މޮރޮކޯގެ އަންހެނުންތަކެއް.- ފޮޓޯ: އޭއެފްޕީ
19 ޖޫން 2025 - 08:06
މުޅި ދުނިޔޭގައި ދަރިމައިވާ ރޭޓު ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އާއިލާއާ ބެހޭ އދ.ގެ ޖަމިއްޔާ، ޔޫއެންއެފްޕީއޭ އިން ވަނީ ދަރިމައިވާ ރޭޓު ދަށްވުމާ ގުޅޭގޮތުން ދިރާސާއެއް ހަދައިފަ އެވެ. މި މަހުގެ 10 ވަނަ ދުވަހު ނެރުނު ދިރާސާ ރިޕޯޓަށް 14 ގައުމަކުން 14،000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.
އެ ގައުމުތަކަކީ؛ ދެކުނު ކޮރެއާ، ތައިލެންޑު، އިޓަލީ، ހަންގޭރީ، ޖަރުމަނު، ސްވިޑަން، ބްރެޒިލް، މެކްސިކޯ، އެމެރިކާ، އިންޑިއާ، އިންޑޮނޭޝިއާ، މޮރޮކޯ، ސައުތު އެފްރިކާ އަދި ނައިޖީރިއާ އެވެ. އެއީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި އާބާދީ އެވެ. ޔޫއެންއެފްޕީއޭއިން ބުނީ ދިރާސާގައި ބައިވެރިވި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދަރިން ހޯދުމަށް ހުރަސް އެޅެނީ އިގުތިސޯދީ ދަތިތަކުގެ ސަބަބުން ކަމަށެވެ. އެއީ، އެ ޖަމިއްޔާއިން ސިފަކުރި ގޮތުގައި ހަގީގީ ކާރިސާއެކެވެ.
"ދުނިޔޭގައި ދަރިމައިވުމުގެ ނިސްބަތް ވަނީ ހީވެސް ނުކުރާ ވަރަށް ދަށްވެފައި،" ޔޫއެންއެފްޕީއޭގެ އިސްވެރިޔާ ޑރ ނަތާލިއާ ކަނެމް ވިދާޅުވި އެވެ.
ދިރާސާގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ ދެ ކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިން ބޭނުންވާ ކަމަށެވެ. ނަމަވެސް، ގައުމުތަކުގެ މެޖޯރިޓީ މީހުން ބުނެފައިވަނީ މާލީ ދަތިކަމުގެ ސަބަބުން ދަރިން ލިބުމަށް ހުރަސްއެޅޭ ކަމަށެވެ.
ކޮރެއާގައި 58 ޕަސެންޓު މީހުން އެ މައްސަލަ ފާހަގަކުރެ އެވެ. މާލީ ހާލަތާ ހެދި ދަރިން ހޯދަން ދަތިވާ ކަމަށް އެންމެ މަދުން ބުނެފައިވަނީ ސްވިޑަނެވެ. އެއީ 19 ޕަސެންޓެވެ.
ދުނިޔޭގައި އާބާދީ މިހާރު އެންމެ ބޮޑު ގައުމަކީ، 1.5 ބިލިއަނެއްހާ މީހުންނާއެކު އިންޑިއާ އެވެ. އެ ގައުމުގެ ފާޓިލިޓި ރޭޓު ވެސް ވަނީ 1.9 އަށް ތިރިވެފަ އެވެ.
"މިހާރު މި ފެންނަނީ އާބާދީ ބޮޑުވުން ނުވަތަ އާބާދީ ދަށްވުމާ ގުޅޭ ގޮތުން ވަރަށް ބޮޑު ހިތާމަވެރި ވާހަކަތައް ދައްކާ ތަން. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ބޮޑަށް ހަރުކަށި އަދި ބައެއް ފަހަރު މެނިޕިއުލޭޓިވް ޖަވާބު ލިބޭ،" ޑރ ކަނެމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ 40 އަހަރު ކުރިން ޗައިނާ، ކޮރެއާ، ޖަޕާން، ތައިލެންޑު އަދި ތުރުކީގެ އާބާދީ ބޮޑުވުމުން އެންމެން ވެސް ކަންބޮޑުވި ކަމަށެވެ. ނަމަވެސް، އެކަން ބަދަލުވެ، 2015 ވަނަ އަހަރާ ހަމައަށް އައިއިރު އެ ގައުމުތަކުގެ އަމާޒު ހިފާފައި އޮތީ ދަރިމައިވުމުގެ ނިސްބަތް މަތިކުރުމަށެވެ.
