ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރު: މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބާއްވަނީ އެ ރަށުގައި.-- ފޮޓޯ: މިހާރު
06 އޯގަސްޓް 2025 - 12:09
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބާއްވަން ސަރުކާރުން އިއުލާންކޮށްފި އެވެ.
މިއަހަރާއި އަންނަ އަހަރުގެ ގައުމީ ދުވަސް އުތީމުގައި ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ. މީގެކުރިން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަބަދުވެސް ބާއްވަނީ މާލޭގަ އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އާއި ދިދަ ނެގުމުގެ ރަސްމިއްޔާތު އުތީމުގައި ބޭއްވުމަށް އިވެންޓް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.
ގައުމީ ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. މިއަހަރުގެ މީލާދީ އަހަރުގެ ކަލަންޑަރުން އެ ދުވަސް ދިމާވަނީ މި މަހުގެ 24 ވަނަ ދުވަހާ އެވެ.
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެއްވި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އުތީމަކީ ބޮޑު ތަކުރުފާނުގެ އުފަން ރަށެވެ.
މުހައްމަދު ތަކުރުފާނަކީ އުތީމު ހުސައިން ހަތީބުގެ ހަތަރު ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރަކީ އެ ހަތަރު ބެއިންގެ އާއިލީ ގެކޮޅެވެ.
އެ ގެކޮޅަށް ތާރީހީ ގޮތުންނާއި ގައުމީ ގޮތުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެނީ އެ ތަކުރުފާނުގެ ތިން ބޭކަލުން ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި ކާމިޔާބު ޖިހާދުގެ ސަބަބުންނެވެ. އެއީ މުހައްމަދު ތަކުރުފާނުގެ އިތުރުން ހަސަން ތަކުރުފާނު އަދި އަލި ތަކުރުފާނުގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެލި
06 August 2025
ހެޕީ ކޮށްދޭންތޯ؟
ގައި މީ
06 August 2025
ގައުމީ ދުވަހުގެ ޖަލްސާގައި އާދަނު ހުންނަންވާނީ ގައުމީ ހެދުމުގައި، މުންދާއި ތާކިހާ ކޮޅުގައި. އޭރުން ގައިމީ ވާނީ
ސަލީމް ހރ
06 August 2025
އިވެންޓް މެނޭޒް ކުރާނެ ފަރާތެއް ތިޔަ ހޯދާނީ އާދަނުގެ މިނިސްޓްރީން މުވައްޒަފުން މަދީތަ. އެތައް މިލިޔަން މަހަކު ހަރަދުކުރާ ސިޔާސީ މުވައްޒަފުން އަދަދު ނޭގޭ ވަރަށް. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގައި އުޅެނީ ކަންނެތް ސިޔާސީ މުވައްޒަފުން ދެއްތޯ
ހޯރަ ސަލް
06 August 2025
ވަރަށް ރަނގަޅު ވާހަކައެއް. އެހެންބަޔަކަށް ލާރިދީގެން މަސައްކަތްކުރަންވީ. ރީތި ނަން މިނިސްޓްރީގެ މުވައްޒަފުންނަށް.
ސާލިމްބެ
06 August 2025
ތިކަން މިނިސްޓްރީގެ މީހުންނަށް ކުރެވޭނެ. ސިޔާސީ މަގާމް ތަކުގައި 60 އަށްވުރެ ގިނަ މީހުން. އިވެންޓް ބާއްވަންވީ ފައިސާ ދީގެން އެހެން ބައެއް. ގައިމިއްޔަތާބެހޭ މިނިސްތްރީގެ ސިޔާސީމީހުންނަށް ތިކަން ނުކުރެވޭނަމަ މަގާމުތަކުން ވަކިކުރޭ. ގޮޑީ މޭޒުނެތި އެތައް ބަޔެއް
އާކިފް
06 August 2025
އިވެންޓް މެނޭޒް ކުރާނެ ފަރާތެއް ތިޔަ ހޯދާނީ ކޮރަޕްޝަނަށް މަގުފަހި ކުރަންތަ؟ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގައި އަދަދުނޭގޭ ވަރަށް ސިޔާސީ މުވައްޒަފުން އެބަތިބި. އެމީހުންގެ ދައުރެއް ނޫންތަ އެއީ.
ދިއްދޫމީހާ
06 August 2025
އަނެއްކާ އަނެއް އިވެންޓް މެނޭޒް ކުރާނެ ފަރާތެއް ތިޔަ ހޯދާނީ ކޮރަޕްޝަންއަކީ ޤައުމީ ކުޅިވަރަކަށް ހަދަންތޯ؟؟
ހަރަދު
06 August 2025
އެއިރުން އެންމެ ހަރަދު ކުޑަވާނީ! ތީ ތިބާއްވާ ޖައްވުގަ.
ވޯރި
06 August 2025
ހުރިހާ ހާއްސަ ދުވަހެއް މިއޮންނަނީ މާލޭގަ ބާއްވަންޖެހޭގޮތައް ސަގާފަތެއް އަށަގަނުވާފަ. އެކަން ބަދަލުކޮށް އަތޮޅުތަކަށްވެސް ހާއްސަދުވަސް ފާހަގަކުރަން ނިންމެވީތީ އަދުގެ ރައީސައް ޝުކުރު. މީގެ ކުރިން ނަޝީދުވެރިކަމުގަ ސާކުސަމިޓު އައްޑޫގަ ބޭއްވި އެކަމް ދެންއައި ސަރުކާރުތަކުން އަހަމިއްޔަތު ދެމުންއައީ މާލެ ސަރަހައްދައް އެކަނި.