ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް (ވ) އާއި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެއްބަސްވުމުގައި ސޮއިކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
25 އޯގަސްޓް 2025 - 11:36
ހދ. ނައިވާދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނައިވާދޫއަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، ބިން ހިއްކުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ އެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ރަށު ބިން ހިއްކުމަކީ އެމަނިކުފާނު އެ ރަށަށް ވެވަޑައިގަތް އެންމެ މުހިންމު ވައުދު ކަމަށެވެ. އަދި އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
ރައީސް ވިދާޅުވީ އެ ރަށު ބަނދަރު ހެދުމުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ރަށުގެ ސިއްހީ މަރުކަޒަށް އާ އިމާރާތެއް އެޅުމާއި ލެބޯޓްރީގެ ހިދުމަތް ވެސް އިތުރުކުރަން ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ނައިވާދޫ ފަޅުގައި އޮންނަ ރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަހާއުު
26 August 2025
ރައީސް ސާބަހޭ...... ސާބަހޭ ރައީސް........
ޒާހިރްް
26 August 2025
އަބަދުމެ ދެކެމުންދިޔަ ހުވަފެނެއްގައި ކުލަޖެހިގެން މިދިޔައީ. ޝުކުރިއްޔާ ރައީސް މުއިއްޒު.
ވާރީސާ
25 August 2025
ނައިވާދޫ ޒުވާނެއްގެ ހައިސިއްޔަތުން މިކަމަށް އިންތިހާއަށް އުފާކުރަމެވެ. އެމްޑީޕީ ސަރުކާރުން މިކަން ނުކޮށްދިނީމަ ދެން އެމްޑީޕީ އަށް ދޭނެ ވޯޓެއް ނޯންނާނެއެވެ
ދިއްދޫމީހާ
25 August 2025
މިހާރު ނޫހަށް ފޮޓޯއިން ކޮމެންޓް ކުރެވޭނަމަ އިންގޭނެ މިދިޔަ ދެއަހަރު އެމްޓީސީސީން ސޮއިކުރި ޕްރޮޖެކްޓްތަކުގެ އަދަދު މުއިއްޒު ރަށަކަށް ދަތުރުވަރިއެގައި ޖައްސާލިޔަސް އެރަށުން ފުރަނީ އެމްޓީސީސީއާ ކޮންމެވެސް މައްސަކަތެއް ހަވާލްކޮއްފަ ދެން ދުވަސްކޮޅަކުން ބިން ހިއްކުމާ ތޮށިޖެހުމާ މައްސަކަތް އެޑިޔުކޭޝަން އަދި ދަރުމަވަންތައް ހޮސްޕިޓަލްއާ
އަފްރާސިޔާބު
25 August 2025
އިރާދަކުރެއްވިޔާ މިރަށުގެ ބިންހިއްކުން ޕްލޭންކޮށް މިފެށީ. އަޅުގަނޑުމެން ވަރަށް ބާރަށް މި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެސް ނިންމައިދޭނަން ރައްޔިތުން އެދޭނަ. މިރަށުގެ މަގުތަކުގެ ޕްލޭންވެސް ހަދައި ނިމިފައިވަނީ. ތާރުއަޅައިގެން ހުރިހާމަގެއްވެސް ވަރަށްބާރަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވޭ މިއަންނަ އަހަރުގައި. ނަމަވެސް ރައްޔިތުން އެދޭގޮތަކަށް އަޅުގަނޑުމެންގެންދާނީ. ހުރިހާމަގެއްވެސްވެސް ރައްޔިތުންއެދޭ ގޮތަށް ވެލިމަގުތަކެއް އޮންނާނީ.
ޢަލީ ކުރުސީ
25 August 2025
ތިޔަ ހުރިހާ ކުންފުނިތަކަށް ތިޔަދެނީ ކަރުދާހު ޕްރޮޖެކްޓްތައް! ކޮން ރަށެއްގައި ކަމެއް ކުރިއަށްދަނީ؟ ރައްޔިތުން މޮޔަ ހައްދަން ކުރާހާ ކަންތައް! ތިޔަ މަސައްކަތްތައް ކުރިއަށް ދާނެކަމަށް ޤަބޫލުކުރާ ބަޔަކުނެތް! މިދިޔަ ސަރުކާރުން ފަށާފަ %90 ނިމިފައި ހުރި ޕްރޮޖެކްޓްތައް އެހެރީ މަސައްކަތް ކުރާ ކުންފުނިތަކަށް ފައިސާ ނުދީގެން ނުނިންމިފައި! އެކުންފުނިތައް ބަނގުރޫޓުކޮށްލައިފި! ދެން ފޮނިކަނޑަން ބުނާނެ މިހާރު މިތައް ބިލިޔަން ސަލާމަތްވެއްޖެޔޭ!
ނައުފަލް މުހައްމަދު
25 August 2025
އަހަރުމެން ނައިވަދޫ ރައްޔިތުުންގެ އެތައް ދުވަސްވީ އުއްމީދެއްގެ ކުލަ މިޖެހުނީ. ޝުކުރަން ސަރުކާރު
ތޫބާ ނާޒިމް
25 August 2025
ތަރައްގީ މެކުހަށް. މުއިއްޒް ސްޕީޑުގައި
ޕޫރުބެ
25 August 2025
އެމްޓީއީ އަކީ މިހާރު ވޯޓާއި ދިމާކޮށް ކިރު ފެލަން ގެންގުޅޭ ކިރު ގެރިއެއްތަ؟
އަބުދުލް ޤާދިރު
25 August 2025
މީ އަޅެ މުއުޖިޒާތެއްކަހަލަ ކުންފުންޏެއްތަ؟