އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
15 ޖޫން 2025 - 08:45
މާލޭގައި މިހާރު ކުރިއަށްްދާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު ވެސް ތިން ވަނަ ހޮވާ މެޗުގައި ބަންގްލަދޭޝްއާ ވާދަކުރަން ޖެހިއްޖެ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އަދި ސްރީލަންކާ ވާދަކުރާ މި ކޮލިފައިން މުބާރާތުގައި، ރާއްޖޭގެ އަންހެން ޓީމު ވަނީ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު 104-17 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ނަމަވެސް އިންޑިއާ އާއި ލަންކާ އަތުން ސަލާމަތެއް ނުވި އެވެ.
ހުކުރު ދުވަހު ލަންކާއާ ވާދަކޮށް 71-45 އިން ބަލިވި އިރު، އިއްޔެ އިންޑިއާ އަތުން ބަލިވީ 136-21 އިންނެވެ.
ފިރިހެން ޓީމު ވަނީ ފުރަތަމަ މެޗުގައި ލަންކާއާ ވާދަކޮށް 116-28 އިން ބަލިވެފަ އެވެ. އިންޑިއާ 151-20 އިން ރާއްޖެ ބަލި ކުރި އިރު، ރޭ ބަންގްލަދޭޝް އަތުން ބަލިވީ 64-55 އިންނެވެ.
މިއަދު މެންދުރު 2:30 ގައި ފިރިހެން ބައިގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ނުކުންނާނެ އެވެ. އޭގެ ކުރިން 12 ޖަހާއިރު އަންހެން ބައިގެ ތިންވަނަ ހޮވާ މެޗުގައި ވެސް ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ގޯލްޑް މެޑަލް މެޗުތައް ކުޅޭނީ ހަވީރާއި ރޭގަނޑެވެ.
އިންޑިއާ އާއި ލަންކާ ވަނީ އެންމެ ފަހުން އޮތް 2023 ވަނަ އަހަރުގެ 16 އަހަރުން ދަށުގެ އޭޝިއާ ކަޕުގައި ކުޅެފަ އެވެ. އެއީ ލަންކާ މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަދި އިންޑިއާގެ ނުވަ ވަނަ ފަހަރެވެ. ބަންގްލަދޭޝް ވަނީ 2015 ގައި މި މުބާރާތުގައި ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޒީގެ ބެލެނިވެރިޔާ
16 June 2025
ހަޖަމުނުވާ ބައިގަނޑު ކޮންމެ މުބާރާތެއް ނިންމާފަ ނަމަ ނަމަައޭ ކިޔާފަ ކޮމެންޓު ކޮށް ތިކުރާ ހިތްވަރަށް އަށްސަރިބަހާ ސާބަސް!! އިތުރު ކަމެއް އޮންނަ ކަމެއްވާ ބައެއްނޫން ވިއްޔާ! ޕަކާސް ލޮލް!!!
ބެލެނިވެރިން
15 June 2025
މޮއްޑެ ހާދަ ލޯތްބޭ ވާހަކަ ދައްކާގޮތް އެކަމަކު ހަމަޖެހޭ އެއްޗެއް ކިޔާބަލަ ވަކިބައެއް ގެ ދަރިން ގެ ވާހަކަ ދައްކަނީ
ބެލެނިވެރިން
15 June 2025
ފަހުރުވެރި ތިންވަނަ ލުބުނީ ، ޕާކިސްތާން ، ނޭޕާލް އަދި ބޫޓަން ކަހަލަ ރަނގަޅު ގައުމުތައް ނައީމަ އެހެންނޫނީ ހުންނާނީ ރާކަނިމަސް ކެވިފަ ދެން ލަލަލާ
މީސަތަކުން
15 June 2025
ކޮމެންޓުރީން އަބަދުވެސް ލައިރާ ވަރައް ރީތި ، ލައިރާން ނޫން ކުއްޖަކު ނުކުޅެނީތަ ، ދެންބުނާނީ ވަރައްރީތި ބޯޅައެއް ، ވަރައްރީތި ކޯޓެއް ، ވަރައްރީތި ނެޓެއް ، މީދެން ކީކޭކިޔާބައެއްތަ .