ކުޅިވަރު / ނައިންޓީ ޕްލަސް ގޯލްޑް ކަޕް

ފޯރިގަދަ ގޯލްޑް ކަޕުގައި މި އަހަރު 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލައިފި

މިދިޔަ އަހަރުގެ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ކާމިޔާބު ކުރި އޭދަފުށީގެ ޓީމު ތައްޓާ އެކު އުފާފާޅު ކުރަނީ: މި އަހަރުގެ މުބާރާތުގައި 28 ޓީމަށް ބައިވެރި ވެވޭގޮތަށް ފޯމެޓް ވަނީ އެކުލަވާލާފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށްގެން މިދިޔަ އަހަރު އަމިއްލަ ފަރާތްތަކުން މުޅިން އަލަށް ބާއްވަން ފެށި ގޯލްޑް ކަޕްގައި ޖުމުލަ 28 ޓީމަށް ވާދަކުރުމުގެ ފުރުސަތު ދޭ ގޮތަށް އާ ފޯމެޓް އެކުލަވާލައިފި އެވެ.

ފުޓްބޯޅައިގެ ފޯރި ގަލޮޅު ދަނޑަށް އަލުން ގެނެސްދިން ގޯލްޑް ކަޕްގެ އާ ފޯމެޓް މުބާރާތް އިންތިޒާމު ކުރާ "ނައިންޓީ ޕްލަސް" އިން އެކުލަވާލީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޯއިން ޖާގަ ލިބޭ ގޮތަށެވެ.

އިންވިޓޭޝަން އުސޫލުން ދެ ޖާގަ ހާއްސަ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ ރާއްޖޭގެ ފަސް ސިޓީގެ ތެރެއިން މިދިޔަ އަހަރު މުބާރާތުގައި ވާދަ ނުކުރާ ދެ ސިޓީ ކަމަށްވާ ކުޅުދުއްފުއްޓާއި ތިނަދުއަށް އަމާޒުކޮށެވެ.

ބާކީ 18 ޖާގަ ކޮލިފައިން މަރުހަލާއިން ކަނޑައަޅާނެ އެވެ. ކޮލިފައިން ކުރިއަށްދާނީ އަތޮޅު މުބާރާތެއްގެ ގޮތުގަ އެވެ. ކޮލިފައިން ކުރިއަށްދާނީ އެ އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގަ އެވެ.

ގޯލްޑް ކަޕްގައި މިދިޔަ އަހަރު އެންމެ ބޮޑު ފޯރިއެއް ނެގި ރ. އަލިފުށީގެ ސަޕޯޓަރުން ދަނޑުގައި ފޯރި ނަގަނީ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮލިފައިން ކުރިއަށްގެންދާނީ އަތޮޅު އަދި ރަށު ކައުންސިލްތަކާ ގުޅިގެން ކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ.

މި އަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ކަށަވަރުވެފައިވާ ޓީމުތަކަކީ، ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.

ގޯލްޑް ކަޕް މި އަހަރުގެ ފޯމެޓް:

- ޖުމުލަ 28 ޓީމު

- މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް އޮޓޮމެޓިކް ކޮލިފައިން

- އިންވިޓޭޝަން ޖާގަ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަށް

- ބާކީ 18 ޖާގަ އަތޮޅުތަކުގެ ކޮލިފައިން މަރުހަލާއިން މޮޅުވާ ޓީމުތަކަށް

ބާކީ 18 ޖާގައިގެ ކޮލިފައިން ބައެއް އަތޮޅުތަކުގައި އަންނަ މަހު ފަށަން މަސައްކަތް ކުރާކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ. ކޮލިފައިންގައި ބައިވެރިވުމުގެ ފުރުސަތު ކުރިއަށް އޮތް ބޮޑު އީދު ބަންދަށް ފަހު ހުރިހާ އަތޮޅެއްގެ ރަށްތަކަށް ހުޅުވާލާނެ ކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ.

މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ.

ގޯލްޑް ކަޕް ފައިނަލްގައި އައްޑޫ އާއި އޭދަފުށި ކުޅުނު މެޗުގައި އައްޑޫ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ: ފައިނަލުގައި.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.

ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.

މުބާރާތް ބާއްވަން ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެ ކުންފުނިން ބުނީ މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ އެފްއޭއެމުން އާންމު ކުރާ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ތާރީހު އިއުލާން ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 43%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައިކާލޯ

04 June 2025

މިގައުމުގައި އޮއްޓަރު ހުރި ގައުމީޓީމެއް އެއްފެންވަރެއްގައި ނުހިފެހެއްޓެނީ މިހެންވެގެން. މިއަދު މިސަރަހައްދުގެ ބާރުތައް ކަމަށްވާ އިންޑިއާ، ބަނގުލަދޭޝް އަދި ބޫޓާން އިންޓަނޭޝަނަލް ފްރެންޑްލީ ކުޅޭއިރު ރާއްޖެކޮބާާ؟ ދޭތެރެ ދޭތެރެއިން މިކަހަލަ ފްރެންޑްލީތައް ނުކުޅެ ކިހިނެތް ޓީމުގެ ހާލަތުބަލާނީ؟ މުބާރާތެއް ފެށެން ފަސްގަޑި ބައިވީމާ ކޯޗެއް ގެނެސްގެން ދެން ތެޅިގަތީމަ ކޮންކަމެއް ކުރެވޭނީ؟

The name is already taken The name is available. Register?

ތިޔަ ކޮމެންޓާއި މި ޚަބަރަކާ ދިމައެއް ނުވޭނު މައިކާލޯ

05 June 2025

ރަށު ޓީމެއް ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454