ޚަބަރު / ފެނަކަ ކޯޕަރޭޝަން

ހޯރަފުށީގެ ޕްލާންޓުގެ މަސައްކަތް ހުއްޓައެއް ނުލަން، މުވައްޒަފުން ވަކިކުރީ މަސައްކަތެއް ނެތިފައި ތިބުމުން: ފެނަކަ

ފެނަކަ ކުންފުނީގެ އޮފީހެއްގެ ނަން ބޯޑު: އެ ކުންފުނިން ބުނީ ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް: ފެނަކަ.-- ފޮޓޯ: މިހާރު

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާ އެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވާ އެއްވެސް މަސައްކަތެއް ދެ އަހަރު ދުވަސް ވަންދެން ކޮށްފައި ނުވާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފިނިން ބުންޏެވެ.

ބޮޓްލިން ޕްލާންޓުގެ އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑި އާއި މޭޒު ހުރި ނަމަވެސް، މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީގެ ބޮޑު ބައި ހުރީ ރާވާ ނުނިމި ކަމަށާއި އިމާރާތުގެ އެތެރޭގައި ނިންމަން ޖެހޭ ބައެއް މަސައްކަތްތައް ވެސް ހުރީ ނުނިމި ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތިފައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުން ގެންދިއުމަކީ މި ވަގުތު ކުރެވެން އޮތް ކަމަކަށް ނުވާތީ އެ މުވައްޒަފުން ވަކިކުރި ނަމަވެސް، އެ ޕްލާންޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"މި ނިންމުމާ އެއްގޮތަށް މި މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން މި ކުންފުނިން ދެން،" އެ ބަޔާނުގައި ބުންޏެވެ.

ފެނަކަ އިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު، އަންނަ މަހު މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

10 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ިހޯރަކުރުސީ

12 June 2025

އިންޑިއާ ސަރުކާރުން ހޯރަފުށި ކައުންސިލަށް ދިން 8 މިލިއަން ތެރެއިން ފެނަކަ އަށް ހަވާލުކުރީ 2 މިލިއަން ކަމަށް ހަބަރު ތަކުގަ އޮތީ. އަނެއް 6 މިލިއަން ކޮބާ؟

The name is already taken The name is available. Register?

އަފްރާސިޔާބު

12 June 2025

ކާކުގެ ހައްގެއްބާ ސަރުކާރުން ގެއްލުވާލީ. ސަރުކާރުގެ މަސައްކަތަކަށް ސަރުކާރުން ނެގި މުވައްޒަފުން ސަރުކާރުން ދޫކޮށްލީމާ ނިމުނީ. މާދަމާ މުވައްޒަފުން ނަގަން އިއުލާން ކުރީމާ އެނިމުނީ. ސަރުކާރުން ދޭން ފެންނަ މީހަކަށް ވަޒީފާ ދިނީމާ ނިމުނީ. ޕީއެންސީ މީހަކަށްވިޔަސް ނުވަތަ އެހެން ޕާޓީ މީހަކަސް ވޯޓަކީ ދައްކައިގެން އަޅާ އެއްޗެެއް ކަމުގައިވާނަމަ ޕާޓީން ބޭނުންވާ ގޮތަށް ވޯޓް އެޅިދާނެ.

The name is already taken The name is available. Register?

ޟމމމ

12 June 2025

ޚަބަރު ކިޔާލުމުން ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ތިޔަ މަޝްރޫޢު ކުރިއަށް ގެނއދިއުމުގެ މާބޮޑު ވިސްނުމެއް ހުރިހެން ހިއެއް ނުވޭ. އެހެންނޫންނަމަ ވެރިކަމަށް އައިއިރު %70 ނިމިފައިވާ ކަމެއް ވެރިކަމަށް އައިފަހުން 2 ވާން ގާތްވެފައިވާއިރު ނުނިމެންވީ ސަބަބެއް ނެތް.

The name is already taken The name is available. Register?

އިންސާފުގެ ބަސް

12 June 2025

ދައުލަތުގެ ކުންފުނިތަކަށް ސިޔާސީ ބޭނުމަށް ނަގާފަތިބި ބޭކާރުހާ މުވައްޒަފުންނަށް ރައްޔިތުންގެ ފައިސާއިން ހަމަ ހިލޭ މުސާރަ ދީދީގެން ތިބޭކަށް ނުޖެހޭނެ. ތިޔަ ފެނަކަ ފަދަ ކުންފުނިތަކުގައި ފިންގަރ ޖަހާލަފަ ގޮސް ކޮފީގަ، އަނގަތަޅަން ތިބެފަ ގެއަށް އަންނަ އެތައްް ހާސް މުވައްޒަފުން އެބައުޅޭ. ފެނަކައިން މިފަހަރު ތިހެދީ ހަމަ ރަނގަޅަށް. މިކަހަލަ ކަންކަމުގަ ރައްޔިތުންވެސް އެބަޖެެހޭ ސިޔާސީ ވިސްނުންދޫކޮށް ބަސްބުނަން. ނޫނީ ގައުމު ދާނީ އިތުރަށް ހަލާކުގެ ތެރެއަށް.

