23 އޯގަސްޓް 2025 - 20:37
ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވާދަކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޓީމަށް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ޕޯޗުގަލްގެ ރިކާޑީނިއޯ ގެނެސްފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދާފައިވާ ރިކާޑީނިއޯ ވެގެންދާނީ، އެއްވެސް ކުޅިވަރެއްގައި ރާއްޖޭގައި މިހާތަނަށް ކުޅޭ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔާ އަށެވެ.
ރިކާޑީނިއޯގެ ސޮއި ހޯދަން އެޗްޑީސީން ވަރަށް ބޮޑު އަގެއް ދޭން ޖެހޭނެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފްސީލެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.
ރިކާޑީނިއޯ މިހާރު ވަނީ ރާއްޖެ އައިސް އެޗްޑީސީގެ ޓީމާ ގުޅިފަ އެވެ. އަދި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކްލަބުން ވަނީ އޭނާ ތައާރަފް ވެސް ކޮށްފަ އެވެ. ރިކާޑީނިއޯއާ ކްލަބުގެ ޖާޒީ ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.
ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕަކީ އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މީގެ ފޯރި އާއި ވާދަވެރިކަން ބޮޑުވެ ފަހަކަށް އައިސް ބޭރުން މޮޅު ކުޅުންތެރިން ގެނެ އެވެ. އެކަމަކު ރިކާޑީނިއޯ އަކީ މިހާތަނަށް ގެނެސްފައިނުވާ ވަރުގެ ކުޅުންތެރިއެކެވެ.
އުމުރުން 39 އަހަރުގެ ރިކާޑީނިއޯ ވަނީ ޕޯޗުގަލްގެ ގައުމީ ފުޓްސަލް ޓީމަށް 188 މެޗު ކުޅެދީ 142 ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ ޕޯޗުގަލްއާ އެކު ދުނިޔެ އާއި ޔޫރަޕުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އިންޑިވިޖުއަލް އެވޯޑްތަކަށް ބަލާއިރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދުމުގެ އިތުރުން އޭނާ ވަނީ ފީފާ ފުޓްސަލް ވޯލްޑްކަޕާއި، ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީި
25 August 2025
ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް އިސްރާފް ކުރަމުންމިދަނީ ، ތިޔަ ފައިސާއަށް ހިޔާނާތްތެރިވުން ހުއްޓާލާ، ތިޔަ ބައިމީހުންނަށް ތިކަމާ ސުވާލުވެވިގެންދާނެ. ބިރުވެތިވޭ. !!! ތީވަރަށް ދެރަކަމެއް. ތިފައިސާ މިގައުމުގެ އަގުހުރި ކޮންމެސް މުހިއްމު ކަމަކަށް ހެދަކުރައްވާ. އިސްރާފް ކުރުން ހުއްޓާލައްވާ.
ދަގޭ
24 August 2025
ބޮޑު ހަރަދު ކޮށްގެން ބޭރުން މީހުން ގެނެސްގެން ކުރާވަރުގެ ކަމެއްތަމީ. ރައްޔިތުން މިތިބީ އަޅެ ހިއްސު ކެނޑިފަތަ؟
އޮނަރަބްލް އަފީފު ދީދީ
24 August 2025
ދިވެހިރައްޔިތުންގެ ޓެކްސް ފައިސާ ޙަރަދުކޮށްގެން ހިންގާ (ދައުލަތްދަރަނިކޮށް ދައުލަތުގެ ސޮވަރިން ގެރަންޓީގައި ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން) ދައުލަތުގެ ކުންފުނިތަކުންނާއި ސަރުކާރުން ކުރާ މިފަދަކަންކަމުގެ ސަބަބުން ދިވެހިދައުލަތަށް ދަނީ އަގު ނުކުރެވޭފަދަ ގެއްލުންލިބެމުން. ކުންފުނިހިންގުމަށް މާލޭސަރުކާރުން އިސްކުރާމީހުން އެޗްޑީސީގެ މިލްކްވެރި މުދާތަކާއި ކުންފުނީގެ މާލު މިފަދަ ގޮތްގޮތަށް ތަޅާ ހުސްކުރީމާ އޭގެ ގެއްލުން ސީދާގޮތުން ލިބެނީ ރައްޔިތުނަށް.
އޮނަރަބްލް އަފީފު ދީދީ
24 August 2025
ޗައިނާ އެގްޒިމް ބޭންކްގެ ބިލިޔަން ޑޮލަރުގެ ލޯނުން ހިއްކާފައިވާ އެޗްޑީސީގެ ބިންތައް އިބްރާހިމްގެ ސަރުކާރުން ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން ތުންގަނޑުން ކިރު ނުނެއްޓޭ ކުޑަކުދިންގެ ބޯވެސް ގުނައިގެން ކ.މާލޭގެ 1900 މީހުނަށް ކޮންމެ މީހަކަށް 18 މިލިޔަން ރުފިޔާގެ ބިމެއް ހިލޭ ބަހާލީ 2023 ގެ އިންތިހާބުގައި އޭނާގެ ކޮޅަށް ރިޔާސީ އިންތިޙާބު ފުރޮޅާ ލެވިދާނެ ކަމުގެ އުއްމީދުގައި. މިއީ މިހާތަނަށް ދައުލަތުގެ ކުންފުންޏަކަށް ދެވުނު އެންމެ ބޮޑު ގެއްލުން.
