އޭޓީއާރް ބޯޓު. އެ ބޯޓު އެއާޕޯޓަށް ގެއްސީ މިއަދު ހަވީރު -- ފޮޓޯ: މޯލްޑިވިއަން އެއާލައިން
07 ޖޫން 2025 - 23:02
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ އިތުރު ބޯޓެއް ގެނެސްފި އެވެ.
މިއީ އެ އެއާލައިނުން ގެންނަ ފަސް ވަނަ އޭޓީއާރް މަރުކާގެ ބޯޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ބޯޓު ޖެއްސީ މިއަދު ހަވީރު 4:30 ހާ އިރު ގަ އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ހަވީރު ގެންނަ އެ ބޯޓުން ގާތްގަނޑަކަށް 42 މީހުން އުފުލޭނެ އެވެ.
މޯލްޑިވިއަން އިން ވޭތުވެދިޔަ ދެ އަހަރުން ފެށިގެން އަންނަނީ އެ އެއާލައިނުން ޑޮމެސްޓިކް ދަތުރުތަކަށް ބޭނުން ކުރަމުން އަންނަ މަތިންދާ ބޯޓުތައް އާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އެއާލައިނުން 2023 ވަނަ އަހަރު ބްރޭންޑް ނިއު ތިން މަތިންދާބޯޓު ގެނެސްފައިވެ އެވެ. މިދިޔަ އަހަރު އެއް ބޯޓު ގެނެސްފައިވެ އެވެ.
އާ އޭޓީއާރް ބޯޓުގެ ޕައިލެޓުންނަށް މަރުހަބާ ކިޔަނީ. އެ ބޯޓާ އެކު މޯލްޑިވިއަންގެ އޭޓީއާރްގެ އަދަދު ފަހަކަށް އިތުރުވާނެ -- ފޮޓޯ: މޯލްޑިވިއަން އެއާލައިން
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިދިޔަ ޖެނުއަރީ މަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ޑޮމެސްޓިކް ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޑޮމެސްޓިކް ފްލީޓުގެ އަދަދު އަށަކަށް އިތުރު ކުރާނެ ކަމަށެވެ. އެހެންވެ، އިތުުރު ތިން އޭޓީއާރް މޯލްޑިވިއަން އިން އަދި ހޯދާނެ އެވެ.
ބޯޓުތައް އާ ކުރުމަށް މިހާތަނަށް 70 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހޭދަކުރި އިރު 8 ބޯޓު ގެންނަން ގާތްގަނޑަކަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އައިއޭއެސް އިން ލަފާކުރެ އެވެ.
އޭޓީއާރްގެ އެންމެ ފަހު ބޯޓު. އެ ބޯޓުން ގާތްގަނޑަކަށް 40 މީހުން އުފުލޭނެ -- ފޮޓޯ: މޯލްޑިވިއަން އެއާލައިން
އާ ބޯޓުތައް ގެނައުމުގެ އިތުރުން އެ އެއާލައިނުން ވަނީ ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް ވިއްކަން ފަށާ، އޮންބޯޑް ރީޓެއިލް ސާވިސަސް ވެސް ފަށާ އެވެ. އެ ހިދުމަތުގެ ދަށުން ބޯޓުތަކުގައި ދަތުރު ކުރާ މީހުންނަށް އިތުރު ބުއިންތަކާއި ކާބޯތަކެތި ގަނެވޭނެ އެވެ.
