ވިޔަފާރި / ޓީއެފްޖީ

ޓީއެފްޖީގެ "އެމްވީ ރަން" އަށް މި ފަހަރު ވެސް ބޮޑު ތަރުހީބެއް

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް، ޓީއެފްޖީ، އިން އިންތިޒާމްކޮށް މިއަދު ހުޅުމާލޭގައި ބޭއްވި "އެމްވީ ރަން"ގެ ބައިވެރިން ދުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ޓީއެފްޖީ އިން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި "އެމްވީ ރަން" އަށް ގިނަ ދުވުންތެރިންތަކެއްގެ ހޫނު ތަރުހީބެއް ލިބުނު ކަމަށް އެ ޖިމުން ބުނެފި އެވެ.

ޓީއެފްޖީއިން ބުނީ "އެމްވީ ރަން" އަކީ ރާއްޖޭގެ ދުވުންތެރިން ކޮންމެ އަހަރަކު ވެސް އިންތިޒާރުކުރާ ބޮޑު ދުވުމަކަށް ވާއިރު، މި އަހަރުގެ މި ދުވުމުގައި ވެސް ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވި ކަމަށެވެ. ދުވުން ކުރިއަށް ގެންދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށާއި މި ދުވުމުގައި އެކި އުމުރުފުރާތަކުގެ ދުވުންތެރިން ހިމެނުނުކަން ފާހަގަކުރި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް، ޓީއެފްޖީ، އިން އިންތިޒާމްކޮށް މިއަދު ހުޅުމާލޭގައި ބޭއްވި "އެމްވީ ރަން"ގެ ބައިވެރިން ދުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަހަރުގެ "އެމްވީ ރަން"ގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ދުވުންތެރިންގެ ތެރެއިން އެއް ވަނަ ހޯދީ ކްލާރާ ސަރީނާ އާސިފް އެވެ. ދެ ވަނަ އައިޝަތު ޒޯޔާ އިބްރާހިމް ސިނާން ހޯދި އިރު ތިން ވަނަ ހޯދީ ރީއާ އަހުމަދު އަމީން އެވެ. އެ އުމުރުފުރާއިން އެއް ވަނަ ހޯދި ފިރިހެން ދުވުންތެރިއަކީ އާއިދު ރިފާއު އެވެ. ދެ ވަނަ އިސްމާއިލް މުލްހަމް އާޒިމް ހޯދި އިރު ތިން ވަނަ ހޯދީ އިޒްޔާން އެވެ.

މި ދުވުމުގައި އުމުރުން 20 އަހަރާއި 29 ވަނަ އަހަރާ ދެމެދުގެ އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އައިޝަތު ރިފާޔަތް އެވެ. އަދި ދެ ވަނަ މަރިޔަމް ނަފްހާ ހޯދިއިރު ތިން ވަނަ ހޯދީ އަންސާނާ އާދަމް އެވެ. މި އުމުރުފުރާގެ ފިރިހެން ކެޓަގަރީގެ އެއް ވަނަ ހޯދީ ހުސެއިން ރިޒާ އެވެ. އަދި ދެ ވަނަ އަބްދުﷲ ނާސިހު ހޯދި އިރު ތިން ވަނަ ހޯދީ ޔޫސުފް އިބްރާހިމް އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް، ޓީއެފްޖީ، އިން އިންތިޒާމްކޮށް މިއަދު ހުޅުމާލޭގައި ބޭއްވި "އެމްވީ ރަން"ގެ ބައިވެރިން މިއަދު ދުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެމްވީ ރަން" ގައި އުމުރުން 30 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާއިން އެއް ވަނަ ހޯދީ ހުސެއިން ފަޒީލް އެވެ. ދެވަނަ ޝިފާޒް މުހައްމަދު ހޯދި އިރު، ތިން ވަނަ ހޯދީ މުހައްމަދު އިރުފާން އެވެ. މި އުމުރުފުރާގެ އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އައިޝަތު ޖިނާނީ އިބްރާހިމް އެވެ. އަދި ދެ ވަނަ އަނާން ރަޝީދު، ތިން ވަނަ ހޯދީ ފާތިމަތު ޝީޒާ ހޯދި އެވެ.

މި ދުވުމުގެ 40 އަހަރާއި 49 އަހަރާއި ދެމެދުގެ އުމުރުފުރާގެ އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ ނިޒްމީނާ އަހުމަދު އެވެ. ދެ ވަނަ މަލާ މަރިޔަމް ހޯދި އިރު ތިން ވަނަ ހޯދީ ހުސްނާ މުހައްމަދު އެވެ. އަދި މި އުމުރުފުރާގެ ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އަހުމަދު ރަޝީދެވެ. އަދި ދެ ވަނަ ހޯދީ މުހައްމަދު ފަސީލް އެވެ. ތިން ވަނަ ހޯދީ އަބްދުﷲ އިސްމާއިލް އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް، ޓީއެފްޖީ، އިން އިންތިޒާމްކޮށް މިއަދު ހުޅުމާލޭގައި ބޭއްވި "އެމްވީ ރަން"ގެ ބައިވެރިން ދުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެމްވީ ރަން"ގެ 50 އަހަރުން މަތީގެ އުމުރުފުރާއިން ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އަހުމަދު މުހައްމަދު އެވެ. އަދި ދެ ވަނަ އިބްރާހިމް ނައީމް ހޯދި އިރު ތިން ވަނަ ހޯދީ ސައުދު ޔޫސުފް އެވެ. އަދި އެ އުމުރުފުރާގެ އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ ގުޔެން ޓީ ލާން އެވެ. ދެ ވަނަ ޒީނާ ގާސިމް ހޯދި އިރު ތިން ވަނަ ހޯދީ ނާފިޒާ އަހުމަދު އެވެ.

މި ދުވުމުގެ ކޮންމެ ކެޓަގަރީގެ އެއް ވަނަ (އަންހެން އަދި ފިރިހެން) އަށް 7،500ރ. ދިނެވެ. އަދި ދެ ވަނަ (އަންހެން އަދި ފިރިހެން) އަށް 4،500ރ. ދިން އިރު ތިން ވަނަ (އަންހެން އަދި ފިރިހެން) 2،500ރ. ދިނެވެ.

މި ދުވުމުގައި ހުރިހާ ދުވުންތެރިންގެ މެދުގައި ހާއްސަ ގުރުއަތެއް ނަގައި ނަސީބުވެރި 10 މީހަކަށް 10،000ރ. ވަނީ ދީފަ އެވެ.

"އެމްވީ ރަން" އަކީ 50 މިނެޓުގެ ތެރޭގައި ފަސް ކިލޯމީޓަރު ދުވެ ނިންމާލަން ޖެހޭ ދުވުމެކެވެ. މި ދުވުމުގައި އެކި ފެންވަރުގެ ދުވުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޕްރޮފެޝަނަލް ދުވުންތެރިންނަށް ހާއްސަ ކެޓަގަރީއަކާއި ރެކްރިއޭޝަނަލް ދުވުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ހިމެނި އެވެ.

މި ދުވުމުގެ އިތުރުން ޓީއެފްޖީއިން ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހު ބީއެމްއެލްއާ ގުޅިގެން "ވާއު ކިޑްސް ރަން" އަދި ޑިސެމްބަރު ފަހެއްގައި "ދަ މޯލްޑިވްސް ލޯންގް ރަން" ބާއްވާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454