ހިޓާޗީ ބްރޭންޑުގެ އޭސީ.
04 މެއި 2025 - 20:28
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން "ފިނިފިނި ހިޓާޗީ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އެއާ ކޮންޑިޝަނާތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ދަށުން ހިންގަމުންދާ އެފްއެސްއެމްގެ އެމްޑީ ފާތިމަތު އާޝާން އެވެ.
އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި 15 ޕަސެންޓާ ހަމައަށް އޭސީތަކުން ޑިސްކައުންޓު ލިބޭނެ އެވެ.
ހިޓާޗީ ބްރޭންޑުގެ އޭސީ.
ހިޓާޗީ ބްރޭންޑުގެ އޭސީތަކަކީ ތިމާވެއްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަ އުފެއްދުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ 1،000ރ. އިން މަތިން އެ ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ކޫޕަނެއް ވެސް ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް 30،000ރ. ގެ ހޯމް އެޕްލައިންސް ސާމާނުގެ ޕެކޭޖެއް ވެސް ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy