ޒުވާނުން ޓޫރިޒަމްގެ ދާއިރާ އަށް ތައްޔާރު ކޮށްދިނުމަށް ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް އިފުތިތާހު ކުރުމަށް އޮގަސްޓް 20، 2017 ގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިވާސަލްގެ ޗެއާމަން އެމްޔޫ މަނިކު (ކ).---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
30 އޯގަސްޓް 2025 - 12:12
އާލާސްކަންފުޅު ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އަވަހާރަވި، ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ) އަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއް ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަވާފައިވާ އެމްޔޫ މަނިކު އުމުރުން 78 އަހަރުގައި އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް، އެ ގައުމުގެ ގަޑިން މިއަދުގެ ހެނދުނު 6:30 ގަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެކި ހަރުފަތްތަކުގައި ހީވާގިކަމާއި ކެރުންތެރިކަމާ އެކު މަސައްކަތް ކުރައްވަމުން އައި އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައި ޓޫރިޒަމް ސިނާއަތުގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް ވިދާޅުވީ، އެމްޔޫ މަނިކަކީ ގައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް އެއީ ގާސިމާ އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެއްކަން ފާހަގަކުރެއްވި އެވެ.
"ޝައްކެތް ނެތެވެ. އެމްޔޫ މަނިކު އަވަހާރަވުމަކީ، މުޅި ރާއްޖެ އަށް ލިބިގެންދިޔަ ހިތާމައެކެވެ. ފަތުރުވެރިކަމުގެ އާއިލާ އަށް ލިބިގެންދިޔަ ނުހަނު ބޮޑު ހިތާމައެކެވެ،" ގާސިމް ވިދާޅުވި އެވެ.
ރިސޯޓު ވިޔަފާރީގައި ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކުންފުނި، ޔުނިވާސަލްގެ ޗެއާމަން އެމްޔޫ މަނިކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2011 ވަނަ އަހަރު އޭނާ އަށް ދިވެހި ދައުލަތުގެ އިއްޒަތް އަރުވައިފަ އެވެ. އޭގެ ކުރިން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ސަރުކާރުން ދިނެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން ހިދުމަތުގެ އިނާމާއި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.
އެމްޔޫ މަނިކު ފާހަގަ ކުރެވިފައި ވަނީ ރާއްޖެ ވަރަށް ފަގީރު ހާލަތުގައި އޮއްވައި، ޓޫރިޒަމްގެ ނަފާއިން އިގުތިސާދަށް ކުރިއެރުން ލިބޭނެކަން ދިވެހިންނަށް ވިސްނަވައި ދެއްވައި، އެ ސިނާއަތު އެކި ދައުރުތަކުގައި ތަރައްގީ ކުރެއްވި އެއް މޭސްތިރިޔާގެ ގޮތުގަ އެވެ. ހާއްސަކޮށް ޓޫރިޒަމް ސިނާއަތަށް ޒުވާނުން ނެރުމުގެ އިތުރުން އެކިއެކި ދާއިރާތަކުން އަމިއްލަ ގޮތުން އެހީތެރިކަން ދެއްވުމުގައި ވެސް އެމްޔޫ މަނިކު މަސައްކަތް ކުރެއްވި އެވެ.
އެމްޔޫ މަނިކުގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ. އަދި ޣައިބަށް ކުރާ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިންގެ ނިކަމެތިކަމުން ގިސްލަން
30 August 2025
ތި މީސްމީހުން އަދި ސަރުކާރުގެ ޕޮލިސީމޭކަރުންގެ އަމިއްލަ އެދުން ބޮޑުކަމުން، އިހަށްދުވަހު ބައިސްކަލްތަކުގަ އުޅުނު ބޭރުމީހުން މިއަދު އެއުޅެނީ ވިޔަފާރިތަށް އަމިއްލަ ކޮށް އެންމެ ފަހުގެ ސައިކަލް އަދި ވެހިކަލްތަކުގަ، ދިވެހިން ދިވެހި ގައުމުގަ ތިންވަނަ ދަރަޖައިގަ. އަދި ގައުމިއްޔަތޭ ކިޔާ ފޮނުއަރުވާ.
ފަރަންޖީ
31 August 2025
ދިވެހިން ކަންނެތްކަމުން އެހެންވީ. ބޭނުންވަނީ ކެފޭތަކުގައި ފޮނިކަންޑަން ތިބޭއިރު އެކައުންޓަށް ލާރިވަންނަން. އަތުންފައިން ކަމެއް ކުރާކަށް ބޭނުމެއްނުވޭ.
އޮނަރަބްލް އަފީފު ދީދީ
30 August 2025
ތެދުފުޅެއް. ކޮލިގޭ މުހައްމަދު މަނިކު އަކީ ރާއްޖޭގެ އެހެން ބައެއް ސައުދާޤަރުންނާއި ޙިލާފަށް ދައުލަތަށް ދައްކާން ޖެހޭ ޓެކްސް ބިލިޔަނުން ނުދައްކާ ހުރެ އެ ޓެކްސް ތައް މައާފު ކުރުވި މީހެއްނޫން. އަދި ކޮންމެވެސް ހައިޖާނު ގަނޑެއް ފެންމަތިކޮށް އެކަމުގެތެރެއިން "ބަދަލުގެ ނަމުގައި" އޭނާގެ އެކައުންޓަށް ދައުލަތުގެ ޙަޒާނާ ކަހާލަން މަސައްކަތްކުރި މީހެއްވެސްނޫން. މިދެންނެވިފަދަ ސައުދާޤަރުން ވެސް ރާއްޖޭގައި އެބަތިބި. އެމީހުންނަކީ ކޮންބައެއްކަން ރައްޔިތުނަށް އިގޭ.