އާ އޭޓީއާރް މަތިންދާ ބޯޓާ އެކު އެ އެއާލައިނުގެ ފްލީޓުގެ އަދަދު 26 އަށް އިތުރުވާނެ އެވެ. ފަސް އޭޓީއާރްގެ އިތުރުން އޭ330 މަތިންދާ ބޯޓާއި އެއާބަސް އޭ320 އާއި ޑޭޝް މަރުކާރުގެ އަށް ބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
10 June 2025
ވަރަށް ކުޑަ، ބުރަފަތި ލީ ބޯއްޓެއް ދޯ؟ ޙޫމް. އިންޑިޔާގެ އޯޑަރަށް ދޯ؟
އޮނަރަބްލް އަފީފު ދީދީ
08 June 2025
ކުންފުނީގެ ފުލީޓް ގައި މިހާރުވެސް A-330 އެއަރބަސް 1 ބޯޓް، A-320 ގެ 1 ބޯޓް، ATR 72 ގެ 2 ބޯޓް، ATR 42 ގެ 1 ބޯޓުގެ އިތުރުން Dash 8 -300 ގެ 7 ބޯޓާއި Dash 8 - 200 ގެ 2 ބޯޓް އެބައޮތް. މިއީ ރޭވުންތެރިކަމާއި އެކުގައި މިކަން ކޮށްފިނަމަ، ކ.މާލޭ އެއަރޕޯޓް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި އައްޑޫ GAN International Airport ގެ އިތުރަށް ޑޮމެސްޓިކް އެހެން ހުރިހާ އެއަރޕޯޓްތަކަށް ދަތުރުކުރަން ބޭނުންވާ އަދަދަށްވުރެންވެސް އިތުރު އަދަދެއްކަމަށް ޤަބޫލު ކުރެވޭ.
މާލްދީބު
08 June 2025
ބޯޑުތަކުގެ ނިދި ހަލާކުކޮށްލަންތަ ތިޔަވިސްނަނީ؟ އެތަކެތިވެސް ރެސްޓުބޭނުންވާނެ.
އޮނަރަބްލް އަފީފު ދީދީ
08 June 2025
ފަތުރުވެރިއެއްގެ ގޮތުގައި 1997 ގައި ރާއްޖެ އައި މީހަކު ކެނަޑާއިން ކުއްޔަށް ހިފައިގެން އައިސް ފެއްޓި AIR TAXI (މިހާރު ޓީއެމްއޭ) ގެ ހިދުމަތް ފުޅާވެގެންގޮސް މިއަދު އެކުންފުންޏަކީ ދުނިޔޭގެ އެންމެބޮޑު ސީޕްލޭން ފްލީޓް އޮތް ކުންފުންޏަށް (87 ބޯޓް އޮތްކަމަށްވޭ) ވެގެން ދިޔައިރު ޑޮލަރުން އާމްދަނީ ލިބޭ މި ވިޔަފާރީގެ ތެރެއަށް ފުޅާދާއިރާއެއްގައި ޤައުމީ އެއަރލައިން ކުންފުނިން ނުވަންނަން އުޅެނީ މަސްލަހަތު ހުރި ފަރާތް ތަކުގެ ނުފޫޒުގެ ސަބަބުންތޯ؟!
ގޮވާފަ
08 June 2025
ސިކުނޑިން ދުންއަރާފަހުރީމަތަ ތިޔަލިސްޓުގަ 11 ސީޕްލޭން ނެތީ؟.
ހިޖުރަ.
08 June 2025
ދީދީ ތިޔަ ސުވާލު ކުރައްވާ ޓްރާންޕޯޓް މިނިސްޓަރ އަމީނު އާއި.
މަނަސް
09 June 2025
ސީޕުލޭނު ވިޔަފާރިއަށް މޯލްޑިވިއަން އަށް ނުވަދެވިގެން އުޅެނީ ގާބިލް މީހުން މެޏޭޖުމެންޓްގަ ނެތިގެން! ހުރިހާ ސަރުކާރެއްގަވެސް މީހާލަތު. 11 ބޯޓު އޮތަސް ރިސޯރޓް ކޮންޓްރެކްޓު މޯލްޑިވިއަންއަކައްނުލިބޭ. އެމްޑީންނައްލާފަ ތިބޭމީހުންގެ ނެތް ނެގޯށިއޭށަން ކުރުމުގެ ހުނަރެއް. ރިސޯރޓްތަކުގެ އިތުބާރު މޯލްޑިވިއަންއަށް ލިބިގެން ކުރިއެރުމެއް ލިބޭނީ.