The name is already taken The name is available. Register?

ހޯރަ ކަރީމް

12 June 2025

މުއަށްޒަފުން ނެގީ ސަލީމު ދިން ލިސްޓަށް. މުއަށްޒަފުން މަސައްކަތް ކުރަމުންދިޔައީ ސަލީމުގެ ސިޔާސީ އަޅުވެތި ކަމުގަ ސަލީމުގެ ސިޔާސީ މަންފާއަށް. ދައުރު ބަދަލުވުމުން މުއަށްޒަފުންގެ މަސައްކަތަކީ ސައިމޭޒު ތަކުގެމަތީ މީހުންގެ މަސްކެއުމާއި، އަވަގުރާނު ގޮވުމާއި ތާސް ކުޅުން. މިއީ ވަރަށް ފުރިހަމަ ނިންމުމެއް

The name is already taken The name is available. Register?

މިމީހާ

12 June 2025

ހަމަ ތިގޮތަށް ރައީސަށް ދަންނަވާބަލަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންވެސް ވަކިކުރަން.. ކަމެއްނެތި އުޅޭބައެއް ނޫންތަ އެއީވެސް. އަބަދު ކުރާނެ މަސައްކަތެއް ނެތިގެން 15 މިނެޓަށް ޖަލްސާ ބާއްވާލާފަ އެދަނީ ޗުއްޓީއަށް. މެމްބަރުންގެ މޮޔަކަމުން ވަކިކުރުމުގެ ބާރުވެސް މިހާރު އޮތީ ރައީސް އަތުގައިނޫންތޯ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް /

11 June 2025

ކަލޭމެން ތެދެއް ހަދާނެތަ؟؟

The name is already taken The name is available. Register?

ފެކްޓްް

11 June 2025

ކުރީ ސަރުކާރު ކުރީ ސަރުކާރު ..... 2019 - 2020 އެއީ ކޮވިޑް ކަން މިބތއިންނަށް ނޭނގެނީތޯ!!! ވެރިކަން ބަދަލުވިއިރު 70 ޕަސެންޓް ނިމުނީތީވެސް ޝުކުރު ކޮށްބަލަ. 30 ޕަސެންޓް ނުކުރެވިގެން ތިއުޅެނީ... 2 އަހަރުވަނީ މިހާރު. ވެދުން

The name is already taken The name is available. Register?

މާޒީ ކޮބާ

12 June 2025

2 އަހަރުން 30 ޕަސެންޓް ނުނިންމުނޭ ބުނާއިރު ފެނަކަ ދަރުވާލާފަ އޮތް މިންވަރު ހަނދާން އެބަހުރިތަ؟ ރައްޔިތުންގެ ފައިސާއިން ހިންގާ ދައުލަތުގެ ކުންފުނިތަކަށް ސިޔާސީ ބޭނުމަށް ބޭކާރުހާ ވަޒީފާތަކަށް މީހުން ނަގައި، ޕްރޮކިއުމަންޓާއި ބިޑްތަކުން އިންތިހާއަށް ވައްކަން ކުރަމުން ކުންފުނިތައް ހިންގުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. ފެނަކަ މީ އަރާއޮތް ކުންފުންޏެއް. ދަރާ ހުލިވެފަ އޮތް ތަނެެއް. 30 ޕަސެންޓަކައިގެން މިހާލަތުގަ ނުޖެހޭނެ އުޅޭކަށް!

The name is already taken The name is available. Register?

މޯދީ

12 June 2025

"މާޒީ ކޮބާ"' އަށް! މޮޅެތި ވާހަކަ ދެއްކިދާނެ. ތިކަންކަން ހަމަޖައްސަންނޫންތޯ ބަޖެޓުގެ ބޭރުން 2024 ގައި ބިލިއަނުން ބިލިއަނުން ފައިސާ ނަގާފައި ތަޅާ ބުރުވާލީ! ބިލްތަކަށް ފައިސާދައްކަންށޭ ކިޔާފަ ބަޖެޓުގައި ޖަހާފަ ކުރި އެއްކަމެއްވެސް ނެތޭ! މަސައްކަތްތައް ކުރަންޏާ ބިލްތައް ހުންނާނެ. ކަލޭމެންގެ މީހުންނަށް ބައި ނޭޅެންޏާ އެއީ ކޮރަޕްޝަން. ކަލޭމެންގެ މީހުންނަށް ބައި އެޅެންޏާ އެއްވެސް މަސައްކަތެއް ނުކުރިއަސް އެއީ ތަރައްޤީ ޤައުމިއްޔަތު ޤައުމުގެ ވިންދު. ދެއްތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454