ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން

ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރު ވެބްސައިޓުގައި އާއްމުކުރި ލިޔުމުގައި އެ މިނިސްޓްރީން ބުނީ މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ބައެއް ކަމަށެވެ. މި ކުޑަކުޑަ އާބާދީގެ ހަތް ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ބުންޏަސް، އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ.

އެންސްޕާއިން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިިދިޔަ އޭޕްރީލް މަހާ ހަމައަށް 14،188 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އެ މީހުންގެ ތެރަޕީއަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ.

މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނާތީ މުޖުތަމައުއިން އެ މީހަކު ބާކީކުރާ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށެވެ. އޭގެ ނަތީޖާއަކީ އެ މީހުންނަށް މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ކުރިއަރައިގެން ދިއުމާއި މާނަ ހުރި ގޮތެއްގައި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަސް އެޅިގެންދިއުން

ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ އެ މީހުން ބާރުވެރިކޮށް އަމިއްލަ މިނިވަންކަމާއެކީ މުޖުތަމައުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް އާއިލާތަކެއް ބިނާކުރުމުގައި މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރެވި، ވީހާވެސް ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މައިދާނުތަކަށް ނުކުތުމަށް ހިތްވަރު ލިބިގެންދެ އެވެ." އެ ލިޔުމުގައިވެ އެވެ.

ނުކުޅެދުންތެރިކަމަށް މީހުން އަހުލުވެރިކުރުވަން ގިނަ ޕްރޮގްރާމްތައް ހިންގިދާނެ ކަމަށާއި އެފަދަ ޕްރޮގްރާމްތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވެ، ޝާމިލްކުރުމުގެ ކުރެވޭ ކަންތައްތައް ގިނަވާނެ ކަމަށް ވެސް ބުންޏެވެ.

19 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަކީނާޢްތަ

17 June 2025

ތީގަ ގިނަވާނީ އެލަވެންސް އާއި ފުލެޓް ހޯދަން ތި ދަފުތަރުގަ ޖެހިފައިވާ މީހުން، އެބަތިބި އިނގިއްޔެއްގެ ބަދައެއް ބުރިވީމަ ތިީގަ ޖެހިފައި ތިބި މީހުންވެސް

The name is already taken The name is available. Register?

ވިސްނުންތެރިޔާ

17 June 2025

މި ފެންނަނީ ކުޑައިރުގެ ވެކްސިންތަކުގެ ސަބަބުންނެވެ. މިކަމާ ބެހޭ ގޮތުން ގިނަ ދިރާސާތަކެއް ކުރެވިފައިވީ ނަމަވެސް މޯލްޑިވްސްގެ އެއްވެސް މީހަކު މިކަން ގަބޫލުކުރަން ބޭނުން ނުވެ އެވެ

The name is already taken The name is available. Register?

02-02 2025/563

17 June 2025

ލިބޭ ޖަވާބަކީ ޑޮކްޓަރު ދީފައިވާ ލިޔުމުގައި ކެޕިޓަލް "އޭ"އެއް އިންނަންވާތަނުގައި އިނީ ސިމްޕަލް "އޭ" އެއް. ޑޮކޓަރުގެ ލިޔުން ރަގަޅުކޮއްފައި އަލުން ފޯމްލާ! އެބުނާ ގޮތަށް ލިޔުން ހޯދައިގެން ފޯމު ލީމާ، އަނެއް 15 ދުވަސް ފަހުން ޖަވާބު ލިބޭނެ. އަނެއްކާވެސް ކޮންމެވެއް ކޫސަނި މައްސަލައެއް އިންކަމަށް. މިހެން 15 ދުވަހުން 15 ދުވަހުން އެހީ ނުދީ ވޭތޯ، ވަރަށް މަސައްކަތްކުރާނެ. މިގޮތަށް ދިގު ދެންމެމުގައި އޮތީ އެންމެ ބޭނުމެއް. އެހީ ހޯދަން އުޅޭ މީހާ މާޔޫސް ކޮއްލުން.

The name is already taken The name is available. Register?

