުމަށް ރައީސް ވިދާޅުވި ކަމަށާއި އެކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ކަންކަން މިއަދުގެ ބައްދަލުވުމުގައި އޮޅުން ފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ކުންފުނިތަކުގެ އެމްޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހި ކުރުމަށް އެޅޭނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާ އެކު، ކުރިއަށް ގެންދިއުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
25 April 2025
ޕްލޭންގެ ކަންކަން ރަނގަޅަށް ދަނީ. ދައުރު ނިމޭއިރުވެސް ޕްލޭން ގަ. ނިމިދިޔަ ސަރުކާރުން ފަށާފަހުރި ބައެއް މަޝްރޫޢުތަށް ކުރިޔަށް ދާއިރު ގިބަ މަޝްރޫޢުތައް ހުއްޓިފަ. އަދި އޭގެން ބައެއް އެއީ ތިމާމެންގެ ޕްރޮހެކްޓް ތަކެއް ކަމަށް ހަދައިގެން ކުރިޔަށް ދަނީ. މި ސަރުކާރުން ފުށިދިއްގަރަށް ފަސްކޮޅެއް އަޅާލުން ފިޔަވާ އެއްވެސް ކަމެއް ނުފަށާ. އެކަންވެސް މިކުރަނީ ދައުލަތަށް ލިބެން ޖެހޭ އެތައް ފައިސާއެއް މާފުކޮށްދީފަ.
ނޯނޯނޯ
23 April 2025
ތަރައްގީވީމަ ނިމުނީދޯ. ޒުވާން އަންހެނަކު ރޭޕްކޮށްފަ އެއްލާލީމަ އެކަން ބަލާނެ މީހެއްނެތް. މިހާވަރަކަށް ތަރައްގީ ވެވޭނީ.
އަބުދުލް ޤާދިރު
23 April 2025
ރަނގަޅަށް ކުރިޔަށް ދޭތާ. މަސައްކަތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ކަނޑައެޅި ބިން ހިއްކާ ނުނިމޭ. ނުވިތާކަށް ނިލަންދޫގެ ފަޅާއި ރީތި ގޮނޑުދޮށް ހަލާކުކޮށްލައިފި. ނިމިދިޔަ ސަރުކާރުން ފެށި ބަނދަރުގެ މަސައްކަތް ވެސް ކޮޅެއްގައި ޖެހޭތަނެއް ނުފެނޭ. ފިނިހަކަ ވެސް އެއަށް ވުރެ ބާރަށް ދުވާނެ.
ޡަރީ
23 April 2025
ރަސްދޫގެ މަޝްރޫއުތައް ހުއްޓިފަ ދައުރު ފެށުނީއްސުރެ
ރަންނަ
23 April 2025
ރައްޔިތަކަށް ފައިދާވާނޭ ގޮތަށް ކަންކޮށްފަ އެންމެ 3 އަހަރުތެރޭ ލޮލަށްފެނި ނިމި އޭގެ މަންފާ ރައްޔިތަކާ ހަމަޔަށް ގެނެސްދެވުނީ ހަމަ އެންމެ ވެރިޔަކަށް. އެކަން ހަޖަމުނުވެ ބާރުގެއްލުނީމާ ކުރި ބަގާވާތުން ސަލާމަތް ނުވެވިގެން އަދިވެސް މިއުޅެނީ. ބައެއްމީހުން ގަބޫލުނުކުރިޔަސް ހަމަބުއްދީން ވިސްނާލި ކޮންމެ މީހަކަށް މި ހަގީގަތް ސާފުވާނެ
މާކޮސް
23 April 2025
ހަގީގަތެއް އޮތް ސާފުތެދެެއް އެހެނަސް ޣައްދާރުން ބާޢީން ގަބޫލެއް ނުކުރާނެ އެއީ ކީއްވެ އެމުއްދަތުގައި އެއްޗެއް ޖީބަށް ލެވިފައި ނެތީމަ
އމވއޑ
23 April 2025
ރައްޔިތުން އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމުގެ ކަންކަން ބާރު ސުޕީޑުގަ އިންސާފުން ދިއުން. ބެކަލޮގު ވަރަށް ދިގު. ފާއިތުވީ ތަނުގައި ބޭއިންސާފުން ފުލެޓް ބަހާފައިވާތީ ލިބެންޖެހޭ އެތަކެއް ސަތޭކަ ބަޔަކުތިބީ ބާކީވެފަ. ކައިވެންޏަށް 20އ ވުރެ ގިނަވެ، 18އ ދަށުގެ ދަރިންތިބި އަދި މާލޭގަ އުޅޭތާ ބައިގަރުނާ ގާތްވެފަ ތިބި މީހުން މިތިބީ. އަބަދުވެސް ފެންނަނީ ދޯހަޅި އުސޫލު ހަދާފަ ނޫނީ ފުއްޑަދަށުން ފުލެޓްދޭތަން.
އަޒާން / އައްޑޫ
23 April 2025
ތިއިން އެއްވެސް މަންޒަރެއް ރަށްޔިތަކަށް ނުފެނޭ. ފެންނަނީ ސޮއިކޮށް ފޮޓޯ ނަގާތަން. ދެން ބައްދަލުވުން ބާއްވާތަން. އަމަލީ މަސައްކަތެއް ކުރިއަކަށް ނުދޭ.
މަޔާހޮކި
23 April 2025
ކަނޑު އަޑިންނާ މަތިން ބިއްލޫރިން ތަަރައްގީކުރާތީތަ ލޮލަށް ނުފެންނަނީ؟
ނާޑުވާ
23 April 2025
ހަމަ ތިހެން ބުނެލާއިރަށް ހެވިފަ އަތް ޖަހަންވީތޯ. ޤައުމު މިއޮތް ހާލަތާ ވެވުނުހާ އަދި މިހާރުވެސް ވަމުންދާ ވަޢުދުތައް ނުފުއްދިގެން އުޅޭތަން ފެންނަނީ.
ރަގަޅުކުރޭ
22 April 2025
ރައްޔިތުން އެންމެ ބޮޑަށް ޖެހިފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ކޮޅެއް ނުފެނޭ. ވަޢުދުވި ގޮތަށް އަދި އެއްވެސް ކަމެއް ކުރާތަން ނުފެނޭ. އިންތިޙާބު ކައިރިވީމަ ދަޅަ ދައްކަން ހަދައިގެން މިހާރު ރައްޔިތުން ނުހެއްލޭނެ.