ވިޔަފާރިތަކުން މާރުކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރުގެ ހަ މަސް ތެރޭ މާރުކުރި އަދަދު 14 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް
ޑޮލަރު މާރުކުރާ ފިހާރައެއް. އެމްއެމްއޭއިން ވިޔަފާރިތަކަށް ޑޮލަރު ދޫކުރަ ވަރު އިތުރު ކުރަނީ
17 ޖުލައި 2025 - 16:10
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބުނީ، ވިޔަފާރިތަކުން މާރުކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރުގެ ހަ މަސް ތެރޭ މާރުކުރި އަދަދު 14 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ، ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ އިދާރާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރިތަކަށް ޑޮލަރު ވިއްކާ ވަރު އިތުރުކުރަމުން އަންނަ ކަމަށެވެ.
"ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 ޕަސެންޓުގައި. ނަމަވެސް އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކްތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން،" އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރުގެ ބޭރުގެ ދަރަނި ދައްކަން 88 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށެވެ. އެހެންވެ، ދަރަނި އަދާކުރުމަށް ޑޮލަރުން ކުރި ހޭދަ ވަނީ 51 ޕަސެންޓް އިތުރުވެފަ އެވެ. އެއީ އެމްއެމްއޭގެ ރިޒާވަށް ކުރިމަތިވި އިތުރު ޕްރެޝަރެކެވެ.
އެކަމަކު މިދިޔަ ޖޫން މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި އޭގެ ކުރީ މަހު ހުރި ވަރާ އަޅާބަލާއިރު ދެ ޕަސެންޓް އިތުރުވެ 832 މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.
● ޖޫން މަހުގެ ނިޔަލަށް ބޭންކްތަކަށް މާރުކުރި އަދަދު: 364 މިލިއަން ޑޮލަރު
● މިއަހަރު ދަރަނި އަދާކުރަން ހޭދަކުރި ވަރު: 174 މިލިއަން ޑޮލަރު
● މިދިޔަ އަހަރު ދަރަނި އަދާކުރަން ކުރި ހޭދަ: 88 މިލިއަން ޑޮލަރު
މަރުކަޒީ ބޭންކުން ބުނީ، ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކިން ނިޒާމަށް އެތެރެވާ އަދަދުގެ ތެރެއިން ރާއްޖޭގެ ބޭންކްތަކަށް މާރުކުރުވޭ މިންވަރު ވޭތުވެދިޔަ ހަތަރު އަހަރު ވެސް ހުރީ ގާތްގަނޑަކަށް 10 ޕަސެންޓުގައި ކަމަށެވެ. އެކަމަކު ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމުން މިއަހަރުގެ މިހާތަނަށް 21 ޕަސެންޓަށް އިތުރުވެފައިވަ ކަމަށެވެ.
މިދިޔަ އަހަރު ވެސް މަރުކަޒީ ބޭންކުން ވަނީ ރާއްޖޭގެ ބާޒާރަށް 998 މިލިއަން ޑޮލަރު އިންޖެކްޓްކޮށްފަ އެވެ. އޭގެ ތެރެއިން ބޭންކްތަކަށް 346 މިލިއަން ޑޮލަރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 652 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވެ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ޕަސެންޓް އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
18 July 2025
ޑޮލަރު ގަންނަ އަގާއި މާރުކުރާ އަގުގެ ތަފާތު އަލުން 10 ލާރިއަށް ތިރިނުކޮށް ވެދާނެބާއެވެ؟
ބޭކާރު ވާހަކައެއްނު.
18 July 2025
ޓޫރިޒަމް ތަންތަނުން ލިބޭ ލާރި ބޭންކަށް ޖަމާކުރީމަ ރައްޔިތުންނަށް ފައިދާވާނެއޭ ކިޔާފަ، ރައްޔިތުން ވީ އެއްވެސް ފައިދާއެއް ނެތް. ރާއްޖޭން ބޭރަށް ދާން ޑޮލަރު ގަންނަން މި ޖެހެނީ ބްލެކް މާކެޓްގަ. ކުރިން 18 އަށް ލިބޭ ޑޮލަރު މިހާރު މިގަންނަން ޖެހެނީ 20 ރުފިޔާއަށް.
އެމްސް
18 July 2025
ބްލެކް މާކެޓަށްވެސް ޑޮލަރު އެންމެބޮޑަށް ސަޕްލައިކުރެވޭނީ ހަމަ ރިސޯޓްވެރިންނަށެވެ!
