19 އޯގަސްޓް 2025 - 09:12
ކިޔެވުން، ޗުއްޓީ ހޭދަކުރުން، ރިޓަޔާކުރުން ނުވަތަ އިމަޖަންސީ ފަދަ ކަންކަމަށް ކޮންމެ މީހަކު ވެސް އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ލިބޭ އާމްދަނީއިން ފައިސާ ފަހަށް ރައްކާކުރެ އެވެ. ފަހަށް ފައިސާ ރައްކާކުރާ ފައިސާއިން ފައިދާއެއް ކުރާނީ ރަނގަޅު ސްޓްރެޓަޖީއެށް އޮވެގެންނެވެ. ފަސްޓް ނެޝަނަލްގެ އަމާޒަކީ ފަހަށް ރައްކާކުރުމަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ކަމާ ބެހޭ މައުލޫމާތު އާންމުންނާ ހިއްސާ ކުރުމެވެ. މިގޮތުން މި ލިޔުމުގައި ބަލައިލާނީ ފަހަށް ރައްކާކުރުމަށް މާލީ ބާޒާރުގައި ހުރި ފުރުސަތުތަކުގެ ތެރެއިން ބޮންޑް އަދި ސުކޫކްއަށެވެ.
އިންވެސްޓަރެއްގެ ނަޒަރުން ބަލާއިރު، ބޮންޑަކީ ކުންފުންޏަކަށް ދެވޭ ލޯނެކެވެ. ބޮންޑުގައި އިންވެސްޓް ކުރުމުން، އެއްބަސްވެފައިވާ ޝެޑިއުލެއްގައި ކަނޑައަޅާފައިވާ އިންޓަރެސްޓްއާއެކު ("ކޫޕަން") އިންވެސްޓުކުރި އަދަދު ("ޕްރިންސިޕަލް") އަނބުރާ ލިބެއެވެ. ބޮންޑަކީ އާންމުކޮށް އާމްދަނީ އެއްވަރަކަށް ލިބި، ބޭންކް ޑިޕޮސިޓްތަކަށް ވުރެ ގިނައިން ފައިދާ ލިބޭ އިންވެސްޓްމެންޓްއެކެވެ. ކެޕިޓަލް މާކެޓުން އިންވެސްޓަރުންނަށް އެކި މުއްދަތު ("މެޗުރިޓީ") ތަކުގެ ބޮންޑްގައި އިންވެސްޓްކުރުމުގެ ފުރުސަތު އޮތުމާއެކު، ދުރާލާ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރޭވުންތެރިކަމާއެކު އިންވެސްޓުކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އިންވެސްޓު ކުރާއިރު ތަފާތު ކުންފުނިތަކާއި ސިނާޢަތްތައް ޚިޔާރުކުރަން ފުރުސަތު ލިބޭތީ، އިންވެސްޓުމެންޓުގެ ޖުމްލަ ރިސްކް ދަށް ކުރެވެއެވެ. ބޮންޑް އިންވެސްޓްމަންޓްތަކުގެ އެހީގައި މުދަލުގެ އަގުތައް އުފުލޭއިރު ފައިސާގެ ހަގީގީ އަގު ކޮންމެވެސްވަރަކަށް ހިފަހައްޓަން އެހީތެރިވެއެވެ.
ސުކޫކްއަކީ ޝަރީއާގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން މާލީ ބާޒާރު މެދުވެރިކޮށް ފައިސާ ހޯދުމުގައި ފައިސާ ދޭ ފަރާތާއި ފައިސާ ހޯދާ ފަރާތާއި ދެމެދު ވެފައިވާ އިޤުރާރެކެވެ. ސުކޫކްގައި އިންވެސްޓް ކުރުމުން ބޮންޑް ކޫޕަންތަކާ އެއްގޮތަށް ޝެޑިއުލެއްގައި އާމްދަނީ ލިބެއެވެ. ނަމަވެސް ސުކޫކްގައި އިންޓްރެސްޓްގެ ބަދަލުގައި، އިންވެސްޓްކުރާ ފަރާތަށް ފައިދާ ލިބޭނީ މުދަލެއް ނުވަތަ ޕްރޮޖެކްޓަކުން ލިބޭ އާމދަނީގެ ވަކި މިންވަރެކެވެ.
ފަސްޓް ނެޝެނަލްއިން ބޮންޑް އަދި ސުކޫކް އިޝޫ ކުރުމަށް އެހީވެފައިވާ ކުންފުނިތައް.
މީގެ އިތުރުން އައިޔޫއެމް ހޯލްޑިންގްސް ޕުރައިވެޓް ލިމިޓެޑް، އެމްއެފްއެލްސީ ޕުރައިވެޓް ލިމިޓެޑް އިންވެސް ބޮންޑު ދޫކުރި އެވެ.
