ނ. އަތޮޅު ކައުންސިލްގެ ރައީސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ބަޝީރު.
02 އޯގަސްޓް 2025 - 09:23
ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ހޯއްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސުވާލުތަކަށް، ނ. އަތޮޅު ކައުންސިލުން ރުންކުރު ޖަވާބެއް ދީފި އެވެ.
އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ، ފަންގިވިނުމާއި ރޯނު ވެށުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމަކަށް ވުމާއި އަދި ރާއްޖޭގައި މިހާރު އެ މަސައްކަތް ކުރާ މިންވަރާއި އެކަން ދިރުވައި އާލާކުރާކުރުމަށް ކުރެވޭނެ ކަންކަމާ މެދު މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، މިދިޔަ މަހުގެ 20 ވަނަ ދުވަހު ފޮނުއްވި ސިޓީގައި ކުޑޫ އެދިވަޑައިގަތީ އެ އަތޮޅުގައި ފަންގިވިނެ/ރޯނު ވަށާ ރަށްރަށުގެ ތަފްސީލު އަދި ފަންގި/ރޯނު ވިއްކުމުގައި ހުންނަ މައިގަނޑު ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ވީ އެންމެ އަވަހަކަށް ހިއްސާކޮށްދެއްވުމަށެވެ.
އެ ސުވާލުތަކަށް، އޭގެ ހަތަރު ދުވަސް ފަހުން ދެއްވި ޖަވާބުގައި ބަޝީރު ފުރަތަމަ ވެސް ވިދާޅުވީ ކުޑޫ އެ މައުލޫމާތު ހޯއްދަވާފައިވާތީ ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންފައިވާ ކަމަށެވެ.
he rly thought he finessed. this is embarrassing and pathetic. The Atoll Council is not your personal platform, nor does it exist to represent only your views. How dare you address a government official using the Council’s letterhead for your own agenda?
— Ajuwadh Ameen 🇵🇸 (@ajjuwaddh) August 1, 2025
އޭގެ ސަބަބަކީ، ބަޝީރުގެ ސިޓީގައިވާ ގޮތުން ކުޑޫއަކީ އެމްޑީޕީގެ މަޖިލިސް މެމްބަރަކަށްވުން އަދި އެ ޕާޓީގެ ކަމަކާ ގުޅޭ ސިޔާސަތެއް އޮތްކަން ނުވަތަ ނެތްކަން އެނގިވަޑައިނުގަތުމެވެ.
މަލްޓި ޕާޓީ ނިޒާމެއްގައި އެ މައުލޫމާތު ހޯއްދަވައިގެން ވެސް ކުޑޫ އަށް ކުރެއްވޭނެ ކަމަކީ ކޮބައިތޯ، އެމްޑީޕީގެ ޓިކެޓުގައި އެ މަގާމަށް އިންތިހާބުވެވަޑައިގެން އަދި ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންނެވި ބަޝީރު ސުވާލު އުފެއްދެވި އެވެ.
ބަޝީރު ވިދާޅުވިގޮތުގައި، އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ހުރިހާ ފަޅުރަށެއް "ވިއްކާފައިވާތީ" ރޯނު ހޯދުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ.
"ފަނާއި ރޯނަކީ ދިވެހި ރުކުން ލިބޭ ތަކެތީގެ އުފެއްދުންތަކެކެވެ. ފަން ބޮނޑި ހޯދަނީ ފަޅު ރަށްރަށުންނެވެ. މިހާރު ރުއް ހުރީ ފަޅު ރަށްރަށުގަ އެވެ. ހުރިހާ ފަޅު ރަށެއް ދިގު މުއްދަތެއް އެމްޑީޕީ ސަރުކާރުން ވިއްކާތީ ހުއްޓާލުމަށް އެދުނީ މިފަދަ ވަސީލަތްތައް ރައްޔިތުންނަށް ގެއްލިދާތީ އެވެ. ރަށްރަށް ވިއްކަމުން ދިޔައީ ވަގަށް ސިއްރުންނެވެ،" ސޯޝަލް މީޑިއާގައި ބަޝީރު އަމިއްލަ ހިއްސާކުރި ސިޓީގައިވެ އެވެ.
