އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތް ދައްކަން ޖެހޭ ނިސާބު ވަނީ އިތުރުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
23 އެޕްރީލް 2025 - 12:19
މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރަށް ކަނޑައެޅި މުދަލު ޒަކާތުގެ ނިސާބު އިތުރު ވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އިއްޔެއިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 9،264.15ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި އަހަރު މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ކަނޑައެޅިއިރު ހުރީ 7،140ރ.ގަ އެވެ. އެއީ މިދިޔަ ޖެނުއަރީގަ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބު ވަނީ ނިސާބު ހަމަވާ ވަރަށް ހިޖުރީ އެއް އަހަރުގެ މުއްދަތަށް ފައިސާ ހުރުމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.
ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމެއް 15.57ރ. އަދި ރަން ގްރާމަކަށް 1،601.52ރ. ގަ އެވެ.
މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
23 April 2025
ޒަކާތް ދައްކަންޖެހޭކަން ނުވަތަ ނޫންކަން ހިސާބުކުރެވޭނެ ގޮތް މިހާރު އެބަހުރި. އެއީ މިފަދަ ލިޔުމެއްގައި ފޯރުކޮށްދިނުން މުހިންމު މަޢުލޫމާތު. https://www.mira.gov.mv/Pages/View/zakatcalculator
ދެރަ
23 April 2025
ޢެއް އަހަރު އޮންލައިން ކޮށް ސްޓޭޓްމަންޓް ނުނެގޭތީ ފަރުވާ ކުޑަވެފަ މިހުރެވެނީ، އެގޮތް އެގޭމީހަކު ލިޔެލަބަލަ މިތާ
ހީހީ ސުލީހް
23 April 2025
ރަތްޔިތުންގެ އިތުބާރު މި މުއައްސަސާތަކަށް އިންތިހާޔަށް ދަށް. ނަތީޖާއަކީ ޒަކާތް ދައްކާ ނިސްބަތް ބޮޑްތަނުން ދަށްވުން.
ާއަހޫސް
23 April 2025
މުއައްސަސާތަކަށް އިތުބާރު ނެތުމަކީ ޒަކާތް ނުދައްކަންވީ ހުއްޖަތެއް ނޫން. ޒަކާތް ދެއްކުމަކީ އެ ވާޖިބުވާ މީހާގެ މައްޗަށް އޮތް ފަރުޟެއް. ޒަކާތަށް މަކަރު ހެދުމުގެ ބަހަނާއަކަށް މުއައްސަސާތަށް އޮންނަ އިތުބާރުގެ ވާހަކަ ނުދެއްކޭނެ..
އަހުމަދީ
23 April 2025
ގޯލްޑުގެ އަގު މިވަގުތު މަތީގައި ހުއްޓަސް އަބަދު އެއްވަަރެއްގަ ނުހުރޭ. އަގުކުރަނީ ކޮންގޮތަކަށް ބަލައިގެންތޯ
ށައިހް
23 April 2025
މުދަލުގެ ޒަކާތް ކޮންމެ އަހަރަކުވެސް ރިވައިސްކުރާނެ ދުވަސް ކުރީ ބައިގައި ސެޓްކުރުން މުހިއްމު. މިގޮތުން އެންމެ ރަނގަޅީ މާޗް، ޖޫން ، ސެޕްޓެންބަރ އަދި ޑިސެންބަރު މަސް ނިމޭ ދުވަހު ބާޒާރުގައި ރަނާއި ރިހީގެ އަގު ހުންނަ މިނ ވަރަކުން އަގުކުރުން. އެހެނީ ދުރާލާ މިކަމަާް ތައްޔާރުވެ ބަޖެޓްކުރުމަށް ފަސޭހަވާނެތީ!
މަރިޔަމްއަލީ
23 April 2025
މުދަލުގެ ޒަކާތާބެހޭގޮތުން ލިޔުމެއް ގެނެސްދިނުން އެދެން. ޝުކުރިއްޔާ