ޣައްޒާގައި އިޒްރޭލުން ޝަހީދުކޮށްފައިވާ ކުއްޖެއްގެ ހަށިގަނޑު ކާރެއްގައި ގެންދަނީ. --ފޮޓޯ: އޭއެފްޕީ
10 ޖުލައި 2025 - 09:09
ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭން ދުނިޔެއަށް ގޮވާލައިފި އެވެ.
ސެނެގާލްގެ ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖޭން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، އަހްމަދު ސަރީރު ދެއްވި ތަގުރީގުގައި އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއް ނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތައް ސަރީރު ސިފަކުރެއްވީ، ނިޒާމީ ގޮތެއްގައި ރޭވިގެން، ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކުން ބާލައި، މުދަލާއި ބިންތައް ފޭރިގަނެ، އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ސިޔާސަތުތަކެއްގެ ގޮތުގަ އެވެ.
"ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ބައްދަލުވުމުގައި ސަރީރު. --ފޮޓޯ: ފޮރިން މިނިސްޓްރީ
މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޒްރޭލުން މެދު ކެނޑުމެއް ނެތި ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާ އަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި އެ ސަރީރު ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން، 1975 ވަނަ އަހަރު އުފައްދާފައިވާ ސީއައިއާރްޕީޕީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުސްތަގިއްލު ދައުލަތަކާ އެކު ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގު އަލުން ހޯދައި ދިނުމަށްޓަކައި ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފަ އެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އދ.ގެ އާންމު މަޖިލީހަށް ރިޕޯޓު ހުށަހަޅަ އެވެ.
ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމިއްޔާގެ މެމްބަރު ގައުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
10 July 2025
ދެން އިޒްރޭލް ޖެހޭނީ މައިތިރިވާން. ދިވެހި ސަރުކާރު ދެކެ އިޒްރޭލް ބިރުގަންނާނެ
ހޖހނބ
10 July 2025
މުޅި ދުނިޔެއާ ދެކޮޅުވާން ޖެހުނަސް ހައްގު ތެދުބަސް ބުނަން ފަސް ޖެހުގެން ނުވާނެ. އަހަރެމެން ނިކަމެތި ވިޔަސް އަހަރެމެން ރައްކާތެރި ކުރައްވަނީވެސް ރިޒްގު ދެއްވަނީވެސް ﷲ.
އަބްޑޫޅް +
10 July 2025
މުޅި ދުނިޔެ އާއި ދެކޮޅަށް، މިގޮތަށް ދިމާކޮށްލީމަ، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ، ކަމީނާ، ދޮންކެޔޮ ޖުމްހޫރިއްޔަތެއް، ހަފުސްވެ، އަވަދިވެދާނެޔޭ. ކަލޭމެންގެ ސައިޒަށް ކެޓިގެން، ކުޑަވެބަލަ.
މުސްލިމެއް
10 July 2025
ނަސްރު ލިބޭނީ މާތް ﷲ ނަސްރު ދެއްވި ބަޔަކަށް. އެހެޔޮ ކިތަންމެ މަދު ނިކަމެތި ބަޔަކަށް ވިޔަސް. އަޅުގަނޑުމެން މުސްލިމުން ހަމަ އެކަނި ބިރުވެތިވާން ޖެހޭނީ މާތް ﷲ އަށް
އެޗް އެމް
10 July 2025
އާރާއި ބާރު އޮތްބަޔަކު އެއަށްވުރެ ދެރަ ބައެއްގެ ބަސް އަޑުއަހާ ކިޔަމަންވާ އުސޫލެއް މިދުނިޔެއަކު އެއް އިރެއްގަވެސް ގާއިމް ވެފައެއް ނޯވޭ. ކަންކުރަންވީ ގޮތާއި ގަވާއިދާއި އަމުރު ތަންފީޒު ކުރެވޭނީ އެއިރަކު އެބަޔަކާ އެއްހަމަ ނުވަތަ އެބަޔަކަށް ވުރެ ނިކަމެތި ބައެއްގެ މައްޗަށް. ވަގުތާއި ހާލަތާއިއެކު ބާރުތަށް ބަދަލުވިޔަސް މިއުސޫލަކަށް ބަދަލެއް ނާދޭ.