"އެ ރަށްރަށުގައީ ހުރީ ކިތައް ރުއްތޯ، އޭގެން ކައިގެން ބޮއިގެން އުޅެނީ ކިތައް ރައްޔިތުންތޯ ބެލުމެއް ނެތި އެ ރަށްރަށް، ގުދުރަތީ ވަސީލަތްތައް ވިއްކާ ހުސްކޮށްފައި، ދިމާވާ ދަތީގެ ވާހަކަ ނޭއްސެވުން އެދެމެވެ. ޖަވާބު އެނގިލައްވާނެ އެވެ،"
ބަޝީރުގެ އެ ޖަވާބާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. އެއާ އެކު، އެ މައްސަލަ ބެލުމަށް އެލްޖީއޭއަށް ގޮވާލާފައިވެ އެވެ.
އަޖުވަދު އަމީން ނަމަކަށް ކިޔާ މީހަކު، ބަޝީރަށް ދިން ރައްދުގައި ބުނީ އަތޮޅު ކައުންސިލްގެ ޕްލެޓްފޯމަކީ ބަޝީރުގެ އަމިއްލަ މަސައްކަތްކުރުމަށް އޮތް ތަނެއް ނޫން ކަމަށެވެ. އަދި އެއީ ލަދުވެތި ޖަވާބެއް ކަމަށް އޭނާ ބުންޏެވެ.
"ކައުންސިލްގެ ލެޓަހެޑުގައި އަމިއްލަ އެޖެންޑާ އިސްކޮށް، ސަރުކާރުގެ އޮފިޝަލަކާ ތި ގޮތަށް މުހާތަބުކުރުމަކީ ހިތާމަހުރި ކަމެއް،" އަޖުވަދުގެ ޕޯސްޓުގައިވެ އެވެ.
މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހާރޫން ވެސް ވިދާޅުވީ ނ. އަތޮޅުގެ ރައްޔިތުންނަކީ އެ އަށް ވުރެ އަހުލާގު ރަނގަޅު ބައެއް ކަމަށެވެ.
"އަތޮޅު ކައުންސިލް ލެޓަހެޑް ބޭނުންކުރަން ވާނީ ރައްޔިތުން ތަމްސީލުކުރުމުގައި. މިއީ ދެރަވަރު،" ހާރޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫހު އިސްމާޅު
04 August 2025
ލަދުން ބޯހަލާކޭ، މި ބައްޓޭއަށް ސްކޫލުކުދިންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ޝަރަފުވެރިމެހެމާނަކަށް ނ.އަތޮޅު މަދަރުސާއިން ދައުވަތު ދީގެން ގަޑިޖެހި 1 ގަޑިއިރު ވީއިރުވެސް ނައިސްގެން އެންމެ ފަހުން އަތޮޅު ކައުންސިލަށް ގޮސްގެން ގޮވަން ޖެހުނީ، ހެނދުނު 8 ޖެހިއިރު އޮތް ޖަލްސާ ފެށުނީ 9:30ގަ، އަދި ޖަލްސާގައި ސްކޫލު ކުދިންނާ މުހާތަބުކޮށް ވާހަކަ ދައްކާގޮތުން ބެލެނިވެރިން ތިބެން ޖެހެނީ ލަދުން ބޯހިއްލާލަން ނުކެރި
ހަބިއްތަ
07 August 2025
ވާހަކަ ދައްކަން އެރުވީމަ ގަޑި ދެގަޑި ފަހުން ފައިބަނީ ވެސް..ބޯ ހަލާކު
ފދފފ
03 August 2025
ކައުންސިލަރުގެ ޖަވާބު ގޯހެއްނޫން.
ޙަހަ
03 August 2025
ބާސީރުގެ ވާހަކަ މުޅިޔަކުން ގޯހެއްނޫން..ބާ ހިބަޅިދޫ ވެސް އެއީ ތިހެން ދަރަވަންދޫ ބާ މާޅޮހުމީހުން ފަންވިޔެ ރޯނުވަށާ ކަންކުރި ރަށެއް މާޅޮހުގެ އިސޯސް ތެރޭ އޮތް ރައްށެއް..މަދު މަހުޖަނުން ތަކެއް ގެ މަންފާޔާ ވިއްކާލި..މިހާރު ވެސް ބާ އަތޮޅުގަ ރިސޯޓް ތައް ނެތިގެން ތައް ރައްޔުތުން ނަށް އަސާސި ހުދުމައްތަށް ނުދެވެނި..މީ ވަގުން ގެ ގައުމެއް ..އެބަޔަކަށް ބާރުލިބޭ ވަގުތު ކާއި ހުސްކޮއްލާނެ..ވެރިކަމުން ފޭބިމާ ހައްގު ތަށް ވަރައް ފެންނާނެ.
