ކިންގް ޗާލްސް އާއި ރައީސް މުއިއްޒު ސަލާން ކުރައްވަނީ --- ފޮޓޯ/އިނގިރޭސި ޝާހީ އާއިލާ
17 ޖުލައި 2025 - 16:19
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރެއްވީ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގަ އެވެ.
ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިނގިރޭސި ވިލާތުގެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އިއްޔެ ވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސް މުއިއްޒާއި އިނގިރޭސި ރަސްގެފާނު ޗާލްސް މިއަދު ސަލާން ކުރައްވަނީ.
އެ ދަތުރުފުޅުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް ދަތުރުފުޅެއް މި ކުރައްވަނީ ރާއްޖޭގެ މިނިވަންކަމަށް މި ޖުލައި މަހުގެ 26 ގައި 60 އަހަރު ފުރޭ މުނާސަބަތުގެ އިތުރުން ރާއްޖެ އާއި އެ ގައުމާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ ވެސް 60 އަހަރު ފުރުމާ ދިމާކޮށެވެ. ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
18 July 2025
ދިވެހިރާއްޖެ އާއި އިގިރޭސިވިލާތާއި ސިޔާސީ ގުޅުން އުފެއްދީ 1887 ވަނަ އަހަރު. އެއީ، މީގެ 138 އަހަރު ކުރި. 1965 ވަނަ އަހަރު އުފެއްދީ ޑިޕްލޮމެޓިކު ގުޅުން. ބަލަ،، 1960-1964 ގައި ރާއްޖޭގައި އިގިރޭސީންގެ ސިޔާސީ އެޖެންޓެއް ހުރި. އޭނާގެ ނަމަކީ ހަމްފްރީ އާތިންޓަން-ޑޭވީ. އެއީ ސިޔާސީ ގުޅުމެއް ނޫންތަ؟ އަހުރެން އާތިންޓަން-ޑޭވީ ދެކޭ ހަނދާން އެބަހުރި. އޭނަ މަގޭ ގެޔަށްވެސް އައިސް އުޅުނު. ކަލޭމެން ކަންކަމުގެ އެކޮޅު މިކޮޅު ނުބަލާ ހަގީގަތާ ހިލާފު ވާހަކަ ނުލިޔެބަލަ.
ޕީއޯ
18 July 2025
ފަސްޓްލޭޑީ ނެތީމަ މިފޮޓޯ ފުރިހަމައެއްނޫން.
ރޯޔަލް ފޮލޯކްސް
18 July 2025
ގަނޑުވަރުގެ ކިބަޅި ފަރާތުން ކަލޯ ކޮން ވަޑާމެއް؟ މީ އިވެސްޓްކުރާނެ މީހަކުވޭތޯ. އާނ ލަސްނުކޮށް ފުރޭތޯ ބަލާތި. މިތާ ކުދީންކޮޅު މިހާރު ވަރަށް ނުސިޔާނު ވާނެ. މަމެންވެސް މިއުޅެނީ ނިކަން ދަތި ދުވަސްވަރެއްގަ. ގެއްލުނު ކަނޑު ފެނިއްޖެތަ؟ އާނ ހިތަދޫ ފުރަގަހުގަ އޮތްތަން ފެނިއްޖެ. އެވަރުކަމެކޭ ތީ. ބަލާނުލެވުނީދޯ! އެހެން ވެދާނެ. މަހަށް ދަންތަ؟ ނޫން މަސްޗެރިކަން ފުނޑާލާފީމު. އައްދޯއި ހިކިމަސްކޮޅެއްވެސް ނުލިބިނީ ތި ދެން. މަންމަ ރާނީ ކޮބާ؟ ނައްޓާލާފިއެއްނު ނޭގެދޯ
އައިމިނާ
17 July 2025
މިއޮއް ހުރިހާ ދުވަހު ހީކޮށްގެން ހުރީ ޗާލްސް ރައީސަށްވުރެ ދިގުވާނެ ކަމަށް.
އިބުރ
18 July 2025
ޗާލްސް ގެ އިސްކޮޅަކީ 5ފ10އ. މުއިއްޒުގެ އިސްކޮޅަކީ 6ފ. ދެއިންޗީގެ ތަފާތު ހާދަ ބޮޑުކޮންނޭ ފޮޓޯއިން ފެންނަނީ
ޗޫޤީ
17 July 2025
އަނހަ! ތިއޮތީ ދެވަނަ ދައުރު ޔަގީންވެފައެއްނު، ދެން މިކޮޅަށް އަންނަން އުޅޭ!
ވައްހާމް
17 July 2025
އެމްޑީޕީ ރައްޔިތުން މިދިޔަ ދައުރުގަ އަތާއި ފަޔާ ޖެހީ ބައިޑަން އާއި ސޮހޮލު ސަލާން ކޮށްގެން. އެއްވަރެއްގެ 2
މަހުލީމް
17 July 2025
އިބޫ އަށް ބައްދަލު ކުރެވުނީ ބައިޑަން އާ. އެއްކަހަލަ ދެ ގަމާރުން އެއީ
ޒައްމޫން
17 July 2025
މިއިން ދައްކުވައިދެނީ މި ސަރުކާރާއެކު އިނގިރޭސީ ވިލާތް އޮތީ ހިތްހަމަ ޖެހިފައިކަން.
ޒައިދާން މުހައްމަދު
17 July 2025
މިއީ ތާރީހީ އަދި ބޮޑު ފަހުރުވެރިކަމެއް. މިކަން ހަޖަމް ނުވެގެން ވެސް ބަޔަކު އެބަ ތެޅޭ
ލައްމާން
17 July 2025
އެމްޑީޕީން މިކަން ހަޖަމް ނުވެގެން ހާދަ ވަރެއް އެބަ ވެޔޭ.