ބުޅާގޯނި
10 July 2025
އެމެރިކާ ފަނާކޮއްލައިގެން ނޫނީ މުސްލިމުނަކައް ދިރިނުތިބެވޭނެއެވެ ހުރިހާ ހަޑިއެއް ހާވަނީ އެމެރިކާ ހުރިހާ މުސްލިމުން އެމެރިކާއަށް ހަމަލާ ދޭންޖެހޭ ޔަހޫދީންނަށް ފަނާކުރެނެވި ހަތިޔާރުތައް ދެނީ އެމެރިކާއިން އީރާންނަށް ވެސް ހަމަލާދިނީ އެމެރިކާއަޑީގާ އޮވެގެން ޔަމަނަށްވެސް ހަމަ ހަމަލާ ދިނީ އެމެރިކާ އަޑީގަ އޮވެގެން ވީމާ ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވެގެން އެމެރިކާ ދުއްވާލަންވީ އިގިރޭސިން ދުނިޔޭގަ ވެރިކަން ކުރީމަ އެމެރިކާވެސް ދުނިޔޭގެ ވެރިކަން ބޭނުން
ބުޅާގޯނި
10 July 2025
އެމެރިކާ ފަނާކޮއްލައިގެން ނޫނީ މުސްލިމުނަކައް ދިރިނުތިބެވޭނެއެވެ ހުރިހާ ހަޑިއެއް ހާވަނީ އެމެރިކާ ހުރިހާ މުސްލިމުން އެމެރިކާއަށް ހަމަލާ ދޭންޖެހޭ ޔަހޫދީންނަށް ފަނާކުރެނެވި ހަތިޔާރުތައް ދެނީ އެމެރިކާއިން އީރާންނަށް ވެސް ހަމަލާދިނީ އެމެރިކާއަޑީގާ އޮވެގެން ޔަމަނަށްވެސް ހަމަ ހަމަލާ ދިނީ އެމެރިކާ އަޑީގަ އޮވެގެން ވީމާ ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވެގެން އެމެރިކާ ދުއްވާލަންވީ އިގިރޭސިން ދުނިޔޭގަ ވެރިކަން ކުރީމަ އެމެރިކާވެސް ދުނިޔޭގެ ވެރިކަން ބޭނުން
ބުރަތޭރީ
10 July 2025
ތިޔަފަދަ ގޮވާލުންތަކުން ރާއްޖެއަށް ކުރެވޭނެ މާބޮޑުކަމެއްނެތް. ނަމަވެސް ވިސްނުންތެރިކަމާ އިޒުރޭލުން ހިންގާ ގަތުލު ޢާންމަށް އެހީވެދޭ އެމެރިކާ، އިގިރޭސިވިލާތުގެ ހުރިހާ ޕްރޮގްރާމްތަކަކަށް ދިވެހި ދަރިވަރުންނާއި މުއައްސަސާތަކުން ކުރާހޭދަ ހުއްޓާލެވިދާނެ. ދިވެހިންގެ ޓެކްސް ފައިސާއިން ބޮޑު ޢަދަދެއް، ތައުލީމީ، އަސްކަރީ ޕްރޮގްރާމްތަކަށް ކޯސްހެދުމަށް އެގައުމުތަކަށް ނުފޮނުވުން. އެއީ ނުސީދާކޮށް ޔަހޫދީ އިޒުރޭލަށްދެވޭފައިސާކަމަށްވާތީ.
ަސޮވާޑުފޮށި
10 July 2025
ވަރަށް ރަނގަޅު ކޮމެންޓެއް