17 އޯގަސްޓް 2025 - 14:28
އެސްޓީއޯ އާއި މަކިޓާގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަނުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި އެސްޓީއޯއިން ވިއްކާ މަކިޓާ ބްރޭންޑުގެ ގިނަ ޕަވާޓޫލްތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އެސްޓީއޯއިން "މަކިޓާ" ބްރޭންޑުގެ ލަކުޑި އާއި ވަޑާންކުރާ ސާމާނުާއި އައުޓްޑޯ މަސައްކަތަށް ބޭނުންކުރާ ސާމާނާއި ދަނޑުވެރި ކަމުގައި ބޭނުންކުރަން ހާއްސަކޮށްފައިވާ އުފެއްދުން އަދި އާއްމުކޮށް ބޭނުންކުރާ ވެކިއުމް ކްލީނަރު ފަދަ ތަކެތި ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް މަކިޓާގެ އަގުހުރި ޕަވާޓޫލްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ލަކީޑްރޯގައި އެއް ވަނަ އަށް ހޮވޭ ކަސްޓަމަރަކަށް 25،000ރ. ގެ މަކިޓާ ޓޫލްސް ލިބޭއިރު ދެވަނަ އަށް ހޮވޭ ކަސްޓަމަރަކަށް 10،000ރ.ގެ މަކިޓާ ޓޫލްސް އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 5000ރ. ގެ މަކިޓާ ޓޫލްސް ލިބޭނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ މާލޭގައި ހުންނަ މަކިޓާ ޝޯރޫމާއި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމުގަ އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު ޖަޕާނުގައި ތައާރަފް ކުރި ބްރޭންޑެކެވެ. މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލްތަކަކީ ދުނިޔޭގެ ބާޒާރުގައި ވެސް ނަން މަޝްހޫރު ބްރޭންޑެކެވެ. އެސްޓީއޯއިން މި ބްރޭންޑު ރާއްޖޭގެ މާކެޓަށް ތައާރަފްކުރީ މީގެ 25 އަހަރު ކުރިންނެވެ. އެސްޓީއޯއިން މަކިޓާއާ އެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕުގެ ދަށުން ކޮލެޓީ އަދި އަގުހުރި ގިނަ ޕްރޮޑަކްޓުތަކެއް ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy