ޖަރުމަން އަތުން ޕޯޗުގަލް މޮޅު ކޮށްދިން ލަނޑު ޖެހީ ކެޕްޓަން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
05 ޖޫން 2025 - 11:49
މިއުނިޗް (ޖޫން 5) - ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ގޯލާ އެކު 2-1 އިން ޖަރުމަން ބަލިކޮށް، ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.
ޖަރުމަނުން ފުރަތަމަ ހާފު ޑޮމިނޭޓް ކޮށްގެން ގިނަ ހަމަލާތަކެއް އުފެއްދި އިރު ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ފްލޯރިއަން ވާޓްޒް ވަނީ ހުސްކޮށް ހުރެ ޖަރުމަނަށް ގޯލެއް ޖަހައިދީ ލީޑު ހޯދައިދީފަ އެވެ.
ޕޯޗުގަލް ނަތީޖާ އެއްވަރު ކުރީ ބަދަކު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ފްރަންސެސްކޯ ކޮންސެސާއޯ، މެޗުގެ 63 ވަނަ މިނިޓުގައި ޖަހައިދިން ގޯލުންނެވެ. އޭގެ ފަސް މިނިޓު ފަހުން ރޮނާލްޑޯ ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ނޫނޯ މެންޑޭޒް ދިން ޕާހަކުންނެވެ.
ކޮންސެއާއޯ، ޕޯޗުގަލް އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މިއީ އުމުރުން 40 އަހަރުގެ ފޯވާޑް، ގައުމީ ޓީމަށް ޖަހައިދިން 137 ވަނަ ގޯލެވެ. އަދި މިއީ 2000 ވަނަ އަހަރުގެ ފަހުން ޕޯޗިގަލް އިން ޖަރުމަންގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ކޮންސެއާއޯ އަށް ވެސް މި މޮޅު ހާއްސަ އެވެ. އެއީ، 2000 ވަނަ އަހަރު ޔޫރޯ މުބާރާތުގައި ޕޯޗުގަލް އިން ޖަރުމަން ބަލި ކުރި މެޗުގައި އޭނާގެ ބައްޕަ، ސާޖިއޯ ވަނީ ހެޓްރިކް ހަދައިފަ އެވެ.
ޕޯޗުގަލް ވަނީ 2019 ވަނަ އަހަރު ބޭއްވި ފުރަތަމަ ނޭޝަންސް ލީގު ފައިނަލް ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް އެ ޓީމު ދަތުރު ކޮށްފައި ވާއިރު، މިއަހަރުގެ ފައިނަލްގައި ނުކުންނާނީ މިރޭ ސްޕެއިން އާއި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މިހާތަނަށް ނޭޝަންސް ލީގު ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްގެ އިތުރުން ފްރާންސް އާއި ސްޕެއިން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހާނާ
07 June 2025
ރޮނާލްޑޯ ޖެހީ އޯފްސައިޑް ގޯލެއް. ރަނގަޅަށް ބަލައިފިއްޔާ ކޮންމެ މީހަކަށްވެސް އެކަން އެނގޭނެ. އަރިމަތިން ބޯޅަ ޕާސްކުރި ކުޅުންތެރިޔާ ބޯޅަ ޕާސްކުރަން ޖެއްސިއިރު، ރޮނާލްޑޯ ހުރީ އޭނާއަށްވުރެ ކުރީގައި. އިދިކޮޅު ކުޅުންތެރިޔަކު އެ 2 ކުޅުންތެރިންނަށްވުރެ އިދިކޮޅު ޓީމުގެ ފަހަތުގައި (ގޯލްކީޕަރު ފިޔަވައި) ނެތް.
އޯގަދި
07 June 2025
މިތާ ޕެއްސީގެ ސަޕޯޓަރުން ކިތަނމެ cr7 އާއި މެދު ފިތުނަ އުފައްދަން ލިޔުނަސް، ކަލޭމެންގެ މުންކަރާތްތައް ބާތިލް ވެގެން ދާނެ. ފީފާ އަކީ ޔަޔޫދީ ލާރީން ހިންގާ މައި ޒަޔަނިސްޓް ޖަމާއަތެއް، އެމީހުން ތަކަބަކަކަށް ލާފަ ޕެއްސީ މިހާތަނަށް ހުރިހާ އެވޯޑެއް ދިނީ.
ކޮމެންޓޭޓަރ
06 June 2025
ޢިންގްލެންޑް ، ގްރީސް ،ޢިޓަލީ އަދި ޔުކްރެއިން ކަހަލަ ޓިމަކާއި ދެކޮޅަށް ކުޅެގެން މޮޅެއް ނުލިބޭ.މުޅިިން ވެސް ޓެޕްއިން ޖެހިފަ ހުރީ ސެން މެރީނޯ ، ލަގްޒެންބާގް އަދި މޯލްޓާ ކަހަލަ 4 ވަން ފަންތީގެ ޓީމްތަކާއި ދެކޮޅަށް ކުުޅެގެން.މިހެން ގޯލް ޖަހައިގެން 5000 ވެސް ޖެހިދާނެ.
މުޙައްމަދު އިލްހާމް
07 June 2025
ޖޭވާން ވާނެ މަޢުލޫމާތެއް ނެތަސް ފުޓްބޯލަ ނޭގުނަސް
ހަރުބޯ
05 June 2025
ލައްގަޅޭ ލައްގަޅެ މައިންމަގައް ލައްގަޅޭ. އެންމެ މޮޅީ ތިމަންނާއޭ ބުނާމީހާ ނެތޭ އިންޓަރނޭޝަނަލް މުބާރާތެއްގެ މޮޅުކުޅުންތެރިޔާގެ މަގާމެއް ވެސް ރަންބޫޓެއްވެސް ލިބިފައެއް.
މުޙައްމަދު އިލްހާމް
07 June 2025
މަޢުލޫމާތު ކޮޅެއް ހޯދާފަ ކޮމެއްޓްކޮއްލި ނަމަ ސަޅިވާނެ އޭރަކުން މީހުންނަކަށް ނޭނގޭނެ މަޢުލޫމާތު ލިބިފަ ނެތްކަމެއް