އޮނަރަބްލް އަފީފު ދީދީ
24 August 2025
މަތީގައިދެންނެވި ބިންތަކުގެ އިތުރަށް "ތުރާކުނުން އައްޑުއަށްހިމެނޭ ރަށްތަކުގެ އެތައްހާސް ރައްޔިތުނަށް މަޖުބޫރީޙާލަތްތައް މެދުވެރިކޮށް ކުލީއަޅުންގެ ގޮތުގައި ކ.އަތޮޅު މާލެއަށް ޖަމާކޮށްފައި ތިބިކަމަށްވިޔަސް އެމީހުނަށް އިސްކަންނުދީ" ބިލިޔަން ޑޮލަރުން ތަރައްޤީކުރި HDC ފުލެޓް ދިނުމުގައިވެސް ކ.މާލޭމީހުނަށް ޙާއްސަ ފުރުސަތުތަކެއްދީގެން ދޫކުރި ފުލެޓްތަކަށް އަގުއަދާކުރަން މަހުންމަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފައިސާ އެމީހުން ނުދެއްކިޔަސް އަޅާލުމެއްނެތް!
އޮނަރަބްލް އަފީފު ދީދީ
24 August 2025
އިބްރާހިމް "ހިލޭ ބަހާލި" 19 ހާސް ބިމަށް މާކެޓްއަގުން އަގުކޮށްފިނަމަ އެތައްސަތޭކަ ބިލިޔަން ރުފިޔާ އަރާއިރު އެއްބަސްވުމާއި އެއްގޮތަށް މަހުންމަހަށް ފުލެޓަށް ދައްކާންޖެހޭފައިސާ ފުލެޓްލިބުނު ކ.މާލޭމީހުންގެ %78 މީހުން ނުދައްކާ. މިފައިސާގެ އަދަދު 900 މިލިޔަން ރުފިޔާއަށް އަރާ. މާލޭސަރުކާރާއި އެޗްޑިސީ އިން މިދެންނެވިފައިސާ އެރަށުމީހުން އަތުންހޯދަން ނޫޅޭއިރު "އެމީހުންވަނީ، އެރަށުގައި ދިރިއުޅޭ ކުލީ އަޅުންނަށް" މިތަންތަން ބޮޑުއަގުގައި ކުއްޔަށްވެސް ދީފައި.
އޮނަރަބްލް އަފީފު ދީދީ
24 August 2025
މާލޭމީހުނަށް ދިން ފުލެޓްތަކަށް އެމީހުން ފައިސާނުދައްކާ އެރަށުގައި އުޅޭ ކުލީއަޅުންނަށް އެތަންތަން ކުއްޔަށްދީފައި ވުމުގެސަބަބުން ރިއަލްއެސްޓޭޓް ކުންފުނިތަކުން ޑިވޮލޯޕް ކުރި ފުލެޓްތަކަށް ބާޒާރުގައި އަގެއްނުލިބުނު. މިހުރިހާ ކަންކަމުގެ އާހިރު ނަތީޖާއަކީ ރާއްޖޭގެ ބޭންކްތަކާއި، ޗައިނާ އެގްޒިމް ބޭންކްތައް ފަދަ މާލީ އިދާރާތަކުންވެސް "މާލޭސަރުކާރު ސިޔާސަތު ފެނި" ބިރުން ބިންހިއްކުމަށާއި، ބޯހިޔާވަހިކަމަށް ލޯނުދިނުން ހުއްޓާލިކަން. މިއީ ވަރަށްބޮޑު ދެރަކަމެއް.
ހާމުދުރު.
24 August 2025
އަފީފު ކަލެއަށް ހަމަ ރަނގަޅަށްވެސް ތިހިރީ ބައްޔެއް ޖެހިފަ. މާލޭ މީހުންނެއްނޫން ފުލެޓަށް ކުލި ނުދައްކައި ތިބީ. ފުލެޓަށް ކުލި ނުދައްކައި ތިބީ މާލޭ މީހުންގެ ގެދޮު ކުއްޔަށް ހިފައިގެން އެތަންތަނަށް ކުލި ނުދައްކާ އައްޑޫ ހުވަދޫ މީހުންން. ރައްޖެތެރޭ މީހުން ކުލި ނުދެއްކީމަ މާލޭ މީހުންގޭ ނުކިޔަބަލަ.
ބޮޑުބެގެ ބެއްޔާ
24 August 2025
ރައްޔިތުންގެ ލާރި. އަގަކީ ކިހާވަރެއްކަންވެސް ބުނެލާކަށް ނުކެރުނު.
ޒަރީރް
23 August 2025
ރައްޔިތުންގެ ލާރި އިސްރާފައް.
ސަޅި ގައުމެއް
23 August 2025
ރައްޔިތުން ޓެކްސް ފައިސާ ތަޅާބާލަނީ.. ހުރިހާ އޮފީސް ތަކުން ޓީމް ހަދައިގެން ގައުމު އިނދަޖެހޭ އިރު ވެސް.