ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
22 މެއި 2025 - 23:57
ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުން އުފެއްދުންތަކަށް ހާއްސަކޮށް ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ "މޯލްޑިވްސް އެކްސްޕޯ 2025" ގައި ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް މިރޭ އެވޯޑު ހަވާލުކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ 15 ކެޓަގަރީއަކުން 81 ދާއިރާއަކުން ތަކެތި ހުށަހެޅި ފަރާތްތަކުގެ އުފެއްދުންތަކުގެ ތެރެއިން ވަނަތައް ހޮވައިފަ އެވެ.
މާދަމާ ރޭ 8:30 އިން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މައުރަޒު ކުރިއަށް ގެންދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭ އަށް އެކަނި ބަހައްޓާ ބަޔަކަށް ބަހާލައިގެންނެވެ. ވާދަކުރުމުގެ ކެޓަގަރީތަކުން 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެ އެވެ. އެ ތަކެތި ޖަޖުކޮށް ވަނަތައް ކަނޑައެޅީ އެކަމަށް ހާއްސަ ޕެނަލަކުންނެވެ.
މައުރަޒުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
މައުރަޒަށް ހުށަހެޅި ހުރިހާ އުފެއްދުންތަކެއްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް އުފެއްދުމެއް މިރޭގެ ހަފުލާގައި ހޮވި އެވެ. އެއީ ކްރިއޭޓިވް ދާއިރާ އިން އަބޫޑީ މޯލްޑިވްސްގެ "ދެ ލާރި" އުފެއްދުމާއި މޯލްޑިވްސް ޕޮލިޓެކްނިކް އިން އުފެއްދި "ކޭކް ރަސްފަރި" އާއި އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް އުފެއްދި އަލީ މާހިރުގެ އުފެއްދުމާއި ލުޖެއިން އަލީ ހަމީދު އުފެއްދި "ސީ ބާޑް" އާއި މުހައްމަދު މޫސާ ތައްޔާރުކޮށްފައިވާ ލަކުޑީގެ އުފެއްދުން "ޔޮޓް ދޯނި" އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅި އުފެއްދުންތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަަހީމް އަދި ދައުލަތުގެ އެހެން ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މައުރަޒަށް ތައްޔާރުވުމުގެ ގޮތުން ލޯކަލް ކައުންސިލްތަކާއި ފަންނުވެރިން ބައިވެރިވި ކުރުމަށް އެ މިނިސްޓްރީން އިސްނަގައިގެން މުހިއްމު މަސައްކަތްތަކެއް ކުރި ކަމަށެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 6.6 ބިލިއަން ޑޮލަރުގައި ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ސަރުކާރުން ދޭ ކަމަށެވެ. އޭނާ ވިދާޅުވީ، ހަމައެކަނި އުފެއްދުންތެރިކަމުގެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީ އަށް ހާއްސަ ކޮށްފައިވާ ބައެއް ކަނޑައަޅާފައިވާ ކަމަށެވެ.
"އެކަމުގެ ސަބަބުން، ދިވެހި ޒުވާނުން ބޭނުންވި ޖާގައެއް ނުލިބުނު. އެކަމަކު ބައިވެރިވި ބޭފުޅުން ވަރަށް އާދަޔާ ހިލާފު ފަންނުވެރި މަސައްކަތްތައް ވަނީ ދައްކާލާފައި،" ސައީދު ވިދާޅުވި އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސައީދު ވިދާޅުވީ، މައުރަޒުގައި ޑިޖިޓަލް ޑިސްޓްރިކްޓެއް ހުންނާނެ ކަމަށާއި "މާކެޓް ސްޕޭސް" ގެ ނަމުގައި ވެސް ހާއްސަ ޖާގައެއް ހުންނާނެ ކަމަށެވެ. މި ފަހަރުގެ މައުރަޒު ބާއްވަނީ މީގެ ކުރިން އެފަދަ މައުރަޒުތައް ބާއްވާ ގޮތާ ވަރަށް ބޮޑަށް ތަފާތު ގޮތަކަށް ކަމަށާއި މި ވެރިކަން ނިމޭ އިރު ރާއްޖޭގައި އުފައްދާތަކެތި ފަސޭހައިން ވިއްކޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މި ފަހަރުގެ މައުރަޒުގައި ވަނީ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވެފަ އެވެ. އެ މައުރަޒު އާންމުންނަށް ހުޅުވާލަނީ މާދަމާ ރޭގަނޑު 8:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީނު
24 May 2025
250 ފަރާތަށް ރަން ވަނައާއި އިނާމު ލިބޭނީ ލައްކަ ސާމާނު އުފައްދައިގެންތާ؟ މިއީ ރައީސް ކުރައްވާ ވަރަށް ރަނގަޅު ކަންތައްތަކުގެތެރެއިން އެއް ކަން. އެއީ ވީހާވެސް ގިނައިން މީހުނަށް އިނާމު ދިނުމާއި ވަޒީފާދިނުމާއި މީހުނަށް އެތިއެތިކޮޅު ދިނުން. ރައީސްގެ ހެޔޮފުޅުކަމުން. މަރުޙަބާ ރައީސް. މާދަންރޭ ކޮންކަމެއްތޯ؟
ދިވެސިރާއްޖެ މީހުން
23 May 2025
މައުރަޒު އޯކޭ، ކޮބާތަ ޑިވެލޮޕްމެންޓް ބޭންކް، އެތަން އެބަހިނގާތަ އަޅެ، އެތަނުން ކުރާ ކަމެއް އަހަރެމެންނަށް ކިޔާދީބަލަ
ޑޮންޑޮ
23 May 2025
ޤައުމީ ފެންވަރުގެ އެވޯޑު ދިނުމުގެ ޖަލްސާގައި ތި ފެންވަރުގެ ތަށި ބެހީމަ ކަަޑަ. އައްޑިހައިގެ އަހަރު ތަކުގައި ގެންގުޅުނު ތަށި ތި ދެނީ.
