އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭން މިނިސްޓަރު ވަނީ ގޮވާލައްވާފައި. -- ފޮޓޯ | މިހާރު
31 ޖުލައި 2025 - 00:03
ފަލަސްތީނުގެ ޣައްޒާގެ ކުދިން ބަނޑަށް މަރުވާތަން ބަލަން ނުތިބެ އެހީވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ޣައްޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާއި ރެޑްކްރެސެންޓް ފަދަ ޖަމާއަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ. ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް. ޣައްޒާއަށް އި ންސާނީ އެހީފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 30, 2025
ޣައްޒާގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ވަކާލާތުކުރަމުގެ އިތުރަށް ރާއްޖެ އިން އަންނަނީ ރެޑްކްރެސެންޓް ފަދަ ޖަމާއަތްތައް މެދުވެރިކޮށް އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ. އަދި އިޒްރޭލުގެ ޖަރީމާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދޭން ރާއްޖެ އިން އަންނަނީ ގޮވާލަމުންނެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސް ވެފައި ވާއިރު މިހާރު ވަނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރައިފަ އެވެ. އަދި ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
އިޒްރޭލުން ވަނީ މިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމާސް އިން ކަމަށް ބުނެ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްމަދީއަހްމަދު
31 July 2025
މިހާރުވެސް މިސްރާ ގާޒާއާ ގުޅޭ ބޯޑަރުގައި ބޭހާއި ކާނާ ފުރާލައިފާ އެތައްސަތޭކަ އުޅަނދެއް ގާޒާއަށް ނުވަދެވުފައިއެތިބީ. ޝަހީމު އެއުޅަނދުތައް ގާޒާ އަށް ވަދެވޭގޮތް ހައްދަވާދެއްވަންވީނޫންތޯ؟ އޭރުން އިރާދަކުރެއްވިއްޔާ އެމީހުން ބަނޑަށް މަރުނުވެ ކާބޯތަކެތި ލިބޭގޮތް ވާނެ. އަހަރެމެން ފޮނުވާއެއްޗެތި ފަސޭހަކަމާއެކު ގާޒާއަށްވެއްދޭނެތޯ؟
ރޔތމހ
31 July 2025
މާވާހަކަ ގިނަ ނުކޮށް އިޒްރޭލަށް އެބާރު ދޭ އެމެރިކާ އަދި ޖަރުމަނު ކަހަލަ ގައުމުތަކާ ގުޅުން ކަނޑާލަން ކެރޭނެތަ؟ ޢަފްގާނު މީހުންވެސް ބަނޑަކަށް ނުޖެހޭ މާތް ﷲ ކޮންމެވެސް ގޮތެއް މެދުވެރި ކުރައްވާނެ
އަށްކޮ
31 July 2025
މަކަރާއި ހީލަތުން އަނެއްކާވެސް ގައްޒާގެ މުސްލިމް އަޚުންގެ ނަމުގައި ފައިސާ ހޯދަންފަށާނީ. ޣައްޒާގެ ވާހަކަ އަޑުގަދަކޮއް ދެއްކުން މީވެސް ސިޔާސީ ހަތިޔާރެއް. ބަޑަށް ތިބި މުސްލިމުން ތިއްބާ އެއަރޕޯޓަށް އެތަކެއް މިލިއަން ރުފިޔާއެއް އަންދާލީ. ޔަޙޫދީންގެ ސިފައިން މިގައުމުގެ ސަރުކާރު އަމަލުކުރާއިރު މީކީ އެއްވެސް ރަޙުމެއް އޮވެގެން ދައްކާނެ ވާހަކައެއް ނޫން. ފޮޓޯވެސް ޕޯސްޓްތައްވެސް ފެންނާނެ. ޔަހޫދީން މީޑިއާ ތައްބޭނުން ކުރާގޮތައް މިކަން ފެނާނީ
ށސ11
31 July 2025
ކޮންބަޔަކުތޯ އެމީހުން ބަނޑަށް ޖައްސައިގެން ކާއެތިކޮޅު ނުވައއދާ ހިފަހައްޓަނީ؟! އެމެރިކާޢާއި އިޒުރޭލޭ ކިޔުނު ބައިގަނޑުގެ ނަން ބުނެލަން ނުކެރުނު.
ވާންޗޯ
31 July 2025
ކޮސް އަގަތަލާ މީހެއް މީ، އިގޭ ދޯ ކާއެއްޗެތި ނުވަދާގެން މި އުޅެނީ، އަދިވެސް ޑިމޮކްރަސީ ގޮތައް އުޅޭތޯބަލާ
ޕޯޑިއަމް ރެސިސްޓަންސް
31 July 2025
ޕޯޑިއަމްތަކުގައި ކިޔަކަސް ކަމެއް ނުވާތީދޯ 60 ހާސް މީހުން އެ މަރުވީ؟ ޢެކަމާ ޢަމަލީ ގޮތުން ކޮންކަމެއްތޯ ކުރެއްވީ؟
އަފްރާސިޔާބު
31 July 2025
އަރަބީން ކައިގެންތިބިއްޔާ ފަލަސްތީނު މީހުންވެސް ތިބޭނީ ކައިގެން ބޮއިގެން.
ތާކިހާ
31 July 2025
އެމެރިކާގެ އިމިހުރޭޝަން ބްލެކް ލިސްޓުގަ ނަން އިން މީހެއް ރާއްޖޭގެ ކެބިނެޓް މިނިސްޓަރަކައް.
އަޅެ
31 July 2025
ރާއްޖޭގެ މިނިސްޓަރުކަން ދޭން ބަލަން ޖެހޭ ސަރުތެއްތަ އެއީ އެމެރިކާ ލިސްޓުގަ އޮތް ތޯ ބެލުން. ހަމަނުޖެހޭ ވާހަކަ ތިޔަ ދައްކަނީ
ލޮޑަޕްސީ
31 July 2025
ފަޓާސް ނާރުވާ 6 މިލިޔަން ލޮޑަރު ގަޒާ އަށް ފޮނުވުނު ނަމަ ކޮން ފަދަ ތޯ!
ހީހީ ލަބޫބޫ
31 July 2025
ދިވެހިން ބަނޑަށްޖެހިއްޖާ ގާދޫކޮލުން ވަންނަން ރެޑީކޮށްފަހުރި އަރަބިންގެ ބޯޓްތައް އެދިމާލަށް ފޮނުވާލަދޭ އެދިލައްވާ.
މަބުނީ
31 July 2025
އެހީދިނަސް އެތެރެކުރެވޭނެގޮތެއްނެތީ. ލޮރީތައްކިއުގަ ކާތަކެތި ހަލާކުވާހިސާބުގަ. ފުރަތަމަ ބަލަންވީ އެހީވެއްދޭނެގޮތެއްވޭތޯ.