ބޮންޑުގައި އިންވެސްޓްކުރުމުގެ ކުރިން އިންވެސްޓަރުން ބަލަންޖެހޭ ކަންތައްތަކަކީ:
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓް
- ވޭތުވެދިޔަ ތަނުގައި ކުންފުނީގެ ވިޔަފާރި ކުރިއަރަމުން އައިސްފައިވާ ގޮތް
- ކުންފުނީގެ އޮޑިޓްކޮށްފައިވާ ހިސާބުތައް
- ކުންފުނިން ފައިނޭންސް ހޯދުމަށް ހުށަހަޅާ މަޝްރޫޢު
- ކުންފުނީގެ ބޮންޑު ޕްރޮސްޕެކްޓަސް އެކުލަވާލުމުގައި ބައިވެރިވާ ފަންނީ ފަރާތްތައް
- ރިސްކް ފްރީ ރޭޓާއި އަޅާބަލާއިރު ކުންފުނީގައި އިންވެސްޓްކުރުމުން ލިބޭ ފައިދާ
- އެ އިންވެސްޓްމަންޓަކީ ލައިސަންސް ލިބިފައިވާ އަދި ރެގިއުލޭޓް ކުރެވިފައިވާ އިންވެސްޓްމަންޓެއްތޯ ބެލުން
- އިންވެސްޓްމެންޓާ ގުޅުންހުރި އެހެނިހެން ރިސްކްސް
- ރިސްކް ފްރީ ރޭޓާއި އަޅާބަލާއިރު ކުންފުނީގައި އިންވެސްޓްކުރުމުން ލިބޭ ފައިދާ
- އެ އިންވެސްޓްމަންޓަކީ ލައިސަންސް ލިބިފައިވާ އަދި ރެގިއުލޭޓް ކުރެވިފައިވާ އިންވެސްޓްމަންޓެއްތޯ ބެލުން
- އިންވެސްޓްމެންޓާ ގުޅުންހުރި އެހެނިހެން ރިސްކްސް
ކެޕިޓަލް މާކެޓާ ބެހޭގޮތުން އިތުރު މައުލޫމާތު ފަސްޓް ނެޝަނަލްގެ ނަމްބަރު 9604009855+ އިން ލިބޭނެ އެވެ.
ނޯޓު: މިއީ ފަސްޓް ނެޝަނަލްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގިގަޗެޑް
19 August 2025
މިކަމަށް ހަމަ އެންމެ ރަނގަޅީ ބިޓްކޮއިނެވެ.
ބަބްސް
19 August 2025
ބޭންކަށް ވުރެން ހާސްތަން ފައިދާބޮޑު މިދުޔޭގައިވެސް އަދި އާހިރަތުގައިވެސް. ސްކޫކު ވިއްކާ ކުންފުނިތަކަށްވެސް މާބޮޑަށްވެސް ފައިދާ. ރަނގަޅު ޕޯޓްފޮލިޔޯ އެއް އޮވެއްޖެ ނަމަ ވިޔަފާރި ފުޅާކޮއްލަން ރަނުގެ ފުރުސަތެއް. ބޭންކުތަކުން މިގޮތް ހިޔާރު ނުކުރަނީ ކީއްވެބާ. އުއްމީދަކީ ފަސްޓް ނެޝަނަލް ކަހަލަ ގިނަ ފަންޑް ރެއިސިން ކުންފުނިތަށް އުފެދުން. އަދި ރާއްޖޭގެ ސްޓާއަޕްސް ތަކަށްވެސް މިކަހަލަ ސްކޫކް އޮޕްޝަންސް ތަކެއް މަގުފަހިވުން.
ދޮގެއް
19 August 2025
"އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ލިބޭ އާމްދަނީއިން ފައިސާ ފަހަށް ރައްކާކުރެ އެވެ." ކަނޑައެޅިގެން ދޮގެއް. ގިނަދިވެހިންނަކީ ފަހައް އެއްވެސް އެއްޗެއް ރައްކާކުރާބައެއްނޫން. ބޮޑުކަމެއް ދިމާވާއިރައް ނާށިގަނޑު ހިފައިގެން ދުއްވައިގަންނާނީ ފަހައް ރައްކާކުރިމީހާ ފަހަތުން. ދެން ބުނާނެ ރައްކާކުރާވަރައް ފައިސާ އެއްނުލިބެއޭ އެކަމަކު ދުވާލަކު 3، ހަތަރު ކޮފީބުރު އެއީ ދުވާލަކައް 200 އަހަރަކައް 70 ހާސް ރުފިޔާ ބިޑިސުއްޓާލައިފިއްޔާ އަދި މާބޮޑު.
ސިންޕަލްފީ
19 August 2025
އައްދެ. ޕެންޝަން ފަންޑުގަ ލިބެން ހުރި އަދަދު ފެންނަންފެށީމާވެސް ބައެއް މީހުން އުޅެނީ އޭގައި އަތްނުލެވިގެން. ދެން އަދި ކޮން ފަހަށް ރައްކާކުރުމެއް؟