"އުންމަތް ފަލަސްތީނާ އެކު" ނަމުގައި މީގެ ކުރިން މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގައި ބައިވެރިވި ގިނަ އަދަދެއްގެ އަންހެނުން މަޖީދީމަގުން ކުރިއަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
31 ޖުލައި 2025 - 14:37
"ޣައްޒާ ބަނޑަށް މަރުވަނީ" ގެ ނަމުގައި މާދަމާ ހާއްސަ ހަރަކާތެއް މާލޭގައި ބާއްވަން އިސްރާ އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެ އެސޯސިއޭޝަނުން މިއަދު ބުނީ އެއީ އަންހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ "ހިމޭން އިހުތިޖާޖެއް" ކަމަށެވެ.
މާދަމާގެ ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުގައި ބާއްވާ އެ އިހުތިޖާޖުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްރާ އެސޯސިއޭޝަނުން އެދެ އެވެ.
އިޒްރޭލު ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 60،000 އަށް ވަނީ އަރައިފަ އެވެ.
ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ހަމަލާދޭތާ ދެ އަހަރުވާން ކައިރިވެފައި ވާއިރު ހައިހޫނުކަން ވަނީ މިއިން ދުވަހަކު ގޯސްނުވާ ވަރަށް މިހާރު ގޯސްވެފަ އެވެ. އދ. އިން ބުނެފައި ވަނީ ކާބޯތަކެތި ހޯދަން މީހުން ދާ، އެހީގެ މަރުކަޒުތަކުގެ ކައިރީ އެކަނި ވެސް އިޒްރޭލުން ހާހަކަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްފައިވާ ކަމަށެވެ.
ގާޒާ އިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެ ތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ކާޑުބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 130 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 85 ކުޑަކުދިން ހިމެނެ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބެގެ އަލީ
01 August 2025
ކައިރީގައި ތިބި އަރަބި ގައުމުތައް އެތިބީ ކުޅި ބަލަން ހަބޭހައް ކައިގެން... ތިހާ ގަޓް ހުރިއްޔާ އެންމެ ފަހަރަކު ސައުދީ އަރަބިއްޔާ ބޮއިކަޓް ކޮއްބަލަ.. އެތަނައް މަހަކު ހަތަރު ފަހަރު ގޮސް ލާރިތައް އޮއްސަންވީމަ އޯކޭދޯ. އެމީހުން އެ ހަރަދު ކުރަނީ ޔަހޫދީ އެމެރިކާއަށް އަދި އިޒުރޭލައް
ޙަސަންބެގެ އަލީ
01 August 2025
ވަށައިގެން ތިބި އަރަބި ގައުމުތައް ކުޅި ބަލަން ތިއްބާ.. ރާއްޖޭގައި މިޒާހަރާ ކުރީމަ ކާންދެވޭތަ.. ގަޓް ހުރިއްޔާ ސައުދީ ބޮއިކަޓް ކޮއްބަލަ
ފޫހިވެގެން
31 July 2025
ތި ހިމޭން އެއްވުން ނިންމާލާފައި ކޮކާކޯލާ ބޯން ދާންވާނެ އޭރުން ތި މުޒާހަރާގެ ފައިދާ ގައްޒާ ރައްޔިތުންނަށް އެންމެ ފުރިހަމަޔަށް ލިބޭނީ
ދޮހޮއްތު
31 July 2025
ވަށައިގެން ތިބި އަރަބިންނައް ނުކުރާ ބާރެއް މި ކުރަނީ ކީއްވެތޭ …އެއަރަބި އިސްލާމީ ގައމުތަކުން ބޭނުމިއްޔާ މާދަންވެސް އެމީހުން ތިބޭނީ ކައިގެން ..
ރަދީފްއޮފިޝަލް / ނިދުން
01 August 2025
ހުކުރު ހުތުބާގަ ވަރަށް ގިނައިން ތަކުރާރުކޮށް ހަނދާންކޮށްދޭ ވާހަކަތަކެއްގެ މަތިން ދޮހޮއްތު ހަނދާން ނެތިފަ ހުރެ ކުރި ކޮމެންޓެއް ދޯ.ހުކުރަށް ގޮސް ނިދަނީތަ؟؟ ލަދު ކޮބާ؟؟ ވ.ވެދުން
އެޗް އެމް
31 July 2025
ތަފާތުތަކަށް އިޚްތިރާމްކޮށް ތަޅައިފޮޅު.މަށް ހިތްވަރު ނުދީ، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ވެރި ނުވެ އެކީގައި ދިރިއުޅެން ތަރުބިއްޔަތު ދެވޭ ނަމަ ތިޔަބާވަތުގެ ހިތާމަވެރި މަންޒަރުތަށް މަދުވީސ. ބިމާއި މުދަލަކީ ބައެއް ހާލަތުގަ ފުރާނަޔަށްވުރެ އިސްކުރުން ލާޒިމު ތަކެއްޗަށްވޭ.، އަނެއްބައި ހާލަތުގަ ހަމަ އެތަކެއްޗަކީ ދުނިޔަވީ އެދުމަށްވެ މަގު އޮޅޭ ތަކެއްޗަށް ބަދުލުވޭ.
ރަނގަޅަށް ކިޔާ
31 July 2025
މަރުވަނީއެއް ނޫން މަރަނީ އިޒުރޭލާ އެމެރިކާ ގުޅިގެން މަރަނީ!
ފަހީމި
31 July 2025
އަރަބިން އެތިބި ވަޅި ހަނުލަދޭން