ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (މިނިސްޓަރު)

މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަނީ!

އަދާލަތު ޕާޓީގައި އުޅުއްވި ދުވަސްވަރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާނާ އެކު، ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.

30 އެޕްރީލް 2025 - 16:48

24 comments

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި އަދި މިހާރު ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރާ އޮތް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ދުވަހުގެ ފޮޓޯއަކާ އެކު، ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ ‎އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި ކަމަށެވެ.

އަދާލަތު ޕާޓީގައި އުޅުއްވި ދުވަސްވަރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާނާއި ލީޑަޝިޕްގެ އެހެން ބައެއް ބޭފުޅުނާ އެކު، ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.

"މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ،" މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ޝަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓްގައި ކެބިނެޓަށް އައްޔަންކުރެއްވި ކަމުގެ ލިޔުމުގައި ފެބްރުއަރީ 19، 2012 ގައި ޝަހީމް ސޮއިކުރައްވަނީ

ޕީޕީއެމް އުވުނު ފަހުން ޝަހީމް އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އޭނާ ވަނީ މެދުކެނޑުމެއް ނެތި 12 އަހަރު ވަންދެން އަދާލަތު ޕާޓީގައި އުޅުއްވައިފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އަދާލަތު ޕާޓީ އޮތީ ސިޔާސީ ގޮތުން އެއްވެސް ކަމަކާ ނުބެހި ހިމޭނުންނެވެ. އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވެސް ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ. އެކަމަކު، މި ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިއުމާ އަދާލަތު ޕާޓީ ދުރުގައި އޮތަސް އިމްރާން ދޭތެރެދޭތެރެއިން ރައްދު ދެއްވަ އެވެ.

24 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮދަޑި ކޮންޓެއިނަރު

30 April 2025

ބެންކޮކްގައި އުޅެލެވޭވަރަށް ހިންގާލާތި

The name is already taken The name is available. Register?

ޟމމމ

30 April 2025

މަރުޙަބާ!

The name is already taken The name is available. Register?

ކަނބިލި

30 April 2025

ޝަހީމު ފުރަތަމަ ޖެހޭނީ އިސްތިއުފާދޭން މިނިސްޓަރުކަމުން. ހުރިހާ މޮޅެއް ހޯދަން ނޫޅޭ. ތިޔަ ކަން ވައްތަރީ 2028 ގައި ޕީއެންސީގެ ރަނިންގމޭޓްކަން ހޯދުމަށް މުއިއްޒަށް ޕްރެޝަރކުރުން. ނޫނީ ތުރުކީ، މެލޭޝިއާ ފަދަ ގައުމުތަކުގައި އިސްލާމީ ފިކުރުގެ ޕާޓީތައް ވެރިކަންކުރާތީ ވެރިކަން ލިބޭކަމަށް ޝޯޓްކަޓެއް ނެގީ. ޝަހީމަށް ހިޔެއްނުވޭ ދިވެހިން ދަސްވެއްޖެހެންނެއް. ތިޔަ އުޅެނީ މާއަވަސް އަރައިގަނެގެން.

The name is already taken The name is available. Register?

މައިލޫމާތު

30 April 2025

އަދާލަތު އުފައްދައި ދެއްވުމަށް ޖާނާ މާލުން ޤުރުބާންވީ ރައީސް ނަޝީދުގެ ކުރީގެ އަނބިކަބަލުން ލައިލާއަލީގެ ބައްޕާފުޅު އަލީ އަބްދުﷲ. މެންބަރުން ހަމަ ކޮއްދޭން އެންމެ މަސައްކަތް ކޮއްދިނީ އެމްޑީޕީގެ ބައެއް ހަރު ބޭފުޅުން

The name is already taken The name is available. Register?

ވަރަށްސާފ

30 April 2025

ޑރ އިޔާޒް ޝަހީމާ ދެކޮޅަށް ނިކުންނާނެ.

The name is already taken The name is available. Register?

ސަލަފު

30 April 2025

2028 ގެ ރިޔާސީ އިންތިޚާބުގައި އަދާަލަތު ކެންޑިޑޭޓް ޑރ ޝަހީމަށް ވޯޓު ނުދެން. ހަމަ ބުނެލީ

The name is already taken The name is available. Register?

އަދާހަމަ

30 April 2025

އެއީ މައްސަލައެއް ނޫން އެމީހަކު ބޭނުންވާ ކަމެއް ކުރާނީ އެއީ މީހަކާ ހިތްހަމަ ނުޖެހިގެނެއް ނޫން

The name is already taken The name is available. Register?

1206

30 April 2025

އިންޝާ ﷲ ބަލާނީ އެއްވެސް ޕާޓީ އެއްގައި ނުޖެހި، މި ދުނިޔޭގެ ދަންފަޅި ނިންމައިލެވޭތޯ. ތިޔައީ ކަނޑައެޅިގެން ހުރި ފިތުނައެއް ކަން ނިމުނު ފަނަރަ-ވިހި އަހަރު ސާފުވެއްޖެ. މުއިއްޒު ވެސް އުއްމީދު ކުރި ވަރަށް ވުރެ ލޮނު މަޑު، އިލްމީ ގާބިލުކަން ހުއްޓަސް ހިލްމުވެރިކަމެއް ނެތް. 24 ގަޑި އިރު ޑިފެންސަށް ފައިބައި ހުންނަން ޖެހިފައި އޮތީ. ރެވުންތެރިކަމެއް، ވެރިކަން ހިންގުމުގެ ފާޑުވެރިކަމެއް ހަމަ ޒައްރެއްގެ މިންވަރަށް ވެސް ނެތް. ގާތު ލެވުނު މީހުންގެ ސުންޕާކަން ހަމަ.

The name is already taken The name is available. Register?

ށިރިސް

30 April 2025

އަމިއްލަ ޖާހު ބޮޑު ކުރުމާއި މަގާމާއި އިއްޒަތާ ގަދަރައްޓަކާ ދެއްތޯ ދީނުގެ ނަން ކުރިޔަށް ނެރުއްވައިގެން ހުރެ އުމުރު ހުސްކޮށްލައްވާނީ

The name is already taken The name is available. Register?

ބުރަތޭރީ

30 April 2025

ހެޔޮއެދޭ ފަރާތެއްގެ ގޮތުން ދަންނަވާނީ ތިޔަކަމަކީ ރަނގަޅު ބަދަލެއްނޫނޭ...ދެވަނަ ވިސްނެވުމަކަށް ވަޑައިގަންނަވާށޭ...ކޮންމެ ބޭފުޅަކަށްވެސް މަތީމަގާމެއްގައި ހުންނައިރު ސަނާކިޔާމީހުން ވަރަށް ގިނަވާނެ..އެކަމުން ތިމާގެ ތާއީދު އޮތްމިންވަރު ވަޒަންނުކުރެވޭނެ..އަބަދު މަތީ މަގާމަށް ދަހިވެތިވުމަކީ ރަނގަޅުވިސްނުމެއްނޫން...ވިސްނާލައްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454