އަފްޣާނުގެ ކެފޭއެއްގައި ރާޒުވާ ކުޅެން ތައްޔާރުވެފަ.-- ފޮޓޯ: އޭއެފްޕީ
13 މެއި 2025 - 09:18
ރާޒުވާއަކީ ގޭމްބްލިންއާ ގުޅުން ހުރި ކުޅިވަރެއްކަމަށް ބުނެ އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުން، މުއްދަތެއް ނެތް ގޮތަށް ގައުމުގައި ރާޒުވާ ކުޅުން މަނާކޮށްފި އެވެ.
"އިސްލާމީ ޝަރީއަތުގައި ރާޒުވާ ބެލެވެނީ ގޭމްބްލިންއާ ގުޅުން ހުރި ކަމެއް ގޮތުގައި. ކުޅިވަރެއް ގޮތުގައި ބެލެވިފައި އޮންނަ ރާޒުވާއާ ދީނީ ގޮތުން ފުށުއެރުންތަކެއް އެބަހުރި،" އެ ގައުމުގެ ސްޕޯޓްސް ޑިރެކްޓޮރޭޓް ސްޕޯކްސްޕާސަން އަތަލް މަޝްވާނީ ވިދާޅުވި އެވެ.
"މި ކަންކަމަށް ހައްލެއް ލިބެންދެން، އަފްޣާނިސްތާނުގައި ރާޒުވާ ކުޅުން ވަނީ މަނާ ކުރެވިފައި."
މަޝްވާނީ ވިދާޅުވީ އެ ގައުމުގެ ރާޒުވާ ފެޑެރޭޝަނުން ފާއިތުވި ދެ އަހަރު އެއްވެސް މުބާރާތެއް ބާއްވާފައި ނުވާ ކަމަށާއި ލީޑާޝިޕް ލެވެލްގައި ވެސް މައްސަލަތަކެއް ހުރި ކަމަށެވެ.
ރާޒުވާ މުބާރާތްތައް ބާއްވާ އަފްޣާނުގެ ކެފޭގައި ބަޔަކު ރާޒުވާ ކުޅެނީ.-- ފޮޓޯ: އޭއެފްޕީ
އެ ގައުމުގައި ނުރަސްމީ މުބާރާތްތައް ބާއްވަމުން އަންނަ ކެފޭ އަކުން ވަނީ ތާލިބާން ސަރުކާރުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މުސްލިމް މެޖޯރިޓީ އޮންނަ އެހެން ގައުމުތަކުގައި ވެސް ރާޒުވާ ކުޅޭ. އަދި ބައިނަލްއަގުވާމީ ލެވެލްގައި ވެސް އިސްލާމީ ގައުމުތަކުގެ ކުޅުންތެރިން މި ކުޅިވަރުގައި ވާދަ ކުރޭ،" ކެފޭގެ ވެރިޔާ ބުންޏެވެ.
ތާލިބާނުން 2021 ވަނަ އަހަރު އެ ގައުމު ވެރިކަމަށް އައިސް ވަނީ ކުޅިވަރުތަކުގައި ވާދަ ކުރުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނި ކޮށްފަ އެވެ. އެގޮތުން އަންހެނުންނަށް އެއްވެސް ކުޅިވަރެއްގައި ޝާމިލުވެ އުޅުމަކީ މިހާރު ވެސް މަނާ ކަމެކެވެ.
