ޣައްސާން މައުމޫން: ރާއްޖޭން ފޮނުވާލީ ޖުމްލަ 75 އިންޑިއާ ސިފައިން ކަމަށް ވިދާޅުވި
06 މެއި 2025 - 11:01
ރާއްޖޭގައި ތިބި އިންޑިއާގެ 75 ސިފައިން މިހާރު ގޮސްފައިވާ ކަމަށާއި އެ މީހުން ރާއްޖޭގައި ތިބި އިރު ހަތިޔާރެއް ނުގެންގުޅޭ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސްފައިވަނީ ދެ ގައުމުގެ ދޭތެރޭގައިވާ ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.
އިންޑިއާއިން ގެންދިޔަ 75 ސިފައިންގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫގައި ގާއިމްވެފައި ތިބި 25 ސިފައިންނާއި ލ. ކައްދޫގައި ތިބި 25 ސިފައިން އަދި ސ. ގަމުގައި ތިބި 25 ސިފައިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ހަތިޔާރާ އެކު ރާއްޖޭގައި ތިބި ބައެއް ނޫނެވެ.
ޣައްސާން ވިދާޅުވި ގޮތުގައި، މި ވަގުތު ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ނުތިބޭނެ އެވެ. މިނިސްޓަރު ވިދާޅުވީ އެހެން ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބުމަކީ ސިޔާދަތާއި މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ ކަމެކެވެ. އެހެންވެ އެކަން މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ވިދާޅުވި އެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރަން އިންޑިއާގެ އަސްކަރިއްޔާގެ ބަދަލުގައި މިހާރު ތިބީ އެ ގައުމުގެ މަދަނީ މީހުންނެވެ.
ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން ދެ ގައުމުން ވީ އެއްބަސްވުމުގެ ދަށުން ލ. ކައްދޫ އާއި ސ. ގަމަށް ގެންދިޔަ މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު ފެބުރުއަރީ މަހުގެ ނިޔަލަަށް ވަނީ ހަމަވެފަ އެވެ. އަދި ހދ. ހަނިމާދޫގައި ތިބި މަދަނީ މީހުންގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހަށެވެ.
މި މުއްދަތުތައް ހާމަކުރައްވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތުން އެ މުއްދަތުތައް ބަދަލުނުކުރާހާ ހިނދަކު، މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު އޮންނާނީ އެގޮތަށެވެ.
ނަމަވެސް މިނިސްޓަރު ޣައްސާން މިއަދު ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ހަމަވި ކަމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިނުވާ ކަމަށާއި އެކަން ކުރިއަށް ދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.
ކެމްޕެއިންގައި ރައީސް އިއްޒު ވިދާޅުވެފައިވަނީ އިންޑިއާ އިން ހަދިޔާކުރި އުޅަނދުތައް އޮޕަރޭޓް ކުރަން ދިވެހިން ތަމްރީނު ކުރައްވާނެ ކަމަށާއި އެކަމަށް ގާބިލް ދިވެހިން އެބަ ތިބި ކަމަށެވެ. މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވި ގޮތުގައި މިހާތަނަށް އެ އުޅަނދުތައް ދުއްވަން ސިފައިންގެ ތެރޭގައި ޕައިލެޓުން ތަމްރީނުކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
06 May 2025
މޫނުމަތިން އުފާވެރިކަން ގެއްލިއްޖެ. ނުތަނަވަސްކަން ބޮޑުވެފަ. އިސްތިއުފާ ކައިރި ވާކަމުގެ އަލާމާތެއް.
ނަން...
06 May 2025
ހީހީ ހަލާކު. އިންޑިޔާއެކުން ސިވިލިއަން އަކަށް އިންޑިޔާ މިލިޓެރީ ހެލިކޮޕްޓަރ އަދި ޑޯނިއަރ ފުލައިޓް އޮޕަރޭޓް ކުރާކަށް ނުތަ މިލިޓެރީ އިކުއިޕްމެންޓް އޮޕަރޭޓް ކުރާކަށް ނުދޭނެ. އިންޑިޔާއެކީ އެމެރިކާ ގޮތަށް އެމެރިކާގެ ބްލެކް ވޯޓަރ ނުނީ ރައްސިޔާގެ ވެގްނާރ ގުރޫޕްއަށް ކޮންޓްރެކްޓް ދީގެން އުޅޭބައެއްނޫން. އެއްބަސް ވިޔަސް ނުވިޔަސް ހެލިކޮޕްޓަރ އަދި ފުލައިޓް ބަލަަހައްޓަން އެހުރީ އިންޑިޔާ ސިފައިން ފުލް ޑިޕްލޮމެޓިކް އިމިޔުނިޓީގައި. ރޭޕް ކުރިޔަސް ކަމެއް ނުކުރެވޭނެ
އަލީ!!
