19 އޯގަސްޓް 2025 - 19:27
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން އއ. މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފި އެވެ.
ހަތަރު ސަތޭކަ ފަންސާހެއްހާ މީހުން ދިރިއުޅޭ މާޅޮހަށް އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ އެ ބޭންކުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފަސޭހައިން ބީއެމްއެލްގެ ހިދުމަތް ހޯދޭނެހެން ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ އަޒުމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބީއެމްއެލްއިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސި
20 August 2025
ކުރިން އަހަރުމެން ދެކެނީ ބުރިޖާ، ހައިވޭތަކާ، ރަންވޭތަކާ، ބޮޑެތި ހައުސިން މަސްރޫއުތަކާއި، ބޮޑެތި ފެރީތަކާއި ރިބަން ކަނޑާ ހުޅުވާތަން، މިހާރުދެން އޭޓީއެމްއަކުން ހިތްހަމަ ޖައްސާލަން މި ޖެހެނީ
ޢަލްޓިކޯ
19 August 2025
ތިޔަކީ ރިބަންކަޑާ ބެރުދުންމާރި ފުމެ ވައުދަކަށް ހަދަންވީ ކަމެއްނޫނޭ ރައްޔިތުންގެ ފައިސާ ބެންކުގަ ހުރީ ރައްޔިތުން އަތުޖެހޭ ހިސާބުގަ ހުންނަން ޖެހޭނެ