ވިޔަފާރި / މައި ކޮލެޖް

އެމްއައި ކޮލެޖުން ވަޒީފާގެ ބާޒާރަށް އަމާޒުކޮށް 15 ޑިގްރީ ޕްރޮގްރާމެއް، މި މަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ

އެމްއައި ކޮލެޖުގެ ދަސްވެނިވިން.

މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (އެމްއައި ކޮލެޖު) އިން އަލަށް ފަށަން ހަމަޖެހިފާވާ ބެޗެލާސް ޑިގްރީގެ 15 ޕްރޮގުރާމެއް އިފުތިތާހު ކޮށްފި އެވެ.

އެ ކޮލެޖުން އަލަށް ފަށާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ބެޗެލާ އޮފް ސައިންސް އިން ޑިޖިޓަލް މާކެޓިން ޕްރޮގްރާމަކީ ޑިޖިޓަލް ޗެނަލްތަކާއި އެނަލިޓިކްސް އަދި ކެމްޕޭން މެނޭޖްމަންޓަށް ހާއްސަ ކޮށްގެން ރާއްޖޭގައި ފަށާ ހަމައެކަނި އަންޑަގްރެޖުއެޓް ޑިގްރީ އެވެ.

އެމްއައި ކޮލެޖުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގުރާމުތަކުގެ ތެރޭގައި ބިޒްނަސް ދަރިވަރުންނަށް ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓްގެ އޮނިގަނޑުގެ ތެރެއިން މާކެޓިން، ފައިނޭންސް، އެޗްއާރު ޑިވެލޮޕްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ރޮންގުން ހާއްސަވުމުގެ ފުރުސަތު ލިބޭ ކޯސްތައް ހިމެނެ އެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ބެޗެލާ އޮފް ކޮމްޕިއުޓާ ސައިންސްގެ ޕްރޮގްރާމްތަކުގެ ތެރެއިން ވެބް، މޮބައިލް ނުވަތަ ވިންޑޯސް-އެޕް ޑިވެލޮޕްމަންޓްގެ ރޮނގުން ސްޕެޝަލައިޒްވެވޭނެ ޕްރޮގުރާމުތައް ހިމެނެ އެވެ. އަދި ޑިޖިޓަލް ޑިޒައިންގެ ތެރޭގައި 3-ޑީ މޯޝަން، ގްރެފިކްސް އެންޑް އިންޓަރެކްޓިވް މީޑިއާ އަދި ވީއެފްއެކްސް އިން ހާއްސަވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގުރާމުތަކުން ދަރިވަރުން ދަސްވެނިވެގެން ނުކުންނާނީ އަމަލީ ތަޖްރިބާ ހިމެނޭ އިންޓާންޝިޕްގެ އެހީގައި މީޑިއާ ޕޯޓްފޯލިއޯއަކާއި އެކުގައި ކަމަށް އެމްއައިކޮލެޖުން ބުންޏެވެ.

އެމްއައި ކޮލެޖުން އަލަށް ފަށާ ޕްރޮގްރާމުތަކުގެ ތެރޭގައި މަސައްކަތުގައި ދެމިތިބި ޕްރޮފެޝަނަލުންނަށް ހާއްސަ ކޮށްފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓުން މާސްޓާސް އޮފް ސައިންސް ޕްރޮގްރާމެއް ހިމެނެ އެވެ. އަދި ސްކޫލް ލީޑަރުންނާއި ޕޮލިސީން ހާއްސަވުމަށް ބޭނުންވާ މީހުންނަށް އެޑިއުކޭޝަން ދާއިރާއިން އިތުރު ދެ މާސްޓާސް ޕްރޮގުރާމެއް ވެސް ހިމެނެ އެވެ.

އެމްއައި ކޮލެޖުގެ ކޮންމެ ބެޗްލާސް ޕްރޮގުރާމެއްގައި ވެސް އިންޓާންޝިޕް ފުރުސަތު ހިމެނެ އެވެ. އެ ޕްރޮގުރާމުތަކުގައި ކިޔަވާ ދަރިވަރުން މަދުވެގެން 10 ހަފްތާ ވަންދެން އެދަރިވަރެއް ހާއްސަވާ ދާއިރާއިން އިންޓާންޝިޕްގެ ތެރެއިން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމަށް އެ ދާއިރާއަކާ ގުޅޭ ކުންފުންޏަކުން ފުރުސަތު ހޯދާދިނުމަށް އެމްއައި ކޮލެޖުން މަސައްކަތް ކުރާނެ އެވެ. އެމްއައި ކޮލެޖުން ވަނީ ފަތުރުވެރިކަމާއި، ބޭންކިން، އަދި މީޑިއާ ދާއިރާގައި މަގުބޫލު ކުންފުނިތަކާއެކު ހޯސްޓް އެއްބަސްވުންތައް ހޯދުމުގެ މަސައްކަތްފަށާފަ އެވެ. މިގޮތުން ޝަރުތު ހަމަވާ ކޮންމެ ދަރިވަރަކަށް އެ ދާއިރާއަކުން އިންޓާންޝިޕަށް ޖާގަ ރިޒާވް ކުރެވޭނެ އެވެ.

