ބްރިޖު ކައިރީގައި ޓްރެފިކް ޕޮލިހުން ހަރަކާތްތެރިވަނީ: ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މީހެއްގެ ލައިސަންސް ވަނީ ހިފަހައްޓާފައި.-- މިހާރު ފައިލް ފޮޓޯ
14 މެއި 2025 - 18:58
ފޯނުން ގޭމު ކުޅެމުން ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، ލައިސަންސާއި ސައިކަލު އެއް މަހަށް ހިފަހައްޓައިފި އެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ މީހަކު ސައިކަލު ދުއްވަމުން ފޯނުން ގޭމު ކުޅެން އިން މަންޒަރެވެ. އަދި އޭނާގެ ފަހަތުގައި އޭރު ސައިކަލުގައި އެހެން ވެސް މީހަކު އިނދެ އެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު، އެމީހާގެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އޭނާ ވަނީ 2،000ރ. އިން ވެސް ޖޫރިމަނާކޮށްފަ އެވެ.
ފުލުހުން ވަނީ މަގު ބޭނުންކުރާ އެންމެން ވެސް ސަލާމަތާއި ރައްކާތެރިކަމަށް ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
110
15 May 2025
ބާރު ސްޕީޑުގައި ދުއްވާމީހުންނާ މެދު ފިޔވަޅު އަޅަން ނުކުރެނީ ކީއްވެބާ؟ އެއްވެސް މީހަކު ރަށުތެރޭގައި 40 އަށް ވުރެ މަޑުން ނުދުއްވާ، ބުރިޖުގައި ދުއްވަނީ 70 އަށްވުރެ ބާރަށް
ޗޫޤީ
15 May 2025
ކުރިން ކުރި ފައުލަކަށް މުވާލާތް ކެނޑުނު ފަހުން ކާޑު ދެއްކުން. އެއީ ކޮންމެހެން އެކަމުގައި އޭނާ ކުށްވެރިކުރުމެއް އެކަންޏެއްނޫނެވެ. އެހެނެއްކަމަކު އެއީ ދަނޑުގައި ބާކީތިބި ކުޅުންތެރިންނަށް ދެވުނު އިންޒާރެއްވެސްމެއެވެ.
ޖޯކު
15 May 2025
ތަންކޮޅެއް މަތީމީހެއްނަމަ ހަރާންއެއްކަމެއްވެސް ނުކުރެވޭވެ. އާދައިގެމީހެއްވީމާ ވަރަށްކަންތައްތައްވާ ބައެއްކަމަށްހެދޭނެ
ޢަހަންމާދި
15 May 2025
އަދި މިއުޅޭ ޖީއެން ސައިކަލު ދުއްވާ ކުއްޖެއްނަމަވެސް ނުކެރޭނެ އެއްވެސް ކަމެއް ކުރާކަށް.
ދޫލަ
15 May 2025
ތިޔައީ މަގުމަތިން ފެންނަ 1000 މީހުންގެ ތެރެއިން 1 ނޫންތަ؟ މިހާތު ތިޔައީ ޢާއްމުކަމެއް
ތުއްތީދި
15 May 2025
އެއްއަތުން ސައިކަލު ދުއްވަމުން އަނެއް އަތުން ތުއްތުކުޖާ އުނގުމަތީގަ ހިފަހައްޓައިގެން ގެންދާ މީހުންގެ އަތުން އެކުއްޖާވެސް ހިފަހައްޓަން ފެނޭ
ފަހުދު.
15 May 2025
ތި ހުރިހާ އެއްޗެއް އަތުނުލާ ފޯނު އަތުލިނަމަ
ޔޫޕެ
15 May 2025
ބުރިޖުހައިވޭ ގައިދުންވާފައި ރިންގުދަގަޑުއަރުވައިގެން ލޮރީއެއްގެ އެވެސްސެޭފުޓީއެއްނެއް ޕޮލިސް ގުޅާފައި ބުނީމަ ވެސް އަޅާނުލި މާލެއަންއައި
އަހަންމާ44
15 May 2025
ސްޕީޑް ބާރަށް ދުއްވުމާއި، މޮޅު ގޮތްގޮތަށް އަރިކޮށްފަ އެއްވެސް އިހުތިރާމެއް ނެތި ސައިކަލުތައް ދުއްވާ މީހުން ފުލުހުންނަށް ނުހުއްޓުވޭ ވާހަކަ މިއީ އެންމެން ދައްކާ ވާހަކައެއް. ރައްޔިތުންނަށް ފުލުހުންގެ ޒިންމާ ނަގާކަން އިހުސާސްވެ އަކަން ބަލައިގަންނާނީ ހަގީގަތުގަވެސް ފުލުހުން ޒިންމާ ނަަގައިގެން.
ހަސައްނު
15 May 2025
ސައިކަލު ދުއްވާއިރު އަތުގަ ފޯނު އޮތުމަކީވެސް ކުށެއް. ޢެކަމަކު ފުލުހުން މިކަމެއްނުބަލާ މިހާރަކު. ޢަހަރެންގެ ސައިކަލު ހިފަހައްޓާ ލައިސަންސުން 30 ޕޮއިންޓުކެޑީ މައުމޫނު ދައުރުގަ. ފޯނުކޯލު ރިސީވްކުރީމަ. މިހާރު އެއީއެއްވެސްކަމެއްނޫން. ޢެދުވަހު މާފަންނު ޕޮލިހުގަ ހެޑަކަށްހުރީ ސިޔާސީ ބޭފުޅެއްގެ ބައްޕަ. ވަރައްބެވި. ޢެކަމަކު އެއީ އެގަވާއިދަށް އަމަލުކުރަންފެށި ފުރަތަމަދުވަސް. މިހާރި ޕްރައިވެޓް ޓެކްސީ ކުރާ ފުލުހުންގެ ކާރު ތަކުގަ ސަންއެކްސް ވެސްހުންނަނީޖަހާފަ
ސަލީމު އިދުރީސް
15 May 2025
މިއީ ކޮންކަހަލަ މަގުމަތީ ގާނޫނެއް އޮންނަތަނެއް! މީހަކު ގަވައިދާ ހިލާފުވެގެން ދުއްވި އުޅަދު ހިފަހައްޓަނީ ކީއްވެ! އަމިއްލަ ސައިކަލު ނޫނަސް މީހަކު ދުއްވަދާނެ! ދުއްވާއުޅަދުގަ ޓުރެފިކަން ނުރައްކާވާ ބުރެކި ފޭލުވުން ފަދަ ކަމެއް ނެތިއްޔާ އެއުޅަދެއް މަގުމަތީގަ ދުއްވުމުންއޮތީ ކޮންނުރައްކަލެއްތޯ؟