ޓީމޫ: ޕޯސްޓް އޮފީހުގެ އިތުރުން ރެޑް ބޮކްސް މެދުވެރިކޮށް ވެސް ރާއްޖެއަށް މިހާރު އެ އެޕުގެ އޯޑަރުތައް ވަނީ ފޮނުވަން ފަށާފައި.
22 ޖޫން 2025 - 12:31
އޮންލައިން ވިޔަފާރި ފްލެޓްފޯމް، ޓީމޫ އިން ގަންނަ އެއްޗެހި ރެޑްބޮކްސް މެދުވެރިކޮށް ވެސް ރާއްޖެއަށް ފޮނުވަން ފަށައިފި އެވެ.
މީގެ ކުރިން ޓީމޫ އިން ގަންނަ ތަކެތި، ދޫކުރަމުން ދިޔައީ ޕޯސްޓް އޮފީސް މެދުވެރިކޮށެވެ. އެކަމަކު މިހާރު އޯޑަރުތައް ދަނީ ރެޑްބޮކްސް އިން ވެސް ދޫކުރަމުންނެވެ.
ރެޑްބޮކްސް މެދުވެރިކޮށް ތަކެތި ދޫކުރާކަން ޓީމޫގެ އެޕުން ވެސް ފެނެ އެވެ.
ޓީމޫގެ އޯޑަރުތައް ދޫކުރަން އިތުރު އެޖެންޓެއް ހަމަޖެއްސިއިރު މިދިޔަ އީދާ ދިމާކޮށް އޯޑަރުކުރި ތަކެތި އީދަށް ނުލިބުމުން، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ދުވަސްވަރު ޕޯސްޓު އޮފީހަށް ނުކަތާ ވަރަށް އޯޑަރުތައް ގިނަވެ، އެ އޮފީހުން ހިދުމަތްދޭ ވަގުތުތައް ވެސް އިތުރުކުރަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކްސް
22 June 2025
އެބަޔެ
އ
22 June 2025
އައުޓްސޯސް ކޮއްބަލަ ތިހިދުމަތްވެސް... ސަރުކާރުން އަތް ބާނާނައިގެން ކަންނުވެ ރައްޔަތުން ކިޔޫގައި ތިބޭތަން ފެންނަނީ... އެސްޓީއޯ ފިހާރައިގަވެސް ދިހަ ބާރަ ކައުންޓަރު ހުރޭ ތިބެނީ ދެކުދިން ލާރިކަނޑަން... ކިހާ ފައްކާ... އަދިވެސް ހިލޭ ސާބަހައް މަސައްކަތް ކުރާ ޖަމިއްޔާ ހަދައިގެންވެސް ކެވޭތޯ ބަލަނީ...... ބަލަ މިގައުމުގަ އެކަން ކުރަން ބަޔަކު ނެތީތަ????
ޑަބިޔާދޫ
22 June 2025
ތިވަރަށް ކަޑަބައެއް ، ތެމޫއިން އެއްޗެހި ގެނައުން ނިމުނީ މިހިސާބުން.
ތިމާވެށި
22 June 2025
ރެޑް ބޮކްސް ރަނގަޅެވެ. އާ ބައެކެވެ. ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ އެވެ. ގިނަ ދިވެހީންނަށް ވަނީ ވަޒީފާ ދީފަ އެވެ.
ކޮރަލް
22 June 2025
ޕޯސްޓް އޮފީސް މުވައްޒަފުން އިތުރު ނުކޮށް ތިޔަ ކަމެއް ނުވާނެ އެވެ.
ފަންވަތް
22 June 2025
ރެޑް ބޮކްސް!!!!. ތިހާ ސާރވިސް ކަޑަ ތަނެއް މިރާއްޖޭގަ ވެސް ނެތް. އެތަނުން އެއްޗެއް ނެގުމަކީ ބޮޑު ވޭނެއް.
ޗަރީބޫޑި
22 June 2025
އަލީ އެކުސް ޕުރެހުން އެއްޗިހި ގަތުން ހުއްޓާލީ ޝިޕިން އަގު ބޮޑުކަމުން ތިޔަ ރެޑުބޮކުހަކާ ހަވާލުކޮށްގެން.
ޓީމޫޓިމޮތީ
22 June 2025
އިތުރު ބަޔަކު ޓީމޫ ޕެކޭޖު ގެނެސްދިނުމަކީ ޕެކޭޖު އާމުންނަށް ލިބުމަށް ލިބޭނެ އަވަސްކަމެއް ! ނަމަވެސް ރެޑްބޮކްސް އިން އަލީ އެކްޕްރެސް ޕެކޭޗް ގެންނަން ފެށިއިރު ތައްޔާރު ނުވެ ފެއްޓިގޮތަށް ޓީމޫ ޕެކޭޖު ތައް ދޫކުރަން ވެއްޖެޔާ އޮންނާނީ ބޮޑު މައްސަލަ އެއް ކުރިމަތި ވެފަައި ، ޓީމޫ އަށް ވަކި ޕިކްއަޕްސްޓޭޝަން އެއް ހެދުން ރަގަޅު ، އަދި ދަންވަރު 1 ޖަހަންދެން ހުޅުވާފައި ބަހައްޓާފައި ހެދުނު 7 ޖަހާއިރު އަލުން ހުޅުވުން ރަގަޅު ،
ސްކޭމް
22 June 2025
ވާވަރު ގެ ބަޔަކާ ހަވާލު ކުރޭ ރެޑް ބޮސް ސްކޭމް ފޯސްޓް ސްކޭމް
ޣަނިއަ
22 June 2025
ވާވަރުގެ ބަޔަކާހަވާލުކުރަން ޓީމޫގަ ބުނެގަ