ވިޔަފާރި / މިއޮޓް ހޮސްޕިޓަލް

މިއޮޓް ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާ ބައްދަލުކޮށްފި

އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމާއި ގުޅިގެން ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމީ ހަފްލާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިސްވެރިންނާ ބައްދަލުކޮށްފި އެވެ.

އެ ބައްދަލުވުމަކީ އިއްޔެ އެ ހޮސްޕިޓަލުން ރާއްޖޭގައި ހުޅުވި ރިހިބެލިޓޭޝަން ސެންޓަރުގެ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އާއި އެ މިނިސްޓްރީގެ އިސްވެރިން އަދި ރާއްޖޭގެ ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި އެ ރިހިބެލިޓޭޝަންއިން ލިބެން ހުރި އެކި ހިދުމަތްތަކުގެ މައުލޫމާތުތަކާއި އެ ހޮސްޕިޓަލުގައި ހުންނަ ރިހިބެލިޓޭޝަންއިން އެކި ބަލިތަކުގެ ސަބަބުން ހަރަކާތްތެރިވެ އުޅުމަށް ދަތިވެފައި ތިބި ބަލިމީހުންނަށް ފަރުވާދީ, އާއްމު ހާލަތަށް ރުޖޫއަކުރެވިފައި ތިބި ޕޭޝަންޓުންގެ ވާހަކަތައް ވަނީ ހިއްސާކޮށްފަ އެވެ.

އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ރިހިބެލިޓޭޝަން ސެންޓަރާ ގުޅޭ ގޮތުން ހުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ހާއްސަ ކިއު އެންޑް އޭ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމާއި ގުޅިގެން ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމީ ހަފްލާގައި ހެލްތް މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތުވީ މޮހަންޑަސް ވަނީ ރާއްޖޭގައި އެ ހިދުމަތް ފެށުމަށް ރާއްޖޭގެ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ތަނަކީ އާއްމުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ތަނަކަށް ހެދުމަށް އާސަންދަ ހަމަޖެއްސުމަށް ވެސް ސަރުކާރުގެ އެހީ ލިބުނުކަން ފާހަގަކުރެއްވި އެވެ.

ޑރ. ޕްރިތުވީ ވިދާޅުވީ ރާއްޖޭގައި ހުޅުވި ސެންޓަރު, ރާއްޖޭގެ ބޭނުންތައް ދެނެގަނެ, އެ ބޭނުންތައް ފުރިހަމަވާނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރަމުން ދާނެ ކަމަށެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމާއި ގުޅިގެން ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމީ ހަފްލާގައި ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތްވީ މޮހަންޑަސް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން އެ ސެންޓަރު މި ހުޅުވީ ހިދުމަތްތައް ފުޅާކުރުމުގެ ވިސްނުމާ އެކު. ރާއްޖެއަށް އެންމެ ފުރިހަމައަށް ބަލިމީހުންނަށް ރިހިބެލިޓޭޝަން ދެވެން ހުރި ގޮތްތައް ދެނެގަނެ, އެ ގޮތަކަށް ހިދުމަތް ބައްޓަން ކުރާނަން. އެއީ ގެއަށް ގޮސްގެން ފަރުވާ ދިނުން ކަމަށް ވިޔަސް, އެކަން ކުރެވެން ހުރި ގޮތްތައް ހޯދާނަން،" ޑރ. ޕްރިތުވީ ވިދާޅުވި އެވެ.

ޑރ. ޕްރިތުވީ ވަނީ ރިހިބެލިޓޭޝަންގެ މުހިންމުކަން ފާހަގަކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި ރިހިބެލިޓޭޝަން އަކީ ހަމައެކަނި ފިޒިއޮތެރަޕީ ނޫން ކަމަށާއި އެއީ އެކި ޓްރީޓްމަންޓުތަކާއި އެކު އަމިއްލައަށް ފުދިގެން އުޅެވޭ މިންވަރަށް ހަރަކާތްތެރިވެ އުޅުމަށް ދޭން ޖެހޭ އެކި ތެރަޕީތައް ދިނުން ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމާއި ގުޅިގެން ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމީ ހަފްލާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވީ, އެ ރިހިބެލިޓޭޝަން ސެންޓަރަކީ މައިގަނޑު ތިން ދާއިރާއެއްގެ ގިނަ ވައްތަރުތަކެއްގެ ތެރަޕީ ދޭނެ ތަނެއް ކަމަށެވެ. އެ ދާއިރާތަކަކީ ފިޒިއޮތެރަޕީ, އޮކޭޝަނަލް ތެރަޕީ އަދި ސްޕީޗް އެންޑް ސްވަލޯ ތެރަޕީ އެވެ.

މި ތެރަޕީތަކަކީ އުފެދުމުގައި ހުންނަ ބައްޔެއްގެ ސަބަބުން ނުވަތަ ކުރިމަތިވާ ބޮޑު ބަލިމަޑުކަމެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ހަރަކާތްތެރިވެ އުޅުމަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދޭ ފަރުވާތަކެކެވެ.

"މިއޮޓް" ރިހިބެލިޓޭޝަންގެ ހިދުމަތްތަކަށް އާސަންދަ ލިބޭނެ އެވެ. އެތަނުން ޓެލެމެޑިސިންގެ ޒަރީއާއިން މިއޮޓް ހޮސްޕިޓަލްގެ ޓީމުން ބަލިމީހުންގެ ރަނގަޅު ޑައިގްނޯސިސްއެއް ނެތް ނަމަ، އެ ޑައިގްނޯސިސް ހަދައި ދޭނެ އެވެ.

މިއޮޓް ރިހިބެލިޓޭޝަން ސެންޓަރު ހުންނަނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454