މުހައްމަދު ވަހީދު: އޭނާ ގެންދަނީ ސްޕޯޓްސް އެޑިއުކޭޝަން ދާއިރާއިން ދެވަނަ މާސްޓާސް ޑިގްރީ އަށް ކިޔަވަމުން: އޭނާ ވިދާޅުވީ އިންޑަވިޖުއަލް އަދި ޓީމު ސްޕޯޓްސްތަކުގައި ވެސް ސެލެކްޝަން ކޮމިޓީގެ ދައުރު އަދާކުރެވޭނެ ކަމަށް
14 ޖުލައި 2025 - 11:04
ގައުމީ ޓީމުތަކަށް އެތުލީޓުން ނެގުމުގައި ކޯޗުން ގެންގުޅޭ ތަފާތުކުރުމާއި ގައުމީ ކޯޗުން އައްޔަން ކުރުމުގައި ބައެއް އެސޯސިއޭޝަން އަމަލުކުރާ ގޮތް މިދިޔަ ހުކުރު ދުވަހު "މިހާރު" ގައި ޕަބްލިޝް ކުރި ރިޕޯޓުގައި ގެނެސް ދީފައި ވާނެ އެވެ.
އެ ރިޕޯޓަށް އިންޓަވިއު ދިން ތަޖުރިބާކާރުން ހުށަހެޅި އެއް ހިޔާލަކީ ގައުމީ ޓީމުތައް ނެގުމަށް ސެލެކްޝަން ކޮމިޓީތައް އުފެއްދުމެވެ.
މި މައުލޫގައި ބައެއް އެސޯސިއޭޝަންތަކުގެ އޮފިޝަލުންގެ ހިޔާލު ތަފާތެވެ. ގައުމީ ޓީމު ސެލެކްޝަން ކޮމިޓީ ހަރަކާތްތެރި ކުރުވުމަކީ ޓީމު ކުޅިވަރުތަކުގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި ހުރިހާ ބޭފުޅުން ވެސް ދެކެ އެވެ. ސުވާލު އުފައްދަނީ އިންޑަވިޖުއަލް ކުޅިވަރުތަކުގައި ސެލެކްޝަން ކޮމިޓީ ދައުރު އަދާކުރެވިދާނެކަމާ މެދު އެވެ.
އެކަމަކު ދިވެހި ކުޅިވަރުގެ އިލްމީ ތަޖުރިބާކާރު މުހައްމަދު ވަހީދު (މޯޑް) ބުނީ އިންޑަވިޖުއަލް އަދި ޓީމު ސްޕޯޓްސްތަކުގައި ގައުމީ ޓީމު ސެލެކްޝަން ކޮމިޓީ އަށް ދައުރު އަދާކުރެވޭނެ ކަމަށެވެ.
ގްރީސްގައި އޮލިމްޕިކް ސްޓަޑީޒްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހަދަމުންދާ މުހައްމަ ވަހީދު، ކްލާސް ރޫމްގައި ޕްރެޒެންޓޭޝަނެއް ކުރިއަށްގެންދަނީ
ސްޕޯޓްސް މެނޭޖެމެންޓް ދާއިރާއިން ދެކުނު ކޮރެއާގެ ސޯލް ޔުނިވަސިޓީން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މޯޑު ބުނީ ގައުމީ ޓީމު ސެލެކްޝަން ކޮމިޓީތަކަކީ ހަމައެކަނި ޓީމަށް އެތުލީޓުން ހޮވާ ކޮމިޓީ އެއް ނޫން ކަމަށެވެ. އެ ކޮމިޓީގެ ދައުރު އެއަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.
މޯޑު ބުނީ އިންޑަވިޖުއަލް އަދި ޓީމު ކުޅިވަރުތަކުގައި ވެސް ސެލެކްޝަން ކޮމިޓީއެއްގެ ދަށުން މަސައްކަތް ކުރެވިދާނެ ކަމަށެވެ.
އޭނާ ބުނީ އިންޑިވިޖުއަލް ކުޅިވަރުތަކުގައި ޓްރަޔަލްތަކުން ގައުމީ ޓީމު ނެގިޔަސް، ސެލެކްޝަން ކޮމިޓީ އަށް އަދާކުރަންޖެހޭ ދައުރު ކުޑަ ނުވާނެ ކަމަށެވެ.
"ސެލެކްޝަން ކޮމިޓީގެ ދައުރަކަށް ވާނީ ހަމައެކަނި ގައުމީ ޓީމުގެ ސެލެކްޝަން ހެދުމެއް ނޫން. މުބާރާތަށް ފަހު ޕާފޯމަންސް އެނަލިސިސް އަށް ބަލަން ޖެހޭނެ. ރިޒަލްޓް އެޗީވް ނުވިނަމަ ކޯޗުންނާ ސުވާލުކޮށް ދެނެގަންނަންޖެހޭނެ ކީއްވެގެންތޯ ޕާފޯމަންސް ދަށް ވީ،" ގްރީސްގެ ޕެލޮޕޮނީޒް ޔުނިވަސިޓީން އޮލިމްޕިކް ސްޓަޑީޒް އަދި އޮލިމްޕިކް އެޑިއުކޭޝަން އަދި އޮގަނައިޒޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހަދަމުންދާ މޯޑު ބުންޏެވެ.
