ނިއު އަށް ކުޅުންތެރިން ސޮއި ކުރުވުމަށް މިދިޔަ ހަފުތާގައި ބޭއްވި ހަފުލާގެ ތެރެއިން: ސަސްއިން ދޫކޮށްލި ޖާގަ ނިއު އަށް ވަނީ ދީފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
31 އޯގަސްޓް 2025 - 18:59
މާލީ ގޮތުން އަޑިއަޅާލާފައިވާ ކަމަށް ބުނެ ފުރަތަމަ ޑިވިޝަނުން ވަކިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖޫރިމަނާކޮށް، އެ ޓީމުން ދޫކޮށްލި ޖާގަ އަށް ނިއު ރޭޑިއަންޓް ޕްރޮމޯޓް ކޮށްފި އެވެ.
ސަސް، ޖޫރިމަނާ ކުރީ 200،000ރ. އަށެވެ. އަދި ކުރިން ބެލެވުނީ އެ ޓީމު ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށް ކަމަށެވެ. ނަމަވެސް އެފްއޭއެމްގެ އެކްސްކޯއިން ނިންމީ ތިންވަނަ ޑިވިޝަނަށް އެ ޓީމު ރެލިގޭޓް ކުރުމަށެވެ.
އެ ޓީމުން ދޫކޮށްލި އެއްވަނަ ޑިވިޝަނުގެ ޖާގަ ނިއު އަށް ދިނީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަން މުބާރާތުގެ ސެމީ ފައިނަލުން ބަލިވި އަނެއް ޓީމު ކަމަށްވާ ޓެންޓް ސްޕޯޓްސް އާއި ނިއުގެ ނަތީޖާ އަޅާ ކިޔައި، ނިއު އަށް ކުރި ލިބުމުންނެވެ.
ދެ ވަނަ ޑިވިޝަން މުބާރާތުގައި އެ ދެ ޓީމު ވެސް ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕްގެ އެއް ވަނަ ހޯދީ ނިއު އެވެ. ޓެންޓުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ގުރޫޕް ސްޓޭޖުން ފެށިގެން ސެމީ ފައިނަލުގެ ނިޔަލަށް ޓެންޓުން 20 ލަނޑު ޖެހި އެވެ. އެ ޓީމު ކޮޅަށް 11 ލަނޑު ވަނެވެ. ދެ ވަނަ ޑިވިޝަނުގައި ނިއުއިން ޖެހީ 18 ލަނޑެވެ. އެ ޓީމު ކޮޅަށް ވަދެފައި ވަނީ ހަތަރު ލަނޑެވެ.
ފައިދާ ގޯލުން ނިއު އަށް 14 ލަނޑު އެބައޮތެވެ. ޓެންޓަށް އޮތީ ފައިދާ ނުވަ ލަނޑެވެ. ނަތީޖާ އަށް ބަލާނަމަ ޓެންޓަށް ވުރެ ބޮޑު އެޑްވާންޓޭޖް ނިއު އަށް އެބައޮތެވެ. ދެ ޓީމުގެ ހެޑް ޓް ހެޑަށް ބެލުމުން ވެސް ނިއު ވަނީ ޓެންޓްގެ މައްޗަށް ގުރޫޕް ސްޓޭޖުގައި 3-1 އިން ކުރި ހޯދާފަ އެވެ.
ނިއު، ދެވަނަ ޑިވިޝަނަށް ވެއްޓުނީ 2019 ގައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރުމުންނެވެ. އެ ފިޔަވަޅު އެ ކްލަބާ ދެކޮޅަށް އެޅީ އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރި ދަނޑިވަޅުގަ އެވެ. އެކަމަކު އެފްއޭއެމުން ބުނެފައި ވަނީ އެ ކްލަބާ ދެކޮޅަށް ފިޔަވަޅު އެޅީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެ މައްސަލަ ބެލުމަށް ފަހު މުސާރަ ދޭން ތަކުރާރުކޮށް އެންގުމުން ވެސް މުސާރަ ދީފައި ނުވާތީ ކަމަށެވެ.
