ރައީސް މުއިއްޒުގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ
02 މެއި 2025 - 16:43
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ދައުރު ކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށް، އެ އާއިލާގެ ގާނޫނީ ވަކީލް އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
އާޒިމާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާނުންގެ މުޒާހަރާ އިން ރޭގައި ހައްޔަރުކުރި އަންހެނަކާ ގުޅޭގޮތުން ޔާސްމީންގެ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށެވެ.
ރައީސް މުއިއްޒުގެ އާއިލާއިން ވަނީ ޔާސްމީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި އާއްމުންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.
ރައީސްގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައަކާ ގުޅިގެން ވެސް ރައީސްގެ އާއިލާއިން ވަނީ އަބުރުގެ ދައުވާ ކޮށްފަ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ ފެމިލީ ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައިވެ އެވެ.
އެ ކޯޓަށް ހުށަހެޅި މައްސަަލައިގެ އަޑުއެހުން މިދިޔަ ބުދަ ދުވަހު ވަނީ ފަށައިފަ އެވެ. ނަމަވެސް، ސިއްރުން ގެންދާތީ އެ އަޑުއެހުމުގެ ތަފްސީލެއް ނުލިބެ އެވެ.
އެ މުޒާހަރާގައި ވާހަކަ ދައްކަމުން މަންދީ ބުނި ގޮތުގައި ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރީ އުމެއިރު ވޭޕްކުރާކަން ފަޅާއެރުމުންނެވެ. ނަމަވެސް، އެ ހުރިހާ ވާހަކަތަކެއް ރައީސް މުއިއްޒުގެ އާއިލާއިން ވަނީ ދޮގުކޮށްފަ އެވެ.
ރައީސްގެ އާއިލާ އިން ބުނެފައި ވަނީ އުމެއިރަކީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީމާ
03 May 2025
އަބުރައީބެހުމާއި ދޮގު ވާހަކަ ފެތުރުމަކީ ގަސްތުގައި މުޖުތަމައު ފަސާފަކުރަން ކުރާކަމެކެވެ. މިފަދަ މީހުންނަށް ހަމަ ނުވިސްނެނީއެވެ
އިންސާފުނާމާ
03 May 2025
ތިޔަޔައީ އިހައްދުވަހު ހިނގި ކަމެއް، މަ ކޯޓަށް މަޢްސަލައެއްލައިގެން އުޅޭތާ 3 އަހަރު އަދި އަޑުއެހުމެއް ކުރިޔަކަށް ނުދޭ، މީވެސް އިންސާފުތަ؟
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
02 May 2025
"ކުޅަނދުރު ހަތަޔަށް އޮއްގާ އުކާކަށް ނުވާނެ!". މާ ކުރިން އެމް.ޑީ.ޕީ ގެ 12 މެންބަރުން ޕީ.އެން.ސީ އާއި ގުޅުނީ ހިލޭތޯ ވިސްނާލުން ރަނގަޅު!
މުބީނު
02 May 2025
މައްސަލަ ފަށައިގަތުމުގެ އަސްލު ރާމީ ތިޔަ ވިދާޅުވީ. ގޯސް ހެދީ ފުރަތަމަ ޕީ.އެން.އެފް! ކާން އިންނަ ބަތް-ތައްޓަށް އަތްބޭނީ ފުރަތަމަ އެބައި މީހުން!
އަސްމަލާ
02 May 2025
ޑރ. ރާމީޙަސަން އަކީ ވަރަށް މޮޅު ބޭފުޅެއް. އިއްޔެގަ ޕީޕީއެމްގެ ނަމުގައި މިއަދު ޕީއެންއެފްގެ ނަމުގައި ކުރެއްވި ކޮމެންޓް ގެ މާބޮޑު ތަފާތެއްނެތް. ސަބަބެއްކަމަށް ލަފާކުރެވެނީ އޭރުގެ ޕީޕީއެމް އާ މިހާރުގެ ޕީއެންއެފް އާ ގުޅިލާމެހިފައިވާތީ ކަމުގައި ވެދާނެ.
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
03 May 2025
ތޭންކްސް. އަޅުގަނޑު ފެށުނީއްސުރެ ވެސް ލިޔެނީ ޕީ.އެން.އެފް. އަޅުގަނޑަކީ ޔާމީން ގެ ފަހުލަވާނެއް!
ބެންޖަމިން
03 May 2025
ހުސް ޕީ ޕީ ޕީ ވީމަ ރާމީ އަށް ވެސް އޮޅިދާނެ!
މިއަދުގެ ހުކުރު ޚުޠުބާ ގައި ކީ........
02 May 2025
މީހުންގެ ޢަބުރަށް އަރައިގަންނަ މީހުން ފަޟީޙަތް ކުރައްވާނެ ކަމަށެވެ. މި ޚަބަރު ފެނުނީމައި ހިތަށް އެރީ ރައީސް ޞޯލިޙްގެ ދަރިކަނބަލުން އެއްވެސް އެއްޗެއް ވިދާޅުނުވާ އިރުގައި ވެސް އެބޭފުޅާއޭ ކިޔައިގެން މިހާރު މިއޮތް ސަރުކާރަށް ނިޞްބަތްވާ މީހުން، އޭރުގައި އިދިކޮޅުގައި އޮވެގެން އެބޭފުޅާއަށް ކޮށްލިވަރެވެ.
މުލޭ
02 May 2025
ސިޔާސީ މީހުން ސިޔާސީ މީހުންނާ ފޮށި ޖެއްސުންކޮށް ސިޔާސީ ހަމަލަ ދޭންވާނީ. ސިޔާސީ ކަންކަމުގައި ނޫޅޭ ދަރިން މިކަންކަމުގެ ތެރެއަަށް ވައްދައި މުޖުތަމަޢު ފަސާދަ ނުކޮށްބަލަ. ކޮންފަދަ ފިތުނަ ވެރި ޒަމާނެއް!. ދޮގު ފަތުރާ މީހުން އެކަން ހުއްޓާލައި ތައުބާވޭ އަވަހަށް.
އައިމިނާ
02 May 2025
ކޮންފަދަ ފިތުނަވެރި ޒަމާނެއް.
ނަމްބަރު ދީބަލަ އައިމިނާ
03 May 2025
ފިތުނަވެރި ނުވިއްޔާ ދެރައެއްނު އައިމިނާ، މިދިޔަ ޑިސެމްބަރުގަ ކިޔަންފެށީ 2025 ހަކީ އަމަލީ މަސައްކަތުގެ އަހަރޭ ފޮނިބައިސާ ކެނޑުމުގެ އަހަރު މި ނިމުނީއޭ ޖެނުއަރީ 2025 ގަ މާލެ ސަރަހައްދުގަ ބޯހިޔާވަހިކަމުގެވެސް މީގެކުރިން ދިވެހީން ނުދެކޭފަދަ ބޮޑު ބިޔަ ޕްރޮޖެކްޓްތައް ފެއްޓޭނޭ. 4 މަސް ނިމި 5 ވަނަ މަސް ފެއްޓުނުއިރުވެސް ހަރާން. އެބުނާ އަމަލީ މަސައްކަތެއް ނުފެނުނު. އެހެންވީމަ ދެން ނުވާންތިއްބަސް ވެވުނު އެއްޗެއް ވެވޭނެނު. ހާދަހާ ހާލުގައޭ މިއުޅެނީ ބޮޑު ކުލީގަ
ޠާނަ
02 May 2025
ޔާސްމީން އެއް ނޫން. ޔަސްމީން