ރައީސް ޑރ. މުހައްމަދު މުއިއްޒު ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ
12 އޯގަސްޓް 2025 - 23:28
ބ. ފުޅަދޫއާ އެއް ފަޅެއްގައި އޮންނަ އިންނަފުށިން ލިބޭ އާމްދަނީ އެ ރަށު ކައުންސިލަށް ލިބޭނެ ގޮތަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހިފައިވާ ކަމަށެވެ.
އެރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށަކަށް ވާއިރު، އެރަށަށް ޒިޔާރަތްކުރާ މީހުން ތިބުމަށް ދަތިވެފައިވާ ކަމަށް ރައީސް ވުދާޅުވި އެވެ.
"ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެއް. ރަށުގަ ރައްޔިތުން އަދި ކައުންސިލުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް މި ރަށާ ވަރަށް ކައިރީގައި އޮންނަ އިންނަފުށިން ލިބޭ ނަފާ ކައުންސިލަށް ލިބޭ ގޮތަށް ހަދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅަށް ފަހު އެ ރަށުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
13 August 2025
ރައީސް އެވިދާލުވަނީ ކީކޭތޯ ލޯކަލު ޓުއަރިޒަމް ފުޅާވެގެން ރަށައް މީހުނައް އަރައްދަތިވަނިއޭތޯ؟ ލޯކަލު ޓުއަރިޒަމު އޮތް ރައްތަކައް ދަރުކުރަން ފަސޭހަވެފަ ތިބެވޭނެގޮތް ފަސޭހައީ މީއަޅުގަނޑުގެ ތަޖުރިބާ
ބްލޮކްގްރާންޓް
13 August 2025
ދޮންފަނުގެ އިހްތިޞާޞް ތެރޭގައި އޮންނަ ހަނިފަރަށް ދޮންފަނު ރައްޔިތުންނަށް ގޮސް އަރާފޭބޭނެ ވާހަކަ ކައުންސިލްގެ އިޢުލާނަކުން އާންމުކުރި. އެކަމަކު މިހާރު އެކަންވީ ހަވީރުސައި ހަވީރުސަޔަކަށްނޫން. ކައުންސިލް އޮތީ ބޮލަށްތެޔޮއަރާ ބޮލުރޮދިކެނޑި އެއްގޯސްވެފަ. ރައީސުލްޖުމްހޫރިއްޔާ މިކަން ރަނގަޅުކޮށްދެއްވައިފިއްޔާ ވަރަށް ޝުކުރުވެރިވާނަން
ހުސް އަނގަ
13 August 2025
އާބާދީ 150 ހަމްވޭބާ.
22222އެ
13 August 2025
ކަލޯ ޕެލެސްގައި އޮންނަ ދުވަހަކުްން މަދާނަށް އެއީ ހައްގު އެއްޗެއްތޯ ބަލަން. އާބާދީގެ އަެކަކު ހުއްޓަސް އެއީ އެމީހުންގެ ތަނެއް. އެތަނުން ލިބޭ ފައިދާއެއްގެ އެންމެ ހައްގުވެރި ބަޔަކީ އެމީހުން. މިތާ ކީބޯޑްގައި ތަޅާ ބައެއް ނޫނ.
ވިލްސް
13 August 2025
ތިޖަލްސާގަ ތިބީ ގިނައިން ރަށުން ބޭރުން އެރި މީހުން.
ޥެލާބިސްކިށްޓާ
13 August 2025
ކަލޯ އެއްކަމެއްވެސް ނުވާނެ.
ޥަލާން
13 August 2025
ފުޅަދޫގަ ހުރި ގެސްޓުހައުސްތައް ހިންގާ މީހުންނަށް ރަށުން އެކި ދިމަދިމާލުން ބިންތައް ބޭނުންކުރަން ހިލޭ ދީފަވަނީ ކައުންސިލަށް އެންމެ ޑޮލަރެއްވެސް ނުލިބޭގޮތަށް. މިހެން މިކަން ކުރާބަޔަކަށް ކޮން އާމްދަނީއެއް ހޯދޭނީ. ތިރަށް ހަވާލުކޮށްފިނަމަ ތިމާމެންގެ އަމިއްލަފައިދާއަށް ކޮންމެވެސް ކަންތައްގަނޑެއް ހިންގާނެ. މަށަށް ޔަގީން މުއިޒު އިންނަފުށި ބޭނުންހާ އެއްޗެއް ހަދަން ހަވާލުނުކުރާނެ.
ބޮލްކް
13 August 2025
ކަލޯ ތިތާ ކަމެއްވާނީ ކައުންސިލްގެ ރައީސް ބޭރުކޮށްގެން. އެތައް ބައިވަރު ގެސްޓުހައުސް ހިންގާ ރަށެއްގެ މިހާތަނަށް ތި ކައުންސިލަށް އެންމެ ޑޮލަރެއް ވެސް ހޯދިފަނެތް. އެވަރުގެ ބަޔަކަށް ކިހިނެތް ދުރުގަ އޮތް ރަށަކުން އާމްދަނީ ހޯދާނީ. ރައީސް މުއިޒަށްވެސް ވަރަށް ރަނގަޅަށް އިނގޭ މިކަންތައް. ސަނާ ކިޔާ މީހުން އަތުން ހަދިޔާ ހޯދަން މޮޅުވާނެ ތިކަައުންސިލްގެ ރައީސް. އިންނަފުށި ހެޔޮނުވާނެ މިކައުންސިލް އޮއްވަ ހަވާލުކުރަން. ހަދިޔާ ދޭ މީހަކަށް އެއްކޮށްވެސް ދީފާނެ.