ދެވަނަ ޑިވިޝަނުގައި ދެ ފަހަރު ވާދަކޮށް، އަލުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާން އެ ކްލަބުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥަނުވާ
01 September 2025
މަރުހަބާ ނިއު ރޭޑިއަންޓް. ސުވާލަކީ ނިއުއަށް 2 ވަނަ ޑިވިޝަނުގެ 3 ވަނ ލިބުނީ ކިހިނެއްހޭ؟ 2ވަނަ ޑިވިޝަނުގެ ގަވާއިދަކު ނެތް ފެންނާކަށް 3 ވަނަ ހޮވާ ގޮތެއް. ދެން ހަމަ ބަޔަކު އެއްވެފަ ނިންމީ ދޯ ނިއު އަކީ 3 ވަނަ ޓީމޭ. މީތި ކަޑަ.
ޒައިކް23
02 September 2025
ވަލު ދޮރުއަށިން މި ވެއްދީ ނިއު.. ޓޮމް .. . ބިންގާ ވެސް ކަތިކޮށް މި އެޅީ.. ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ކައްޗަށް ހުންނާނީ.. އުއްމީދެއް ނެތް.. ހަމަ އަނެއް ބައްސާމު..
ބަޔަކު
01 September 2025
ދެވަނަ ޑިޝަނުގައި އޮތް ވެލެންސިއާ އެއްވަނަ ޑިވިޝަނަށް ބައްސާމު ގެނައި ގޮތް މާ ކަޑަ. ނިއު އަކީ ދެވަނަ ޑިވިޝަންގަ އޮތް ޓީމެއް ނޫން، އެއީ އަބަދުވެސް ފުރަތަމަ ޑިވިޝަންގެ ޓީމެއް. އެފްއޭއެމް ގަ ވެރިންގެ ގޮތުގަ ތިބި ބައެއްގެ ކަރަޕްޝަންގެ މައްސަލަތަކެއް ފެންމަތިކުރުމުން އެކަމަށް ދިން އަދަބެއްގެ ގޮތުން ނިއު އާއި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ރެލިގޭޓުކުރި ކުރުން ބަލައެއް ނުގަންނަން.
ސަޑެ
01 September 2025
ބައްސާމް ޗެއްޕްޓާއިޒް ފިނިޝް! ބަލަ ކަލޭމެން އައީ ބައްސާމް ކުރިގޮތައް ކަންކުރަން ތަ ނޫނީ ރަނގަޅު ކުރަން ތަ!.
އޮނަރަބްލް އަފީފު ދީދީ
01 September 2025
ފީފާ އާއި އޭއެފްސީގެ ޤަވާއިދު އަކުރުން އަކުރަށް ތަރުޖަމާކޮށް "ނަމުގެތެރެއަށް ޤައުމީ ލައިގެން" މިރާއްޖޭގައި އުފައްދާފައިވާ އެސޯސިއޭޝަނުން ކަންކަން ކުރިކަމަށްވިޔަސް ކ.މާލޭމީހުން ކުރާކަންކަމުގެ ތެރެއިން ފައިސާގެނުފޫޒާއި ބާރުވެރިކަމާއި، އެމީހުންގެ ރަށުމީހުނަށް ޤަވާއިދު މުގުރާލައިގެންވެސް ކަންކަމުގައި "ޙާއްސަކަން ދިނުން" ނުހުއްޓުވޭނެކަމާއި އެއްގޮތަކުންނުވެއްޖެނަމަ އަނެއްގޮތަކުންވެސް މިމީހުންގެންގުޅޭ "ޤަބީލާވަންތަ ސިޔާސަތު" ކުރިއަރުވާނެ ކަން.
