ރައީސް މުއިއްޒު: މިހާރު ހުންނެވީ ސިންގަޕޫރުގައި.---ފޮޓޯ: ރައީސް އޮފީސް
31 ޖުލައި 2025 - 08:46
ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ވަޑައިގެންފި އެވެ.
އެއީ އަމިއްލަ ދަތުރުފުޅަކަށް ވާތީ ފެށުނީއްސުރެ އަމަލު ކުރަމުން އަންނަ އުސޫލުގެ މަތިން އެ ދަތުރުފުޅުގެ ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ މަހުގެ 29 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފަ އެވެ.
އެ ދަތުރުފުޅަށް ފަހު ރައީސް ވިދާޅުވެފައި ވަނީ އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
01 August 2025
ވެރިކަމަށް އަރާކޮންމެމީހަކު އިރުއިރުކޮޅާ ސިންގަޕޫރަށް ދާން މިޖެހެނީ އަޅެކީއްވެތަ؟!
ޖައުފަރްް
01 August 2025
ބައްލަވާ ޗުއްޓީއެއް ނުނަންގަވާ ރެޔާ ދުވާލު ރައްޔިތުންގެ ހިދުމަތުގަ ރައީސް މުއިއްޒު އެތަށް ދުވަހެއް ވަންދެން އުޅުއްވާފައި އެވަޑައިގެންނެވީ ޗުއްޓީއަކަށް. މިކަންވެސް ދެން ބޮޑުކަމަކަށް ހަދާ.
ސަމހ
31 July 2025
ނިޔާމަ ފުރިހަމަ ދަތުރަކަށް އެދެން
ފަޚުރޭމީ
31 July 2025
ވެރިކަމަށް އައިފަހުން ރާއްޖޭން ބޭރަށް ކިތައް ދަތުރު ކޮށްފިތޯ؟ ރަސްމީއެއް ނުރަސްމީއެއް ކިޔާނެކަމެއްނެތް. މަ ހިތަށް އަރާ މި ނޫސްވެރިން މިކަމުގެ ލިސްޓެއްހަދާ ނޫހުގައި ޝާއިޢު ކުރާނެ ނަމައޭ. މީ ދެން ބޮޑުވަރެއް. ދުނިޔޭގެ ރެކޯޑު ފޮތުން މިހާރުވެސް އޮންނާނީ ޖާގަ ކަށަވަރުވެފައި. އެންމެ ގިނަ ދަތުރުކުރި ޕްރެޒިޑެންޓަކަށް ދަ ރިޕަބްލިކް އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް.
ޒިޔާނ
31 July 2025
ރައީސުންނަށްވެސް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ޙައްޤު ލިބިގެންވެއެވެ - ލީޑަރޝިޕް މާނައަކީ އިންސާނިއްޔަތުކަން ޤުރުބާންކުރުމެއް ނޫނެވެ.
ޗުއްޓީ ރައީސް
31 July 2025
އެކަމު މަހަކު ދެކޮޅު ސިންގަޕޫރަށް ދިޔުން އެއީ ބޮޑުވަރު!!
ޒީނިޔާާ
01 August 2025
ކޮން އިރަކު މަހު ދެކޮޅު ސިންގަޕޫރަށް ދިޔައީ. ފެކްޓް ޗެކްކޮށްފަ ވާހަކަ ދައްކަބަލަ. އަނގައެއް އޮތިޔާ ވާހަކަދެއްކިދާނެ.
ޔާމީން އަލީ
31 July 2025
އަމިއްލަ ނަފްސު އާރާސްތުކުރުމަށް ވަގުތު ނަގަން ޖެހޭ ވަގުތު އެނގުމަކީ ބާރުވެރިކަމެކެވެ
ކޮވެލި
31 July 2025
އަރާމާ ބޭސްފަރުވާ ބޭނުންވާނެ ރައީސަށްވެސް. އެއީ މުޅިއަހަރު 24 ގަޑިއިރު އަދާކުރަން ޖެހޭ ވަޒީފާއެއް.
ޖައިލަމު
31 July 2025
އުފާވެރި ޗުއްޓީއަކައް އެދެން
ދުނިޔޭގެ ނޮންރެޒިޑެންސް ސަފީރު
31 July 2025
މަށަށް ފެންނަނީ ދިވެހި ރައްޔިތުން ވެގެން މި ބޭފުޅާ ޔޫރަޕުގެ ސަފީރަކަށް ބަދަލުކުރަން. މީކީ ވެރިކަމުގަ ބެހެއްޓޭ ވަރުގެ ބައެއް ނޫން. ހުރިހާ ރިސޯޓުތަކުން މުސާރައެއް ދީފަ ޔޫރަޕުގަ ޓޫރިޒަމާ ފޮރިން އިންވެޓްމަންޓް ކުރިއަރުވަން ޔޫރަޕުގަ ބަހައްޓާފަ ދުނިޔޭގެ ނޮންރެސިޑެންސް ސަފީރުކަން ހަވާލުކުރަންވީ. އެމްޑީޕީ މަޖްލީސް މެމްބަރުން މިކަން މަޖްލީހަށް ހުށަހަޅާ ދީބަލަ. ދެފައި ގައުމުގަ ހަރުނުލާ ރައީސެއް ގެންގުޅެވޭކަށް ނެތް ދެނެއް. އަނގަޔާ އަތާ ދިމާނުވެގެން މިއުޅެނީ
ރާހިލް
31 July 2025
ބަލަ ބޭރަށް ރައީސް ދަނީކީ އަޗާތަޅާކަށް ނޫނޭ. މި ގައުމާ ރައްޔިތުންނަށް ފައިދާކުރަނިވި ކޮންމެވެސް ކަމެއް ވޭތޯ އެދަނީ
ޖައިޝަމު ސލޑ
31 July 2025
ރަނގަޅު ރައްޔިތުން އައް ހިދުމަތް ވާވަރައް ދީފަ ބޯހަމަ ޖައްސާލަންވެސް ވާނެ.
މަރިއްކޮ
31 July 2025
ތިވަރަށް ތިޔަ ރައީސް ދަތުރުކުރަންޏާ ކިހިނެއް ގައުމު ހިންގާނީ. އަމިއްލަ ދަތުރަކަށް ވިޔަސް ރައްޔިތުންގެ ޓެކްސްފައިސާ އިސްރާފުވޭ. ދެ ނޭވާއެއްގެ ދެމެދު ދަތުތެއް. މަހަކު ދަތުރެއް. މިއީ މައިންބައިންގެ އަމިއްލަ ތަރިކައެއް ނޫން. ރައްޔިތުން ހަނާވާއިރު އިސްރާފު ކުޑަކުރަންޖެހޭ.
ޝާހިލްް
31 July 2025
ރައީސްގެ އަމިއްލަ ދަތުރުފުޅުގަ މިދަނީކީ ރައްޔިތުންގެ ލާރިއަކުން ނޫން. އަމިއްލަ ލާރި ހަރަދުކޮށްގެން އެދަނީ އެހެން ރައީސުންނާއި ހިލާފަށް. އެވާހަކަ ބުނެލީ