އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 ޖޫން 2025 - 21:52
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2.ރ ބަހަން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މި އަދަދު ބަހަން ފާސްވީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.5 ޕަސެންޓުގެ ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވި އެވެ.
އެމްޓީސީސީގެ ފައިދާއަށް 2ރ. ބަހަން ނިންމި އިރު، އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ވަނީ 53 ޕަސެންޓަށް ދަށްވެފަ އެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު ފައިދާ އަށް ވުރެ 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެމްޓީސީސީ އަށް 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީއަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާގެ އާމްދަނީ 37 ޕަސެންޓަށް ދަށްވުމުންނެވެ. ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓް ހޯދަނީ އެ ދާއިރާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
20 June 2025
ވަރަށްސަޅި 106 ރުފިޔާއަށް ހިއްސާއެއްގަނެގެން 50 އަހަރުން ޗަލާނެ.
އިހްސާސް
18 June 2025
ކުންފުނީގެ ފައިދާ ބޮޑުތަނުން ދަށަށް. އެކަމަކު މާލޭގައި ހުރި އަގުބޮޑު ހޮޓަލުގައި ނޫނީ ޖަލްސާވެސް ނުބޭއްވޭ. ކީއްވާނީ ސްކޫލެއްގެ ހޯލުގައި ތިޔަ ޖަލްސާ ބޭއްވިއްޔާ.
ނިކާހު
18 June 2025
މަ އަމިއްލަ ޖީބުނ ވެސް ދީފާނަން ހިއްސާ އަކަށް 2 ރުފިޔާ
ފާންތަ
18 June 2025
ހާދަ ގިނައިން
2025
18 June 2025
ފަހަތަށްދަނީދޯ ތިޔޮށްވަރަަށް ބަސްތަކާ އޭތިމީތި ދުވައްވާއިރުވެސް އަހުންގެ 10 ހިއްސާއަަށް 20ރުފިޔާ ގަޑުދޯ އަވަހަށް ޖަމާކޮށްދީ.....ބޮއިހަލަކި
ދަތުރު
18 June 2025
ބަހާއިފެރީތަކުން ގިނައިން ދަތުރުކުރަނީ ލާރިނަގަން ނުޖެހޭ ސްކޫލުކުދިންނާ ޔުނިވަސިޓީކުދިންނާ އުމުރުން ދުވަސްވީ މީހުން. މިހާގިނަބަޔަކަށް ހިލޭ ދަތުރުކުރެވޭ ގޮތް ހަދާދީފަ އޮތުމުން ފެރީތަކާއި ބަސްތަކުން ލިބެންޖޭ ފައިދާ އެންމެ އެކަށޭނަ ގޮތުގައި ނުލިބޭ. ކުރިގަވެސް އޮތްގޮތަށް ހަމައެކަނި ޔުނިފޯމުގަ ހުންނަ އިރު ދަތުރުކުރެވޭ ގޮތް ހަދަންވީ. ބައެއްކުދިން ކޯސް ނިމުނީމަވެސް ޔުނިވަސިޓީން ދޫކޮށްފަ އޮންނަ ކާޑު ދައްކާފަ ދަތުރުކުރޭ. މިއީވެސް ހުއްޓުވަން ޖެހޭކަމެއް.
ގުދުގުދާބެއްޔާ
18 June 2025
ރާއްޖޭގެ ކެޕިޓަލް މާކެޓް ކަލޭމެންގެ ލަދުކޮބާ؟ ހިއްސާއަކަށް 2 ރުފިޔާ! އަހަރުމެން ދިވެހިން މިހާރު އަހަރުމެންގެ ފައިސާ އިންވެސްޓް ކުރަނީ ބޭރުގެ މާކެޓް ތަކުގެ ކުރިޕްޓޯ ކަރެންސީ ޔޫއެސްޑީޓީ ލިބޭގޮަތައް! ދެން އެމްއެމްއޭއިން ބުނޭ ޔޫއެސްޑީޓީ އަކީ އަހަރުމެން ހުއްދަ އޮތް ކަރަންސީއެއް ނޫނެ! ނުޖެހޭ ކަލޭމެންގެ ހުއްދަ ހޯދާކަށް!
ސަސި
18 June 2025
ވާހަކަ އަކީ ބާސެލޯ ނަސަންދުރާގައި ތިޔަ ޖަލްސާ ބޭއްވީ ހިއްސާއަކަށް އެންމެ 2 ރުފިޔާ ބަހަން ނިންމި ފަހުރުވެރި ނިންމުން ނިންމާށޭދޯ
ހިއްސާދާރު
18 June 2025
ލައްބަ