ގޮރުނުދޯރު
01 September 2025
ވާނުވާ ނޭގޭ ކަންކަމާ ނުބެހި ހުރެބަލަ
އޮނަރަބްލް އަފީފު ދީދީ
01 September 2025
ކައުންސިލްތަކަކީ އެމީހުން އިންތިޙާބުކޮށްފައިވާ ދާއިރާތަކުގެ ރައްޔިތުންގެކަންކަން އިންތިޒާމްކުރުމުގެ ޤާނޫނީ ބާރުވެރިކަމާއި ޙައްޤު ލިބިފައިވާ ބަޔަކަށްވާތީ، އެފްއޭއެމް އިން ގެންގުޅޭ "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތާއި ދެކޮޅުހަދާކަން އެމީހުނަށް އެންގުމަށްޓަކާ" ހުވަދޫ، ފުވައްމުލައް އަދި އައްޑޫސިޓީގެ ހުރިހާ ދަނޑުތަކެއް ކައުންސިލްތަކުގެ ބާރުގެދަށަށް ގެނެސް ކ.މާލޭ ފުޓްބޯޅަ އެސޯސިއޭޝަންގެ އެއްވެސްޙަރަކާތަކަށް އެއްބާރުލުންނުދޭނެކަން ރަސްމީކޮށް އަންގާން ޖެހޭ.
ޔޫނުސް ޔޫއްޓެ
01 September 2025
ތުއްތު އިރުއްސުރެ ފެށިގެން ފުޓްބޯޅަ އޭ ބުނުމުން ހިތަށް ސިފަވަނީ ގަދަ ނޫކުލަޢާއި ހުދު ކުލަ އަދި ބާޒު. ނިއުރޭޑިންއަންޓް. ނިއުގެ ޖޯޒީގެ ފަރިކަމާއި ޗާލުކަން. އެކުލަތައް ބާޒާއި އެކުވީމަ އެހެރަ އަންނަ ފުޓްބޯޅަ ފޯރިއެއް. ކުޑަ މޫސަމެން ކަހަލަ މޮޅު ކުޅުންތެރިން ދެކެ ވެވުނީ ގަދަ ލޯބި. އެކަމަކު މުބީނު އައުމުން މިހުރިހާ ވިންދެއް ހުއްޓި ނިއު ދެކެ ފޫހި ވެއްޖެ
ލިޔޯ
01 September 2025
ހާދަފަސޭހަޔޭ ރާއްޖޭގެ ފުޓްބޯޅަލީގްގައި އެއްވަނަ ޑިވިސްންއައް އެރުމާއި ޓީމުތަކުގެނަން އަބުރާގެންދިއުން. ތީ މާކުރިންވެސް ނިމިފައޮތްޑީލެއް ދެންލަސްނުކޮށް ދައްކަންޖެހޭ ލާރި އެފްއޭއެމްއަށް ނިވްރޭޑިއަންޓުން ދައްކާލަދީ.
ޕެލޭ
01 September 2025
އައްޗީޑި ޔާ ! ދިވެހި ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ކުލަބް ކަމުގައި ވާ ނިއު ރޭޑިއަންޓް ބަޔަކު މީހުން އަތުލަފި ކޮއްގެން ގެނެސް އެއްވަނަ ޑިވިޝަނަށް ލައިފި!
މުލޭ
01 September 2025
ދިވެހި ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ކުލަބް ކަމުގައި ވާ ނިއު ރޭޑިއަންޓް ބަޔަކު މީހުން ކޮއްޕާ ގަޅުވާ ނާޖާއިޒު ބާރުގެ ބޭނުންކޮށްގެން ވުޖޫދުން ގެއްލުވާލި ވާހަކަ ވެސް ދައްކަބަލަ.
ސަސް ގަދަ
01 September 2025
ސެކުރިފައިސް.. ބަލަމާ ނިއު ސަޕޯޓަރުން ކިތައް dhuhu ގަލޮޅު ދަނޑު ފުރޭނެބާ
ސަޅި ގައުމެއް
31 August 2025
ޓޮމް ފެށުން ވެސް ބޮޑު ތަނުން ގޯސް.. މި ޑީލް ކާޑެއްދޫ ޑީލް އައް ދޫނުކުރާނެ. ފުޓްބޯޅަ އައްވެސް ހުތުރު
ޕްރިޔަންކާ
31 August 2025
ޕްރޮމޯޝަން ހޯދުމަށް މުޅިން އާ ގޮތެއް
ސުނިޔަންކާ
01 September 2025
މިހާރު ހޮލީވުޑާ ބޮލީވުޑް ދޫކޮށް ރޢްޖޭގެ ބުލީވުޑަށް އައިސް ބުލީ ކުރަނީތަ؟