ވިޔަފާރި / އައި ކެއާ އޮޕްޓިކަލްސް

ލޮލުގެ ފަރުވާތައް ދިނުމުގައި އައިކެއާ ދެވަނައެއް ނެތް!

އައިކެއާ އޮޕްޓިކަލްސްގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

22 މެއި 2025 - 13:49

ރީތި, ކޮލެޓީ, ބްރޭންޑަޑް އައިނެއް ބޭނުންވާ ނަމަ އައިކެއާ އަކީ ގިނަ ބަޔަކު ހިޔާރު ކުރާ ތަނެވެ. ލޮލުގެ ޗެކަޕްއަކަށް ނުވަތަ ލޮލުގެ ބައްޔަކަށް ފަރުވާއެއް ބޭނުންވާ ނަމަވެސް އައިކެއާ އަކީ ގިނަ ބަޔަކު ހިޔާރު ކުރާ ނަމެކެވެ. އައިކެއާ އަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބްރޭންޑަކަށް ވެފައި ވަނީ ފާއިތުވި 22 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ކޮލެޓީ ދަމަހައްޓައި ދީފައިވާ ފެންވަރު ރަނގަޅު ހިދުމަތްތަކުންނެވެ.

އައިކެއާ އޮޕްޓިކަލްސްގެ މާލެ އައުޓްލެޓުގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާ އަކީ 2003 ވަނަ އަހަރު ރާއްޖޭގައި އޮޕްޓިކަލް ސްޓޯރު ހުޅުވައި ހިދުމަތް ދޭން ފެށި ކުންފުންޏެވެ. އެ ކުންފުނިން އެ ތަން ހުޅުވީ އެންމެ އޮޕްތޮމޮލޮޖިސްޓަކާއި އެންމެ ޑޮކްޓަރަކާ އެކު އެވެ.

އެދުވަސްވަރާ ގުޅޭ ތަފާތު ފްރޭމްތަކާ އެކު ދޭން ފެށި ލޮލުގެ ހިދުމަތްތައް ފުޅާކޮށް މިއަދު އެ ކުންފުނިން ވަނީ ލޮލުގެ ބަލިތަކަށް ފަރުވާ ދޭ ދެ ހޮސްޕިޓަލާއި 10 އޮޕްޓިކަލް ސްޓޯރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވައިފަ އެވެ.

އައިކެއާގެ ޑރ. އައްޒާމް، މީހެއްގެ ލޮލުގެ ހާލަތު ބަލަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާ އޮޕްޓިކަލްސްގެ ފިހާރަތަކަކީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ގިނަ ބްރޭންޑުތަކެއްގެ އޮރިޖިނަލް ފްރޭމާއި އަވިއައިނު ލިބެން ހުރި ޝޯރޫމްތަކެވެ. އައިކެއާގެ ޝޯރޫމްތަކުން ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި ރޭބަން, ކުއިކްސިލްވާ, މައިކަލް ކޯސް, ރޮކްސީ އަދި ވޯގް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އަވި އައިނާއި ފްރޭމް ހުރެ އެވެ. އެތަނަކީ ލޮލުގެ މިންތައް ނެގުމަށް 'ވިޝުރިއަލް މާސްޓާ' ޑިވައިސްގެ އެހީގައި އޭއައި ޓެކްނޮލަޖީ ފަދަ ފަހުގެ ވަސީލަތްތަކާ އެކު ހިދުމަތްތައް ދޭ ތަނެކެވެ.

އައިކެއާއިން ވިއްކާ އައިނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާއިން ހިންގާ އައިކެއާ ހޮސްޕިޓަލަކީ ވެސް އީޖާދީ އެކި ވަސީލަތްތަކާ އެކު އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ލޮލުގެ ގިނަ ފަރުވާތަކަކާއި ސާޖަރީކުރާ ހޮސްޕިޓަލެކެވެ. ލޮލަށް ފުސްއެރުމުން އެ ހޮސްޕިޓަލުން ދޭ ކެޓެރެކްޓް ސާޖަރީ އާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ލޮލުގެ އެކި ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތަކެއް އެތަނުން ލިބެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ލޮލުގެ ފަރުވާ ފަސޭހަ އިން ފޯރުކޮށްދިނުމުގެ ގޮތުން އެކި ރަށްރަށުގައި ކޮންމެ އަހަރަކު ވެސް ލޯ ސްކްރީން ކުރުމުގެ ގިނަ ޕްރޮގްރާމުތަކެއް އެ ހޮސްޕިޓަލުން ކުރިއަށް ގެންދެ އެވެ.

އައިކެއާ އޮޕްޓިކަލްސްގައި ބަހައްޓާފައި ހުރި "ވިޝުރިއަލް" ޑިވައިސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާ އޮޕްޓިކަލްސް އިން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދީ, އެ ކުންފުނީގެ ހިދުމަތްތަކަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރެގެން ވެސް ފަސޭހައިން ހޯދޭނެ ހިދުމަތްތަކަކަށް ހެދުމަށެވެ. އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް, އައިކެއާއިން ވިއްކާ އައިނު ވާޗުއަލްކޮށް ބޭނުންކޮށް, މޫނާ ގުޅޭނެ ފްރޭމެއް ހިޔާރު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

އައިކެއާގެ އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ހިދުމަތްތައް ފުޅާކޮށް, ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް އެ ކުންފުނީގެ އެކި ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި އައިކެއާގެ އިތުބާރު ހިފޭ ބްރޭންޑެއްގެ ގޮތުގައި ދެމިތިބުމަށް, ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމެވެ.

ނޯޓު: މިއީ އައިކެއާގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454