އެމްއައި ކޮލެޖުގެ ޑިގްރީ ޕްރޮގުރާމްތަކުގައި ހިމެނޭ ކެޕްސްޓޯން ޕްރޮޖެކްޓަކީ ޕްރޮގްރާމުގެ މުހިންމު ބައެއް ކަމަށް އެ ކޮލެޖުން ބުންޏެވެ. އެ ޕްރޮޖެކްޓުގައި ދަރިވަރުން ކިޔަވާ ދާއިރާއެއްގައި ހުރި ގޮންޖެހުމެއް ދިރާސާކޮށް، އޭގެ ހައްލެއް ހުށަހަޅަން ޖެހެ އެވެ. މިސާލަކަށް ވިޔަފާރިގެ ދާއިރާއިން ހާއްސަވާ ދަރިވަރުން ޑިގްރީގެ ފަހު އަހަރުގައި ވިޔަފާރީގެ ދާއިރާއިން ދިމާވާ ގޮންޖެހުމެއް ދިރާސާކޮށް، އޭގެ ހައްލެއް ހޯދުމަށް ފަހު، މިންކުރެވޭ ނަތީޖާތަކެއް ހުށަހަޅާނެ އެވެ.

އެމްއައި ކޮލެޖުން ބުނީ ދަރިވަރުން ޑިގްރީ ހާސިލް ކުރަމުން އަންނައިރު، އިޝްތިހާރު ކެމްޕޭނެއް ފެށުން ކަމަށް ވިޔަސް ނުވަތަ މޯބައިލް އެޕެއްގެ ޕްރޮޓޯޓައިޕެއް ހަދަން ބޭނުން ވިޔަސް ނުވަތަ އެޗްއާރު އެނަލިޓިކްސް ދިރާސާކުރުން ކަމުގައި ވިޔަސް، ކެޕްސްޓޯން ޕްރޮޖެކްޓަކީ ޕޯޓްފޯލިއޯގެ ސެންޓަޕީސް ކަމަށްވެ، އެ ދަރިވަރަކީ މިނިވަންކަމާ އެކު އަމިއްލައަށް މަސައްކަތް ކުރުމަށް ތައްޔާރު ވެފައިވާ މީހަކަށް ވާނެ ކަމަށެވެ.

އެމްއައި ކޮލެޖުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޑިގްރީ ޕްރޮގުރާމުތަކުގެ އިތުރުން އައްޑޫގައި ހުންނަ ސްކޫލް އޮފް އެގްރިކަލްޗާއިން ކުރު މުއްދަތުގެ ކޯސްތަކެއް ކަމަށްވާ ސެޓްފިކެޓް 3 އިން ކޮމްޕޯސްޓިންގއެންޑް ވޭސްޓް މެނޭޖްމަންޓް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން ސަސްޓެއިނަބަލް އެގްރޯ އެންޓަރޕްރިނިއަރޝިޕް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެމްއައި ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. ފާތިމަތު ޝަހީމާ ވިދާޅުވިގޮތުގައި، ކޮންމެ ދަރިވަރަކަށް ވެސް ގްރެޖުއޭޓް ވުމުގެ ކުރިން މަސައްކަތުގެ މާހައުލުގެ އަމަލީ ތަޖުރިބާ ކޮންމެހެން ވެސް ލިބެން ޖެހޭނެ އެވެ. އަދި އިންޓާންޝިޕްގެ ސަބަބުން ކްލާސްރޫމްގެ ނަޒަރިއްޔާ އަމަލީ ގޮތުން ފެނި ވަޒީފާދޭ ފަރާތްތަކަށް ގްރެޖުއޭޓުން މަސައްކަތުގައި ވަޒަން ކުރެވޭނެ ކަމަށާއި މިއީ ފުލްޓައިމް ވަޒީފާއެއް ހޯދުމުގެ މަގު ތަނަވަސް ވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއައި ކޮލެޖުގެ ރެކްޓަރު ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ އެ ކޮލެޖުގެ ޕްރޮގްރާމްތައް ފަރުމާކޮށްފައި ވާނީ ގައުމަށް ބޭނުންވާ ހަގީގީ އިންސާނީ ރައުސުލްމާލު ބިނާކުރެވޭނެ ގޮތަށް ކަމަށެވެ. ދިރާސާގެ އެހީގައި އެ ކޮލެޖުން ވަނީ ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކަކީ ކޮބައިކަން ދެނެގަނެފައި ކަމަށާއި ޕްރޮގްރާމުތައް އެކުލަވާލާފައި ވާނީ އެކަންތައްތަކަށް ފެތޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އެމްއައި ކޮލެޖުގެ ޖޫން އިންޓޭކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެޕްލައި ކުރުމުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެ ކޮލެޖުން ބުނީ މުއްދަތު އިތުރުކުރި ނަމަވެސް ޕްރޮގްރާމުގެ ސްލޮޓުތައް އަދިވެސް ހުންނާނީ ކަށަވަރު ކޮށްފައި އިންޓާންޝިޕް ގޮނޑިތަކުގެ އަދަދަށް ލިމިޓު ކޮށްފައި ކަމަށް ބުންޏެވެ. އެ ކޮލެޖުގެ ޕްރޮގްރާމުތަކުގެ މައުލޫމާތު އެމްއައި ކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ.

MI College

MI College

MI College

އެމްއައި ކޮލެޖުގެ ވެބްސައިޓު

އެމްއައި ކޮލެޖުގައި 2،500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ. އެ ކޮލެޖުން ކިޔަވައިދެމުންދާތާ 19 ވަނަ އަހަރު މިއަހަރު ފާހަގަކުރާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454