ޑޮލަރު
18 July 2025
ކޮލަރު މާރުކުރުމުގެ ނަމުގަ ސަރުކާރުން ރިސޯޓް ވެރިންނާ ރިސޯޓް ބޯއީސް ފެލާލަނީ. ގައުމަށް ޑޮލަރުން ލިބެނީ 5 ވަރަކަށް ބިލިޔަނޭތަ ކިޔަނީ!؟ މީގެ ތެރެއިން 20% ނުވަތަ 1 ބިލިޔަން ލިބެނީ އެކިނަންނަމުގަ ޓެކްސްގެ ގޮތުގަ ސީދާ ސަރުކާރަށް. ޓީޖީއެސްޓީ، ރިސޯޓް ކުލި، ޕްރޮފިޓް ޓެކްސް، ޕެންޝަން، މުއަޒަފުންގެ މުސާރާގެ ޓެކްސް، މިހުރިހާއެއްޗެއް ސަރަކާރަށް ދައްކަނީ ޑޮލަރުން. ރިސޯޓްތަކުގަ ބޭނުންކުރާ އެއްޗިއްސަކީ ސީދާ އިމްޕޯޓް ކުރާއެއްޗެހި. މުއައްޒަފުންގެ 1/2 ބޭރުމީހުން
ހުއްދަ 15.42 ދެއްތޮ؟
18 July 2025
މިތަނުން ގަތީމަ ހަލާލްވާނެ ދެއްތޮ؟
ރޓ މީހާ
18 July 2025
ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހި ރފ އިން ބޭންކް ރޭޓްގަ ވަކި އަދަދަކަށް ޑޮލަރު ނެގޭ ގޮތް ހަދަންވީ. އެހްނޫނީ މިކަމަށް ހައްލެއް ނެތް
އެމްސް
18 July 2025
ޙައްލަކީ ޑޮލަރު ޖަހާ ތައްގަނޑެއް ބޭންކުގަ އޮތުމެއް ނޫންބާއެވެ؟
ކަކުނިބޯ
18 July 2025
ޢެކި ބޭންކްތަކުން އެކިވަރުދެނީ އެމް އައި ބީ އިން ދެނީ %20
ގަބުޅިގްރޫޕް
17 July 2025
ކޮން އިރަކުން ހެއްޔޭ؟؟؟؟؟ ހެޔޮނުވާނެ ކަމެއްކޮށް ނިންމާފައި އެކަމެއްގެ ވާހަކަ ހަބަރަށް ހަދާބަލަ. ޢަހަރެންވެސް ހިތައް އަރާ ވަރަށް ގިނަ ކަންކަން. ޢެކަންކަން ވާނަމަ ހާދަ ރަގަޅޭ.
ކޮރަލް
17 July 2025
ޑޮލަރު ތައް ހުރީ ބިދޭސީން އަތުގަ އެވެ. ކުދި މެދު ފަންތީގެ ވިޔަފާރި ތަކުން އަހަރަކު ލިބޭ އެތައް ސަތޭކަ މިލިއަން ރުފިޔާ ޑޮލަރަށް ހަދާ ގައުމަށް ފޮނުވަނީ އެވެ.
ޑރ ވާންޗޯ
17 July 2025
ބީއެމްއެލް ތެރެއިން އަދިވެސް ބްލެކްއަށް ނިކުންނަބައި ނުހުއްޓުވޭ. ވިޔަފާރިތަކަށް ދީފަ ބާކީހުންނަވަރުން ފުރާމީހުނަށް 1000ޑޮލަރ މިހާރު ދެވޭނެ
ގަނާ
18 July 2025
ބީއެމްއެލް އެކަންޏަކު ނޫން. އެމްއެމްއޭ ތެރެއިންވެސް ތިގަނޑު ގަންނަހެން ހީވޭ. އިރުއޮއްސޭ ގަޑީގައި ވަލުދޮރާށިން ހާދަ ބަންގާޅީ ބޭފުޅުންނެއް އެހެރަ ނުކުންނަނީ.
ކާކުމޫސާ
17 July 2025
ކޮންގޮތަކުން ވިއްކަނީ. އަޅޔގަނޑު މީގެ ހަފުތާއެއްކުރިން ޓީޓ އެއް ހަދަން އެދުނީމަ އެންމެ ޑޮލަރެއްވެސް ނުދިން
ފޭކުމޫސާ
17 July 2025
އަޅުގަނޑުގެ ވިޔަފާރި ރެޖިސްޓްރީއެއް އޮވެފަ އެވިޔަފާރިޔަކަށް މުދާގެންނަން ޓީޓީ ހަދަން އެދުނީމަ ޑޮލަރ ލިބޭނެ.