އަލިމަނިކާ
03 August 2025
ނ ކައުންސިލުން އެދިނީ މިވަގުތަށް މަޖިލިސް މެންބަރަކަށް ދޭންޖެހޭ ފުރިިހަމަ ޖަވާބު. ދެން ރައްޔިތުންގެ މަޖިލިސް މެންބަރެކޭބުނެ ހައުޑެއާ ބައުޑެއަށްގޮވާ ރުޅިގަދަކުރުމަކީ ފިޑިކަމެއް. ފުރަތަމަ ރައްޔިތުންގެ މެންބަރުންނަށް ފަންގިވިނުމާއި ރޯނުވެށުމާއި ރާވެރިކަމާއި ފަރުހިލުން ރާއްޖޭގައި އޮތީ ކިހާވަރަކަށްކަން ނޭގި ތިބުމަކީ ދެރަކަމެއް.އަމުދުން އެބުނާހެން އެމްޑީޕީ ސަރުކާރުން ރާއްޖެގެ ފަޅުރަށްތައް ބޮޑުސްކޭމެއް ހިންގިކަން ނޭގުމަކީ ޖޯކެއް.ފުރަތަމަ އެކަން ބަލަންވީ
ޒޭންސު
03 August 2025
ބައްޓޭ ހަބޭސް
ޗަކް
02 August 2025
ކުޑޫއަކީ ކޮން ސަރުކާރު އޮފިޝަލެއްތަ؟
ސަޅި
02 August 2025
ބައްޓޭ ހަބޭސް. ފިލްޓަރ އެއް ނެތި ކަން އޮތް ގޮތަށް ބުނެދެއްވީ.
މިސްބެ
02 August 2025
ފަޅުރައްތައް ސިއްރުސިއްރުން ވިއްކާ ހުސްކުރާއިރު މިކަމައް އެއްޗެކޭ ބުނާނެ މީހުން އެހާ މަދީ ކީއްވެބާއޭ ހިތައް އަރައެވެ. ހުރިހާ މޮޅެއް ސިޔާސީ މީހުންނަށެވެ.
ކަނބިލި
02 August 2025
މިއީ ނ. ސަރުކާރު ހަދައިގެން އުޅޭ ބޭކަލެއް. ތިމާ ޕާޓީ ނޫން ޕާޓީއެއް ވެރިކަމުގައި އޮތް ނަމަ އޮންނާނީ ފުރައްސާރަކުރުން. ގޮފޮޅުކަން ބޮޑުކަމުން ސަރުކާރާއި ދައުލަތް ވަކިކުރަންނޭގޭ. ހުރިހާ އެއްޗަކީ ވެސް ތިމާގެ ޕާޓީއާއި ފިކުރު. ރައްޔިތުން ހޮވީ ޕާޓީގެ ހަލާކުކުރަނިވި ފިކުރުގެ އަޅަކަށް ވެގެން އުޅެންބާ؟ ނަންނަމުގައި ކުންފުނިތައް ހަދައިގެން ޖީބަށް ބޮޑުކުރުން ނޫން ކަމެއް ނުކުރެވޭ. ސަރުކާރަކުން ވެސް އަޚައެއް ނުލާ. އެބަޔަކު ހިތުހުރި ގޮތަކަށް އުޅެންވީ.
ޢޭކޭ
02 August 2025
ޢަހަރެން ބައްޓޭ އަށް ތާއީދު، ތިމަ ތިމާމެންނަށް އާރާއިބާރު ލިބުނީމަ ހުރިހާ ރަށެއް ވިއްކާފަ ޖެއްސުން ކުރާފާޑަށް އޮންނާނީ ވިއްކާފައޭ ބުނާ ގޮތައް، މާ ހެޔޮ އެދޭ ކަން ދެއްކެން ވެގެން އުޅޭނެ ކަމެއް ނެތް... ބައްޓެ އެބުނީ ހެޔޮކޮށް. ޢެގޭނެ، އެގެންވެސް ވާނެ... ކަމެއް ކުރުމުގެ ކުރިން އޭގެން ނުކުންނާނެ ނަތީޖާ އަކާއި ގުޅޭ ގޮތުން ވިސްނާނީ. ވަގުތު ފާއިތުވީމަ އެވާހަކަ ނުދައްކާ...