"އިންޑަވިޖުއަލް ސްޕޯޓްސްގައި ވެސް ކޯޗު ޖެހޭނެ މުބާރާތަށް ފަހު ޓެކްނިކަލް އަދި ޕާފޯމަންސް ރިޕޯޓް ކޮމިޓީ އަށް ހުށަހަޅަން. ކޯޗު ވެސް ޖެހޭނެ ކޮމިޓީ އަށް ޖަވާބުދާރީވާން. މުބާރާތުގައި ޕާފޯމަންސް ދަށްނަމަ ކޮމިޓީން ނިންމާނެ ކޯޗުގެ ޓެންޔާ [ދައުރު] ކުރިއަށްގެންދާނީތޯ ނުވަތަ ނޫންތޯ."
ކުޅިވަރުގެ މަތީ ފާހެއް ހަންގޭރީން ވެސް ހާސިލު ކުރި މޯޑު ބުނީ ކުޅިވަރުތަކުގައި ގައުމީ ޓީމު ނެގުމުގައި ހެޑް ކޯޗުގެ މަޝްވަރާ ކޮމިޓީން ހޯދާނެ ކަމަށެވެ. އަދި ކޮމިޓީ އަށް ޖަވާބުދާރީ ވުމާއި މުބާރާތަށް ފަހު ޕާފޯމަންސް އަދި ޓެކްނިކަލް ރިޕޯޓް ކޮމިޓީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"ކޮމިޓީ މަސައްކަތް ކުރަންޖެހޭނީ މިނިވަން ކަމާ އެކު،" އޭނާ ބުންޏެވެ.
ކޯޗުން ޒިންމާދާރު ކުރެވޭނެ ގޮތެއް ރާއްޖޭގެ ކުޅިވަރުގައި ނެތެވެ. ބައެއް އެސޯސިއޭޝަންތަކުގައި ކޯޗުން ތިބެނީ އުމުރަށް މަގާމުގައި ހަރުލައިފަ އެވެ. ނަތީޖާ ދަށްވިޔަސް ނުވަތަ އެކަށީގެންވާ ކުރިއެރުމެއް ނުލިބުނަސް އޭނާ މަގާމަކަށް ލޮޅުމެއް ނާރަ އެވެ.
އެކަމަކު ކޯޗާ ވެސް ސުވާލުކޮށް ޒިންމާދާރު ކުރެވޭނެ ނިޒާމެއް ގައުމީ ސެލެކްޝަން ކޮމިޓީތަކުން ހޯދޭނެ ކަމަށް މޯޑު ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭނަޒީރު މެން
16 July 2025
މޯޑް ތީ އެއްވެސް ޒިންމާދާރު މީހެއްނޫން ހިހޫތަނުން ކައިލަިގެން އުޅޭނީ ، ބާސްކެޓް ގަ އޮވޭ ހަރުދަނާ ގަވައިދެން ނަމުގަ ހަދާފަ ( ވަކި ކޯޗެއް މޮޅުވެދާނެތީވެ ) އެގަވައިދައް ޖެހެނީ ވަކި ކޯޗުން ނެއް ބޯލަބަން
ކޭޙުސެން
14 July 2025
އަދި ކޮންމެ ފާހެއް އޮތަސް މިތާ މިއުޅެނީ ކަރުދާސް ކްލަބު އެސޯސިއޭޝަން ތަކާއި އެމީހުން ޕަޕެޓް ކޯޗުން ތިގޮތަކަށް އަމަލެއް ނުކުރާނެ، އެހެންނަމަ މަގޭ ލަފާ ހޯދީސް
ކެޔޮދަޅި
14 July 2025
ދިވެހި ކުޅިވަރު އެސޯސިއޭޝަންތަކުން ގިނަ ކުޅުންތެރީން އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ފެންނަނީ ވަކިބަޔެއްގެ ދަރީންކޮޅެއް ކުރިއެރުވުމަށާއި އެކުދީންކޮޅު މަޝްހޫރު ކުރުވަން މަަސައްކަތްކުރާތަނެވެ. އެހެންކަމުން ޤައުމީ ޓީމުގެ ކޯޗަކަށްވެސް ބަހައްޓަންޖެހެނީ އެސޯސިއޭޝަންއަށް ބާރުފޯރުވާ ބަޔަކު ބުނާގޮތްހަދާ މީހެކެވެ. ކޯޗަށް މި ހުރިހާ ބާރެއް އޮވެގެން މެނުވީ މިމީހުން ބޭނުން ހުރިހާކަމެއް ކުރުވުން ދަތިވާނެތީ، މިހާރު އޮތްގޮތް ބަދަލުކުރުން ދަތިވާނެއެވެ.
ބެލެނިވެރިން
14 July 2025
"ކޮމިޓީ މަސައްކަތް ކުރަންޖެހޭނީ މިނިވަން ކަމާ އެކު،" އޭނާ ބުންޏެވެ. ހަހަހަހަ. މީނަ މިހެން ވާހަކަ ދެއްކީމަ ވަރަށް ޖޯކު
މޯޑި
14 July 2025
ތީ އެންމެ ރަނގަޅު މީހާ ގޮތް kiyan ބަޔަސް ނުވާންވި ގޮތް އެހެން މީހުނަށް ކިޔާދޭން.