"ދަރިމައިވުން މަދުވުމާއި މުސްކުޅިވެފައިވާ އާބާދީއަކާއި އާބާދީ ހުއްޓިފައި އޮތުމަކީ ނޭޝަނަލިސްޓް ހިޖުރަވެރިންނާ ދެކޮޅު އަދި ޖެންޑާ ކޮންޒަވޭޓިވް ސިޔާސަތުތައް ތަންފީޒުކުރުމުގެ ޖަސްޓިފިކޭޝަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަން ފެންނަމުން މިދަނީ،" ޕްރޮފެސަރު ގީޓެލް ބަސްޓެން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
22 June 2025
ދަރިމައިވާ ރޭޓު އިތުރުކުރުމަށް ކުރަންވީ ކަންކަން: 1. އަމިއްލަ ވަޒަނުން ވަޒީފާއާއި ރަނގަޅު ތަޢުލީމާއި ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ހެދުން. 2. ގިނަ ދަރިން ގޮވައިގެން ދިރިއުޅެވޭނެފަދަ އެކަށޭނަ ބޯހިޔާވަހި ކަމެއް ފަހިވުން. 2. ޒުވާން ޢުމުރުގައި އަވަހަށް ކައިވެނިކުރުމާއި ދަރިން ހޯދުމަށް ހިތްވަރު ލިބޭނެ ކަންތައްތައް ފަހިކުރުން. އަހަރެެމެން ދެ ދަރިންނަށްވުރެ އިތުރަށް ދަރިން ނުހޯދީ ބޯހިޔާވަހިކަމުގެ ޙާލަތު ހުރިގޮތުން.
ބވވމ
19 June 2025
ކިހިނެއް ދަރިން ގިނަވާނީ އެއްމެ ކޮޓަރިއެއްގަ ބޮޑު ކުލީގަ ވަޔެއް އޮޔެއް ނުޖެހޭ ގޮޅިއެއްގަ ކުދިންގޮވައިގެން ދެމީހުން އޮފީހުގަ އުޅެގެން ނޫނީ ބޮޑުކުލި ކުދިންނަށް ކޮންވަގުތެއްދެވޭނީ
ޒަންޖަބީލު
19 June 2025
މިހާރުގެ ފިރިހެނުން ބޭނުމެއްނުވޭ ދަރިން. މާލެ ފުރެންދެން އެއޮތީ ސްޕާތައް. ވީމަ، އެމީހުން މާވަރަކުން މާދަރިން ވެގެން އެކަމަކާ ނުއުޅޭ. ޑޮކްޓަރުންވެސް ދަނީ ސްޕާތަކަށް ތަންތަނަށް ތަދުއަރައިގެން.
މަބުނޫ
19 June 2025
ދަރިއެއް ވަރަށް ބޭނުން. ނުލިބިގެން މިއުޅެނީ. އަޅެ ދަރިއެއް ހުރި މީހަކު ދަރި ބޭނުން ނުވަންޏާ އަހަންނަށް ދީބަލަ
ސަހަރޯ.
19 June 2025
ދަރިއަކު ލިބޭ ގޮތައް އެބައުޅެންތަ؟
ޒަވިޔަނި
19 June 2025
އެބަހުރި.