01-02 2025/563

17 June 2025

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރަށް. ވެދުން ސަލާމް. މޮޅެތި ޝުރުޚީތަށް ނޫސްތަކުގައި ނުޖައްސަވައި، ޓީވީ ސްޓޭޝަން ހައްދަވަން ނޫޅެ، ފަރުވާގެ އެހީއަށް އެދި ބަލިމީހުން ލާފައިވާ ފޯމްތަކަށް ޒިންމާދާރު ގޮތުގައި ޖަވާބު ދެއްވާ އެހީ އަވަސްކޮއްލަދެއްވާ. މިހާރު އުސޫލަކީ 15 ދުވަހުން ޖަވާބު ދިނުން.

The name is already taken The name is available. Register?

ބިއްލޫރިތަށި

17 June 2025

7 ޕަސަންޓަކީ ނުކުޅެދުން ތެރިކަން ހުންނަ މީހުން. 15 ޕަސަންޓު މަސްތުވާ ތަކެތި ބެނުން ކުރޭ. ދިވެހިން އެބަ ޖެހޭ މި ގައުމު މި ހާލަތަށް ދިޔައީ ކީއްވެތޯ ކޮން ސަބަބަކާ ތޯ މި ފެއިލުވެފަ ތިބި ސިޔާސީ ވެރިންގެ ފަހަތުން އަދިވެސް ދުވަންވީތޯ ގޮވާލާ އިރަށް.

The name is already taken The name is available. Register?

ބޮސްގެ ބޮސް

17 June 2025

80% ދުންފަތުގެ އިސްތިއުމާލު ކުރޭ

The name is already taken The name is available. Register?

ސެންސަރުކޮށްގެން ތިބޭ

17 June 2025

ޒަޔަނިސްޓުން ޑީޕޮޕިއުލޭޓްކުރަން ހަދާފައި ހުރި އެއްޗެއްސާ ތިޔާ އޮތްގުޅުން ބަލަންވެއްޖެއެއްނު. އެމީހުން ދެކޭ ގޮތުގައި ދުނީޔޭގަިއ އުޅެންޖެހޭނީ 500 މިިލިަން ދެނ ްމިތިބީ އެކްސްޓްރާ . މީ ދޮގެއްތޯ ބަލާ ވެފް ވީޑިއޯތަށް އެހެރީ އޯޕަން ކޮށް އެވާހަކަ ދައްކާފައި. ޚާއްސާކޮށް މުސްލިމް ގައުމުތަކާ އެފްރިކާ މިކަމަަމަސް ސަމާލުވާންޖެހޭ. އެފްރިކަ ފަގީރުވަނީ އާބާދީ ގިނަވެގެންނޭ ކިޔާއިރު ޔޫރަޕްގެ ކުންފުނިތައް ބިލިއަނުން އެދަމަނީ އެފްރިކާއިން. އެންެމެ މައުދަން ތެޔޮގިނަ.

The name is already taken The name is available. Register?

2025

17 June 2025

ކަލޯ މުޅިއާބާދީވެސް މިއޮތީ ނުކުޅެދިފަ ބަންގާޅީންނާ ގައުމުހަވާލުކޮށްފަވަނީ..... ބޮއިހަލަކި

The name is already taken The name is available. Register?

އިބުރާ

17 June 2025

ލިސްޓް ބޮޑުވަނީ ތެރެޕިއުޓިކް ފަރުވާދޭ ކުދިންނަކީ ވެސް ނުކުޅެދޭ މީހުންގެ ދަފްތަރުގައި ޖައްސަންޖެހޭ ބަޔަކަށް ވާތީ. ގައިމު ތެރެޕިއުޓިކް ފަރުވާދޭ ކުދިން ތިޔަ ލިސްޓުން ނަގާތަކުން މުޅި މަންޒަރު ބަދަލުވެގެންދާނެ

The name is already taken The name is available. Register?

ފުރޭތަ1

17 June 2025

ކިރިޔާ އޯޓިޒަމްްގެ އަލާމާތެއް ހުއްޓަސް ތިޔަ ލިސްޓަށްލާފަ ފައިސާަލިބޭ. ޢޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ ނުކުޅެދޭ ކުއްޖެއްނޫން. ޢެލަވަންސް ބޮޑުވެއްޖެޔާ ތިލިސްޓުވެސް ބޮޑުވާނެ

The name is already taken The name is available. Register?

ވެކްސިން ×

17 June 2025

100 އަކުން 7 މީހުން ނުކުޅެދުން ތެރި ކުރުވީ ޅަފަތުގައި ވެކްސިންތައް. މީ 100 % ހެކި ހުރި ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454