މޯލްޑިވްސް އެކްސްޕޯ ފައްޓަވައިދެއްވާ މައުރަޒުގައި ހުރި އުފެއްދުންތައް ރައީސް ބައްލަވާލައްވަނީ.
23 މެއި 2025 - 21:17
ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުން ތަކެތި އުފައްދާ 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު މިރޭ ފަށައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަަހައްދުގައި އެ މައުރަޒު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރާތް ކުރައްވައި އުފެއްދުންތައް ބައްލަވާލައްވައިފަ އެވެ.
ހަވާ އެރުވުމާ އެކު ފެށި މައުރަޒުގައި ކާބޯތަކެއްޗާއި ގަހަނާ އާއި އަތްތެރި މަސައްކަތްތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.
މޯލްޑިވްސް އެކްސްޕޯ ފައްޓަވައިދެއްވާ މައުރަޒުގައި ހުރި އުފެއްދުންތައް ރައީސް ބައްލަވާލައްވަނީ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން މި މައުރަޒުގައި ބައިވެރިވެ އެވެ. މިއީ 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ މައުރަޒެކެވެ. މިފަހަރުގެ މައުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ހުރީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ.
މޯލްޑިވްސް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.
މައުރަޒު ކުރިއަށް ގެންދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބަޔަކަށް ބަހާލައިގެންނެވެ. ވާދަކުރުމުގެ ބަޔަށް 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެ އެެވެ. ރޭ ވަނީ ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް އެވޯޑު ވެސް ހަވާލުކޮށްފަ އެވެ.
މި ފަހަރުގެ މައުރަޒު އެންމެ ބޮޑަށް ތަފާތުވާ ސަބަބަކީ ޑިޖިޓަލް އުފެއްދުންތަކާއި ހިދުމަތްތައް ވެސް ޑިސްޕްލޭ ކުރެވޭތީ އެވެ.
މި މަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
24 May 2025
ގައުމުގެ އުފެއްދުން ތެރިކަން ނުވަދިހަ ޕަސެންޓައް ވުރެރެ މަތި ޓުއަރިޒަމް ކަމައް ވާއިރު ރިސޯޓުތަކުގަ ބޭނުންކުރާ އެނދާ ގޮނޑިއާ ބީޗުކުޑައާ ގަސްމުއްޓާ މިނޫނަސް ހުރިހާ އެއްޗެއް އެއްބޭރުން އެތެރެ ކޮއްގެން ތިބެ އުފެއްދުން ތެރިކަމޭ ކިއައި މިދައްކަނީ ކޮންޗެއްތޯ؟
ދަތްކޮއްޓާ ސަލީމު
25 May 2025
ބްރޯ ދަތްކޮށްޓާ އިލޮށިކޮޅު އަމިއްލައަށް އުފެއްދޭތަ؟
ހުކުރު
23 May 2025
އަސްލު ވަރަށް މަދު ކްރިއޭޓިވް ސްޓޯލްތައް. ތިތާ އިންނަންވާނެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ސްޓޯލެއްވެސް. އަސްލުހީކުރީ އެބައި ވަރަށް ހެޕެނިންވާނެ ކަމަށް.
ހޮނިކިރު
24 May 2025
މަ ހީކުރީ ކައިޒީން ވެސް ފެންނާނެކަމަށް.
ބޭން ޓިކްޓޮކް
24 May 2025
ދިވެހިރާއްޖޭގެ "ކޮންޓެންޓް ކްރިއޭޓަރުން" އުފައްދާ ކޮންޓެންޓަކީ ކަނޑިކި ހިއްލާގެން ކަންމަތީ ކުރި ޒުވާބު އޮންލައިންކޮށް ކުރުން!