ދިވެހިރާއްޖޭގެ މާޔޫސްވީ ދިރިއުޅުން
19 June 2025
ރަށަކުނެތް ރަގަޅުވަޒީފާއެއް މާލެގައި އުޅެންނާ ކުލިނުލާހިކު އަގުބޮޑު. 10 ބަރާހާސް ލިބިގެން ކިހިނެތް އާއިލާއެއް ގޮވައިގެން އުޅޭނީ. ދެމީހުން ވަޒީފާއަށްގޮސްގެންވެސް ވިހިހާސްވެސްނުލިބޭ. ސިންގަލް ކޮޓަރިއެއް ލިބެނީ 10 ބާރާހާހަށް. ހުރިހާ ބިލްތަކެއް ދައްކާފައި އެކަށްޗެސްވެސް ނޯވޭ. ދެން ކިހިނެތް ކުއްޖެއް ހޯދައިގެން ދިރިއުޅުމެއް ފަށާނީ. އަތްމަތި ތަނަވަސްވޭތޯ ޑިލޭ ކޮށްލަ ކޮއްލާ ތިއްބާ ވަގުތު ފާއިތުވަނީ
ސަނީސައިޑްބޮންޑް
19 June 2025
އަމިއްލަމުޖުތަމަޢުތެރޭގަ ޢާމްދަނީގެ ފަރަޤުއެހާބޮޑުވެފަ ކުލީއަޅުންގެގޮތުގައާއި މުއްސަނދިންނަށް ބޭސިކްސެލަރީގަ ގުލާނުކޮށްދީގެން މުޅިއުމުރުހޭދަކޮށް ނިންމާލާކަށް ހަމަވިސްނޭ އެއްވެސް ދެމަފިރިޔަކު ގިނަދަރިންތަކެއް މިދުނިޔެއަށް ގެންނާކަށް ބޭނުމެއްނުވާނެ. މިރާއްޖެއިންވެސް މިހާރުފެނިގެން މިދަނީއެކަންތަށް.
ފެމިނިސްޓް ރާއްޖެ
19 June 2025
މިޒަމާނު އަންހެނުން ނުލަފައީ. ފިރިން ބުނާގޮތެއް ނަހަދާ. އުޅެނެގޮތަކަށް އުޅެނީ. ފިރިމީއާއަށްވުރެ ލަހުން އޮފީހުންނިމޭނީ. ފިރިމީހާ އުޅެގަތީމަ ބުނާނީ މިރެޔަކުނޫނޭ؟ ދެން އެބުނާ ރެއެއް ނާންނާނެ!
ކޮޔާ
19 June 2025
އަނބިމީހާ މަސައްކަތައް ނުފޮނުވާ އަމިއްލައަށް ނަގަން ޖެހޭ ޒިންމާ ނަގާނަމަ ތިކަން ހައްލުވީ!
އަބުދުގެ އައްލޫ
19 June 2025
ގައުމުގެ ކުދިން ކުދިން ވެސްޓަން ވީ ވީނުން އިންނަނީ ލަހުން ފުރަތަމަ އެކުގައި މަޖާނެގުމުގައި މައިން ބަފައިންނަށްވެސް އެގިގެން ނީދެ އެގޮތްމިގޮތައް ދިރިއުޅެނީ. އުޅޭނެތަނެއް ނުލިބުމުގެ ޕުރެޝަރާއެކު ދެމީހުންވެސް ވަޒީފާގައި އުޅެން މަޖުބޫރުވުން ކުދިން ހޯދަނީ ލަހުން. އޭރު އަންހެންމީހާގެ ދަރިމައިވާ ވިންޑޯގެ ވަގުތުކުޑަވެފައި ފިރިހެންމީހާ ދުންބޮއިބޮއި ރަގަޅު ފަންޏެއް ނުހުރޭ
ވަޖުދީ
19 June 2025
ބައެއް މީހުން ދަރިން ވިހާފަ މަގުމައްޗަށް އުކާލަނީ
އާމިނަތު1
19 June 2025
ދަށަށް ދޯ ދާނީ، ދިރިއުޅުމުގެ ހަރަދު އެހާ ބޮޑު. ސަރުކާރު ސްކޫލެއްގައި ކުއްޖަކަށް ކިޔަވާ ދިނަސް ހަފްތާއަކު އެހާ ގިނަ ފައިސާ އޭތި މީތި ގަންނަން ހޭދަވޭ