މޯލްޑިވްސް އޯޕަންގައި އާރާ ކުޅުނު މެޗެއްގެ ތެރެއިން: އޭނާ ވަނީ ޑަބަލްސް ކެޓަގަރީން ޗެމްޕިއަންކަން ހޯދާފަ --- ފޮޓޯ: ސިޑިބަރި
23 އޯގަސްޓް 2025 - 09:50
މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން ޖޫނިއާ އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓަގަރީން ރާއްޖޭގެ އާރާ އާސަލް އާޒިމު ޗެމްޕިއަންކަން ހޯދައިފި އެވެ.
ދުނިޔޭގެ ޓެނިސް ފެޑެރޭޝަނުން ގަބޫލު ކުރާ ޖޫނިއާ މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން، އާރާ ހޯދުމުން އޭނާ ވެފައިވަނީ އައިޓީއެފް މުބާރާތެއްގައި ރާއްޖޭގެ ފަސް ގަނޑުގައި ކުޅެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ޑަބަލްސް އިވެންޓްގައި އާރާގެ ޕާޓްނަރަކީ ތައިލެންޑްގެ ޓަރީޓާ ހޮންސިޔާކެވެ. އެ ޕެއާއާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރީ ދެކުނު ކޮރެއާގެ ސަންހިއުން ޗޯ އާއި ޗައިނާގެ ޔައިޝަން ޝޫ އެވެ.
އާރާ އާއި ޓަރީޓާގެ ޕެއާއިން މެޗު ކާމިޔާބު ކުރީ 6-2 އަދި 6-1 ންނެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ސިންގަލްސް ބައިން އެންމެ ބޮޑު ކުރި އެރުމެއް ހޯދީ ނަބާ ނިޝާން އެވެ.
އޭނާ ވަނީ އެ ކެޓަގަރީން ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުން، ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި އާރާ އާއި ޓަރީޓާގެ ޕެއާ އަތުން ބަލިވި ޕެއާގައި ހިމެނުނު ކޮރެއާގެ ސަންހިއުން އެވެ.
ފިރިހެން ޑަބަލްސް ކެޓަގަރީގެ ފައިނަލަށް ރާއްޖޭގެ މުހައްމަދު ނޫހް ނާޒިހާއި ދާއޫދު ޝަހީބުގެ ޕެއާ ދަތުރު ކުރި އެވެ. ސެމީގައި އެ ޕެއާ ބަލިވީ ސްވިޒަލެންޑްގެ ޗާލީ ބާޒަލް އާއި ތައިލެންޑްގެ ދަންތައި ޓާކޮންގެ ޕެއާ އަތުންނެވެ.
ޗާލީ އާއި ދަންތައިގެ ޕެއާއިން މެޗު ކާމިޔާބު ކުރީ 7-6 އަދި 7-3 ންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާންޗޯ
23 August 2025
ވަޓް އެވޭ
މުޑަހަންޖާ
23 August 2025
ކ.މާލޭގަ އެކަނި ޓެނިސް ކޯޓެއް އޮވެފައި އެހެން އެއްވެސް ރަށެއްގަ ކޯޓެއް ހަދާދީފައެއްނެތް. ދެން ކޮން "މޯލްޑިވެސް" އޯޕަން އެއްތޯ. ތިޔައީ ދެއުޅިއެއްނުވާ ހައިޖާނެއް ތިކަން ހުއްޓާލާފަ "ކ.މާލޭ ޓެނިސްކޯޓަށް ކުޅެންދާ މީހުންގެ މުބާރާތް" ކަހަލަ ނަމެއްގަ ތިޔަ ގޭހެއް އަނބުރަން އަހަރެމެން ތާއީދުކުރަނީ.
ލައިލާމް
23 August 2025
އަބަދު އެއްބަޔަކު ޓޭމްގެ ކެމެރާއަށް އަރަނީ. ބާކީ ލިސްޓެއް ހަދާފަހެންހީވަނީ އޮންނަނީ.
އަރުތަ ބެހުން
23 August 2025
އޭ މަހުލޫފު އެބުނާ އަރުތަދިން ކުދިންކޮޅު ދޯ.އެމީހުނަށް ތިނުދޭއިރުވެސް މޮޅުވޭ ދުވާލުގެ ހުރިހާ ގަޑިއެއްނަގައިގެން. އަދިވެސް އެބަތިބި އެސޯސިއޭޝަނުން އަރުތަ ދިންކުދިން. އެކުދިންގެ ހާލުވެސް ލިޔެލިނަމަ
ޓެނީ
23 August 2025
ޓެނިސް ކުޅެގެން މޮޅުވެއްޖެ، ބަލިވެއްޖެ ނޫން އެއްޗެއް ކުޅުންތެރިންނަށް ލިބޭ ގައުމެއްނޫން ރާއްޖެއަކީ. 2 އެކަޑަމީގެ ވެރިންނަށް ގަޑިއަކަށް އެތަކެއްހާހުން ލިބޭ. ބެލެނިވެރިން ތިބެނީ ކުޅިވަރަށް ދެވިހިފާފަ، އެކަޑަމީތައް ފައިސާއިން ހެވިފައި، ކުޅުންތެރިން ބަލިވެފައި.
މެރިޓް
23 August 2025
ޓެނިސް ފެމިލީ އޭ ކިޔައިގެން ހިންގާ ޓެނިސް އެސޯސިއޭޝަނުން ކުރާ ކަންކަމުގަ ދެފުށްފެންނަ ނިޒާމެއްނެތް.ނެޕޮޓިޒަމް ފެންނަ އުސޫލަކީ.
އަބަދު ކޯޓުގަ އުޅެގެންވާނީ
23 August 2025
މިއިން އެގެނީ ސްކޫލަކަށްދަމުން ޓެނިސް ނުކުޅެވޭނެކަން ދޯ.
ކުމާރުސޭކް
23 August 2025
ޥަރަށ ސަކަރާން ފެޑެރޭޝަނެއް. މި ފަހަރުވެސް ޕްލެޔަރުންގެ ޕްރޮފައިލް ވީޑިއޯ ހެދިއިރުވެސް ވަރަށް ސަކަރާތް.ބައެއް ކުދިންގެ ވީޑިއޯ ވަކިވަކިން ހަަދާފަ އަނެއްބައި ކުދިންގެ ވީޑިއޯ އެއްވީޑިއޯ ހެދީ. ޥަރަށް ސަކަރާތް މެނޭޖްމެންޓް
އިސްތިއުފާ
23 August 2025
ޓެނިސްކޯޓުތަކަށް ވެރިވެގަނެގެންތިބޭތާ ގަރުނުތަކެއް. ޢަދިކިރިޔާ އެންމެ އައި.ޓީ.އެފް މެބާރާތެއް ތިބޭއްވުނީ؟
ސަލާލުކަން
23 August 2025
ޥަރަށް ބޮޑަށް ޕްލެޔަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ އެސޯސިއޭޝަނެއް. ޙުރިހާ ކަމެއް ނިންމާނީ ސައިމޭޒުން. ÷ކުދިންގެ ޕަރފޮމެންސެއް ބެލުމެއް ނޯވޭ.