ޔޮވޭރީ މުސެވޭނީ: އޭނާ ވަނީ ޔުގެންޑާގައި 40 އަހަރު ވެރިކަން ކުރައްވައި އަނެއްކާ ވެސް އާ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައި. -- ފޮޓޯ: ރޮއިޓާސް
07 ޖުލައި 2025 - 07:32
ޔުގެންޑާގައި ވެރިކަން ކުރައްވާތާ ސާޅީހަކަށް އަހަރު ވެފައިވާ ރައީސް ޔޮވޭރީ މުސެވޭނީ، ވެރިކަންކުރާ ޕާޓީގެ ފަރާތުން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި އުމުރުން 80 އަހަރުގައި ކަނޑައަޅައިފި އެވެ.
މިކަން ގަބޫލުކުރައްވައި މުސެވޭނީ ދެއްވި ތަގުރީރުގައި ވިދާޅުވީ އެ ގޮވާލުމަށް އިޖާބަ ދެއްވާނެ ކަމަށާއި އިންތިހާބުވެއްޖެ ނަމަ، ޔޫގެންޑާ އަކީ "މެދު ފަންތީގެ އާމްދަނީ ބޮޑު ގައުމަކަށް" ބަދަލުކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
މުސެވެނީއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ 1986 ވަނަ އަހަރު ބަޣާވާތުގެ ލީޑަރެއްގެ ހައިސިއްޔަތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މުސެވެނީ ވެރިކަން ކުރައްވަނީ ގޮށްމުށުގެ ބާރުން ކަމަށެވެ.
އެ ހިސާބުން ފެށިގެން ކޮންމެ އިންތިހާބެއް ވެސް ކާމިޔާބު ކުރައްވާފައިވާ އިރު، މަގާމުގައި ދެމި ހުންނެވުމަށް ގާނޫނުއަސާސީން ވަނީ ރައީސްގެ އުމުރު ކަނޑައެޅުމުގެ މާއްދާ އާއި އެންމެ ގިނަވެގެން ވެރިކަން ކުރެއްވޭނެ މުއްދަތު ކަނޑައެޅުމުގެ މާއްދާތައް ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފަ އެވެ.
އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މުސެވެނީގެ ބޮޑު ވާދަވެރިއަކަށް ވާނީ ޕޮޕް ތަރިއެއްގެ ގޮތުގައި ހުރުމަށް ފަހު ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވި ބޮބީ ވައިން ކަމަށް ބެލެވެ އެވެ.
ވައިން މިދިޔަ އޭޕްރީލް މަހު ބީބީސީއަށް ވިދާޅުވި ގޮތުގައި އޭނާގެ ޕާޓީ، ނޭޝަނަލް ޔުނިޓީ ޕްލެޓްފޯމުން ނޮމިނޭޝަން ލިބިއްޖެ ނަމަ މުސެވެނީއާ ވާދަކުރައްވާނެ އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އަނިޔާވެރިކަން އިތުރުވަމުންދާތީ އިދިކޮޅުގައި ހުރުމަކީ ފަސޭހަ ކަމެއް ނޫން ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަކް
07 July 2025
މައުމޫނު ބެހެއްޓިނަމަ މިހާރު ވެރިންނޭ ކިޔައިގެން މިފެނުނު އެއްޗިއްސަށްވުރެން ރާއްޖެއަށް ހަބައި ރަނގަޅުވީސް.
އަދުރުއްދީން
07 July 2025
މައުމޫނު ވަރިކަމުގައި 30 އަހަރުވީމަ ބައެއްމީހުންނަށް ކެތްނުކުރެވުނު.
ހުސްވައުދު
07 July 2025
ރައީސް މިއީޒު ދެން މިކަންކުރާނީ އެންނެއަވަހަށް 10 އަހަރުގެ ދެ ދައުރަށް ގާނޫނު އަސާސީ ބަލުކުރާނީ
މިސްޓަރ ޓިނޭ
08 July 2025
މިހާ ހެޔޮ، މިހާ ތެދުވެރި، ރައްޔިތުން މިހާ ލޯބިވާ ވެރިޔަކު ވީމަ، 100 އަހަރުވެސް މަދު
ޔުގަންޑާ ފްރުޓްސް
07 July 2025
ޔުގެންޑާ އަކީ އެފްރިކާގައި އެންމެ ކުރިއަރަމުން އަންނަ ނަމޫނާ ރަގަޅު އެއް ގައުމު.