06 May 2025
75 ސިފައިން ގޮސްފައި ކިތަށް ސިފައިންތޯއައީ؟ ދާވަރާ އަންނަވަރުވެސް ސާފުވާންޖެހޭ. އެއްއިރެއްގައިވެސް ހަތިޔާރެއްނުގެންގުޅޭ.
ޗޫޤީ
06 May 2025
ދާއެއްޗެހީގެ ތެރޭގައި އަންނަ އެއްޗެހިވެސް ހުންނާނެ. މިސާލަކަށް ފޭލި.
ސދވވ
06 May 2025
އެހެންވީމަ ގައްސާން ކުރިން ތިބިކަމަށް ޔަގީންކޮއްފަ ބުނި 2000 ސިފައިންގެ ތެރެއިން ބާކީތިބި 1922 ސިފައިން ބާލާނި ކޮން ދުވަހަކުތޯ؟
ޑރ ވާންޗޯ
06 May 2025
ތީގަދެން އަނެއްހެން އެމްޑީޕީ ރުޅިއަންނަވަރުގެ ކަމެއްނެތްދޯ؟. މިސަރުކާރުން އެހުރިހާއެންމެން ޔުނީފޯމާއެކު ފޮނުވާލީ ޔުނީފޯމުބާލާފަ ލުންގީގަ އައުމަށް . އެގޮތަށް އެކަން މަދަނީއަށްވެ ނިމިފައޮތީ.
ޅެމަކުން ނިންމާލާ، ގައުމިއްޔަތު؟
06 May 2025
ޗުއްޓީއަށް، ޔުނީފޯރމް ގޭގަ ބާއްވާފަ އަންނަން ދިޔައީ! އިހަކަށް ދުވަހުވެސް ޖާސޫސީ ފްލައިޓެއް އުދުހުނުކަންވެސް މި ގްރޫޕަށް ނޭނގޭ؟
ސަސި
06 May 2025
ތިޔަ މައްސަލާގައި ސަރުކާރަށް ދެއްކޭނީ ހުސްވެސް ހަމަ ނުޖެހޭ ވާހަކަ
ޗޫޤީ
06 May 2025
ޕޮއިންޓަކީ އިންޑިޔާ ސިފައިން މިގައުމުދޫކޮށް ދިއުމެއްނޫން. ހަގީގީ ޕޮއިންޓަކީ ހަދިޔާކުރި އުޅަނދުތަކާއި ރާޑަރުތަކުގެ ފުލް ކޮންޓްރޯލް ދިވެހި ސިފައިންގެ އަތަށް ލިބުން. އެ ނުލިބޭހާ ހިނދަކު މިގައުމުގައި ބަނޑަހަ ޖަހައިގެން އިންޑިޔާ ސިފައިން ތިބޭނެ. ދިވެހިން މިހާރު ހޭއަރަންވެއްޖެ.
ހަމްދާ ސައީދު
06 May 2025
އަދަދު ނުބުނެވުނު ދޯ.
ތެފައާސާ.
06 May 2025
2،000 އަށްވުރެ ގިނަ ސިފައިންތިބިކަމަށް ގޮވި. އެހެންވީމާ ތި 75 ސިފައިން ފޮނުވާލިއަސް އަދި 1،925 އަށްވުރެ ގިނަ ސިފައިން ތިބޭނެތާ؟
އަބަޕާ
06 May 2025
އެއީ ޔާމިނުގެ ގްރޫޕް ހަދާދޮގު. މިސަރުކާރުން ފުރަތަމަ ވެސް ބުނީ 75ގެ ވާހަކަ. އޮޅުވާނުލާ
ވިލް
06 May 2025
އޭރު ވެރިކަމުގަތިބި މީހުން ކީއްވެ ތެދު ނުބުނީ ދެން
ފިތުނަ
06 May 2025
@ވިލް، އޭރު ވެރިކަމުގައި ތިބި މީހުންވެސް ހަމަ ސީދާ ތި އަދަދުތައް ހާމަކުރި. 74 ސިފައިންނޭ ތިބީ، އެމީހުން ހަތިޔާރު ނުގެންގުޅެއޭ ވެސް ބުނި. 2022 ގެ ސުރުޚީތަކުން މިހާރުވެސް މިކަން އެނގޭނެ. 241 ކޮމިޓީގައިވެސް މި އަދަދުތައް މިހެން ހާމަކުރި. ފިތުނައިގެ ދޮގުގައި ޖެހިގެން މީހުން ގަބޫލްނުކުރުން އެއީ އަދި އެހެން ކަމެއް