މިދިޔަ އަހަރު ތާލިބާނުން ވަނީ މިކްސްޑް މާޝަލް އާޓްސް ފަދަ ފްރީ ފައިޓިން މުބާރާތްތަކުގައި ބައިވެރިވުން މަނާ ކޮށްފަ އެވެ. ތާލިބާނުން ބުނީ އެއީ ނުރައްކާ ކުޅިވަރަކަށް ވެފައި، އިސްލާމީ ޝަރީއަތާ ވެސް ފުށުއެރުންތަކެއް ހުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
13 May 2025
ތާލިބާނުންނަކީ އިސްލާމީ އުއްމަތަށްހުރި ބޮޑުވެގެންވާ ނުރައްކަލެއް. އަންހެނުންނަށް ކިޔެވުމާ ވަޒީފާ އަދާކުރުންވެސް އެގައުމުގަވަނީ މަނާކޮށްފަ. ފިރިހެނުން ހެދުންއަޅަންވެސް ޖެހެނީ ތާލިބާނު މުއްލާއިން ހެދުންއަޅާގޮތަށް. ކެއުންބުއިމާ ހިފާގެންގުޅޭ ސާމާނާ ދަތުރުފަތުރުވެސް ކުރެވެނީ މިމުއްލާއިން އެދޭގޮތަކަށް. އެންމެ މަޖާކަމަކީ މިމުއްލާއިން ހެސްކިޔާފަ ބުދުޖެހި ޑޮލަރާ އެމެރިކާގަ އުފައްދާ މުވާސަލާތީ ވަސީލަތްތައް ބޭނުންކުރާތީ. މީސީދާ ދީނަށް ހަޖޫޖަހާ ބައިގަނޑެއް
ލެއްގި
13 May 2025
ކަލޭ ދޭބަލަ ލަސްވެގަސްއަށް.
ގަސްވެލަސް
13 May 2025
ކަލޭދާންވީނުން ކަންދަހާރު ބޯޑަރަށް ގާއުކަން
ސޮބީހާ
13 May 2025
މި ގައުމުވެސް ތި ބީދައިން ދާން ދޫކޮށްލިނަމަ ތިޔަގޮތަށްވެ ދިޔައީސް، އައްނި ކިޔާމީހަކު ހަށިފޮޅާލާފަ އެކަމާ އިސްވެ ނުކުރީ،
ރަދީފްއޮފިޝަލް / ތަލަބާނުން
13 May 2025
ރާއްޖޭގަ ވެސް ކުޅޭ. ނަމުން ސައްތައިން ސައްތަ ދެއްތޯ.
ގުދުގުދާބެއްޔާ
13 May 2025
މިކަންދަހާރު ސަހާބިންގެ ފުށުން އެދުރުވެގެން އުޅޭ ބައިގަނޑެއް މިގައުމުގަ ވެސް އެބައުޅޭ! މިމީހުން އަޅާ ގޮތައް ހެދުން ނާޅާނަމަ އެއީ މުސްލިމަކައް ނުވޭ މިމީހުން ކައިރީގަ!
މިއައު
13 May 2025
ހުޅަނގުގެ ދެފުށް ދެގޮތް ފެނި ތީ މިހާރު ހަބަރެއް ނޫން. ސެލްފް ޑިފެންސް ކަމަށް ބުނެ ނަސްލު ނައްތާލުން ކުރިޔަށް ހުޅަނގުން ގެންދޭ . މީޑިއާ އިން ކިޔަނީ ސެލްފް ޑިފެންސޭ ކުޑަކުދިންގަޔަށް ދިމާލަށް ބަޑި ޖަހާ މަރާއިރުވެސް. ތިޔަ އިނގެރޭސި ސިފައިންވެސް އަފްގާނިސްތާނުގަ ކުަދަކުދިން މެރި (ބައްލަވާ ފަހުގެ އެކައުންޓްސް)
ދެފުށްދެގޮތް ސިޔާސަތު
13 May 2025
ނަންވާނީ އަބަދުވެސް ހައިވަކަރު އޮޑި..މި ނޫހުންވެސް އެމެރިކާ އަފްގާންގަ ހަނގުރާމަ ކުރިއިރު ކުރި ލާއިންސާނީ އަމަލުތަކެއް ދުވަހުން ދުވަހަށް ނުގެނެސް ދޭ..އެކަމަކު ތާލިބާނުން ފޮޑިއެއް ޖަހާލިޔަސް އެވާހަކަ އެބަ ގެނެސްދޭ..އިހަށް ދުވަހު ފުރާންސްގަ ޔުނިވާސިޓީ ދަރިވަރުންނަށް ބުރުގާ މަނާކުރި ވާހަކަ ކީއްވެބާ ނުގެނެސްދިނީ.؟