ެއެކްސްޕޯ
23 May 2025
ވަނަތައް ލިބުނު ހުރިހައި ފަރާތްތަކުގެ ފުރިހަމަ ލިސްޓެއް ކޮންތާކުން ބަލައިލެވޭނީ؟
ސަލީމު އިދުރީސް
23 May 2025
ދުނިއާގެ އެންމަބޮޑެތި އުފެދުރިކަމުގެ ފެއްދުންތެރި ފެއާތަކައް ދިއަ ދިވެއްސެއް ވިއާ ލަދުގަންނާނެ 250 އުފެއްދުމޭ ކިއައިގެން މިއޮއްފަދަ ޒަމާނުގަ މުޅި ފެޢާގަ 10000 ޑޮލަރުގެ އަގުނެއް އެއްޗެތި ތަކެއް އަތުރައިގެން ތިއްބަ ފެނުނީމަ
މަރީޒް
23 May 2025
މުއިއްޒު ފޮޓޯ ތީގަ ތިހިރީ. ކޮބާ ތި ވަނަ ލިބުނު އެތި
އިހްސާސް
23 May 2025
އުފެއްދުންތެރިކަމޭ ކިޔާފަ ވަނަ ލިބުނުމީހުނަށް ދެނީ ބޭރުން އިމްޕޯޓުކުރި ތަށި.
ސަލީމު އިދުރީސް
23 May 2025
ތިއެއްޗެއްސަކައް ނުކިއާނެ އުފެއްދުމެކޭ އެއްޗެތި އުފެއްދުމައް ކިއާނީ އެއްއެއް ޗަކީ ދިރިއުޅުމުގަ އޭގެ ބޭނުންތެރިކަން ބޮޑުވެ މާކެޓު ކުތެވޭފަދަ ތަކެއްޗައް! މިސާލަކައް މިހާރު މިހުންނަ ފޯއްވަޅިއައްވުރެ އަތައްފަސޭހަ ތުނިކޮއް ފަސޭހަކަމާ އެކު ފޯއްކޮށާލެވޭ ފޯއްވަޅިއެއް! މިތަނުގަ ކޮންއެއްޗެއް އުފެއްދިގެންތޯ ހަބިލިއަން ޑޮލަރޭ އުފެއްތެރިކަމޭ ތިކިއަނީ؟
1818
23 May 2025
ދިވެހިކުނާވިޔާ މީހެއްގެ އަތުން ކުނާ ގަނެގެން ތިތަނުގައި ބެހެއްޓި މީހާއަށް "1 ވަނަ"! އެކަމަކު އެ އުފައްދާ މީހާއަށް 3 ވަނަ! މިކަމުންވެސް އޮޅުވާލުމާލާއި ކޮރަޕްޝަން!
އިލަ
23 May 2025
"މޯލްޑިވްސް އެކްސްޕޯ" ކިޔާފަ ވަނަވަނަ އަށް އައި ފަރާތްތަކަށް އަދިވެސް ތިޔަދެނީ 1980ގެ ތައްޓެއް.. ތީތި ކަޑައޭ.. ނިކަން ދިވެހިވަންތަ އަމިއްލަ ފަރުމާއެއްގެ ތައްޓެއް ހަދައިގެން ދީބަލަ..
އަޖައިބު އެކްސްޕޯ
23 May 2025
އަސްލުވެސް އޭރުންދޯ އުފެއްދުންތެރިކަމަށް ކުރިއެރުމެއް ލިބުނުކަމަށް ވާނީ
ސުބޫ
25 May 2025
ދެން ކަލޭ ތިބުނާ ކަހަލަ ދިވެހިވަންތަ ތައްޓެށް އުފައްދައިގެން ތި މައުރަޒުގަ ބައިވެރިކުރިނަމަ؟ އަދިވެސް އެހެން މީހަކު އުފައްދާތޯ ތިހުންނަނީ.