09 މެއި 2025 - 11:35
އޭޑީކޭ ހޮސްޕިޓަލުން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައި އޭގެ ފުރަތަމަ ޓްރާންޗް ނުވަތަ ބައިގެ ގޮތުގައި 50 މިލިއަން ރުފިޔާ ކާމިޔާބު ކަމާ އެކު ވިއްކައި ނިންމާލައިފި އެވެ.
އޭޑީކޭގެ ފުރަތަމަ ޓްރާންޗަށް ހުޅުވާލީ މިދިޔަ މަހުގެ 15 ގަ އެވެ. އެހެންވެ، ގާތްގަނޑަކަށް 15 ދުވަހުން އެ ބޮންޑުގެ ފުރަތަމަ ބައި ވަނީ ވިކިފަ އެވެ.
ފުރަތަމަ ޓްރާންޗު ކާމިޔާބު ކަމާ އެކު ވިކުނު އިރު އެ ހޮސްޕިޓަލުން ޖުމްލަ 120 މިލިއަން ރުފިޔާގެ ބޮންޑު ވިއްކާނެ އެވެ. އަދި ދެވަނަ ޓްރާންޗަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ބޮންޑުގެ ލީޑް އެރޭންޖާ އަދި ޕްރިންސިޕަލް އެޑްވައިޒާ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުންޏެވެ.
ފަސްޓް ނެޝަނަލް އިން ވަނީ އެ ބޮންޑު ސްޓްރަކްޗާކޮށްފަ އެވެ. އަދި ބޮންޑާ ގުޅޭ ހުރިހާ ކަމެއް މެނޭޖްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.
އޭޑީކޭގެ އެ ބޮންޑު އިޝޫ ކުރާނީ ތިން ޓްރާންޗަކަށް ބަހާލައިގެންނެވެ. ބޮންޑުގެ އަހަރީ ކޫޕަން ރޭޓަކީ އަށް ޕަސެންޓެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ވިއްކާ ބޮންޑެކެވެ.
އޭޑީކޭ ހޮސްޕިޓަލުން އެ ބޮންޑު ވިއްކަނީ، އެ ހޮސްޕިޓަލް ހިދުމަތްތައް އިތުރަށް ޑައިވާސިފައިކޮށް، ސިއްހީ ބައެއް ހިދުމަތްތަކަށް ބޭނުންވާ، އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށެވެ. އަދި 15 ބުރީގެ އިތުރު އިމާރާތެއް އެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވެސް ފަސްޓް ނެޝަނަލް އިން ބުންޏެވެ. އޭޑީކޭގެ އާ ބިލްޑިންހާ އެކު ސިއްހީ ދާއިރާގައި ރާއްޖޭގައި މިވަގުތު ނުލިބޭ އިތުރު ހިދުމަތްތައް ވެސް ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އެ ބޮންޑުގެ ފުރަތަމަ ޓްރާންޗު ކާމިޔާބު ކަމާ އެކު ވިއްކާލުމުން އެކުންފުނިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެންނަން ބޭނުންވާ އިންގިލާބީ ބަދަލުތަކަށް އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ހާމަވާ ކަމަށެވެ.
ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، އެ ބޮންޑަށް ލިބުނު ކާމިޔާބީން ރާއްޖޭގެ ކެޕިޓަލް މާކެޓަށް އިންވެސްޓަރުންގެ ޝައުގު އޮތް މިންވަރު ސާފުވާ ކަމަށެވެ.
އޭޑީކޭ ބޮންޑުގެ ދެ ވަނަ ޓްރާންޗަށް ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަކުރާށޭ
10 May 2025
ރާއްޖޭގައި ރިސޯރޓް ތައް ހެދުން އެއީ އެއް ނޫން ހަގީގަތުގައި ވިޔާފާރި އަކީ ރާއްޖެ އަކީ އުފެއްދުންތެރި ގައުމަކަށް ހެދުން އެއީ ހަގީގީ ވިޔާފާރި އަކީ ރާއްޖެ އަކީ ދުނިޔޭގައި އޮތް ވަރަށް ވަރުގަދަ ސްޓްރެޓެޖިކް ލޮކޭޝަން އެއްގައި އޮތް ގައުމަކަށް ވެފައި އިންޓަރނޭޝަނަލް ކާރގޯ ރޫޓްގެ ކްރޮސްރޯޑަށް ވާތީވެ މާލާ ސަރަހައްދުގައި އޮތް ގާފަރު ފަޅު އެބަޖެހޭ ހިއްކާ އެތަނުގައި އިންޑަސްޓްރިއަލް ޕާރކް ތަރައްގީ ކުރަން ސަރުކާރުން އިހަށްދުވަހު ސޮއިކުރި ގަތަރު އެއްބަސްވުން
ބެމީ
10 May 2025
އަމިއްލަ ކުންފުނި ތައް ބޮންޑް ވިއްކުން މަމެން މަރުހަބާ މާލެ 1000 އަމިއްލަ ކުންފުނިތައް އެކުވެ އަމިއްލަ އަށް ބޮންޑް ވިއްކާ ބޭންކެއް ގާއިމް ކުރަންވީ ލޯން ދޫކުރަން އެއިރުން ދެން އެފަދަ ބޭންކަކުން އެ 1000 ކުންފުންނަށް ލޯން ދޫކެރެވޭނެއޭ މިގޮތަށް ލިސްޓްކުރާ 1000 ކުންފުންނަކީ ބަރާބަރަށް ޖީއެސްޓީ އާއި ޓެކްސް ދައްކާ އަދި މީހުންނަށް ބަރާބަރަށް މުސާރަ އާއި ސަޕްލަޔަރުންނަށްވެސް ނުދަރާ ރަނގަޅު ފައިނޭންޝަލް ޕާރފޯމެންސް ރިކޯރޑް އޮތް ބަޔަކަށް ވާން ޖެހޭނެއޭ
ސާދާ
10 May 2025
ތެލަސީމީއާ ސެންޓަރު ބަދަލު ކުރީ އެ ސެންޓަރު ހުރި ބިން އޭޑީއޭކޭއަށް ދީ، އަދި އެ ބިމުގައި އޭޑީކޭއިން އިތުރު އިތުރު އިމާރާތެއް އުޅުމަށް ކަމަށް ހާދަ ހީވޭ.
ގަމާރުން
10 May 2025
އޭޑީކޭ އެހެރަ ބިން މިހާރު ރިސޯޓު ފަޅުރަށެއްހެން އުމުރަށް އެއްބަޔަކަށް ދިނީތޯ ކުޑަކުޑަ ކުއްޔަކަށް؟ ވެރިމީޙާ މިހާރު މަހުޖަކަނަށް ވެ، ރިސޯޓު ގަނެ، ދަރިންނަށް މިލިޔަން ރުފިޔާގެ ކާރު ގަންދީފި. އެތައް ވިޔަފާރިޔެއް ފަށަގެން ފުޅާކޮށްފި. އެކަމަކު އަދިވެސް މާލޭގެ ޕްރައިމް ލޭންޑު ކުޑަކުޑަ ކުއްޔަކަށް ދީފަ. ކޮރަޕްސަން ދެއްތޯ؟
ޖޭމްސްބޮންޑު
09 May 2025
ފާޑުފާޑަށް ނުވިއްކައްޗޭ.
ގަނޑު ފިއްލާ
09 May 2025
ކަލޯ ލާރި އެބަ ހުއްޓޭ ބޯކޮށް ދިވެހީން އަތުގައި، ބައެއް.