ފަލަސްތީނުގެ ޒުވާން ގައުމީ ޓީމެއްގެ ޓްރޭނިންގެ ތެރެއިން: އެ ގައުމުގެ ޒުވާން 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ރާއްޖޭގައި ބާއްވައި ދޭން އެ ގައުމުގެ އެސޯސިއޭޝަނުން ވަނީ އެދިފަ
31 އޯގަސްޓް 2025 - 19:26
އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދޭން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްގެ ކިބައިން އެދިއްޖެ އެވެ.
ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބެ އެވެ. އެހެންވެ، ފަލަސްތީނުން ތަމްރީނު ހަދަނީ ވެސް އެހެން ގައުމެއްގަ އެވެ.
އެފްއޭއެމުން ބުނީ ފަލަސްތީނުގެ އެސޯސިއޭޝަނުގެ އެގޮތަށް އެދިފައިވުމުން އެކަމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށް ނިންމާފައިވާ ކަމަށެވެ.
ތަމްރީނު ހަދަން، ޓީމު ރާއްޖެ އަންނާނީ އަންނަ ނޮވެމްބަރު 8 އިން 19 އަށެވެ.
އެ މުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން، ފަލަސްތީނާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި ނިންމީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ތިބުމުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެން ކަމަށް އެ އިދާރާ އިން ބުންޏެވެ. އަދި ފަލަސްތީނުގެ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްޕޮންސަރުންގެ އެހީ އަށް އެދުމަށް އެކްސްކޯގެ ބައްދަލުވުމުން ނިންމި ކަމަށް އެފްއޭއެމުން ބުންޏެވެ.
"[ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު] ދިވެހިރާއްޖޭގައި ކޭމްޕްކޮށް ތިބުމުގެ އިންތިޒާމް ހަމަޖެއްސުމުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެހީތެރިކަމަށް އެދިފައިވާތީވެ، ނޮވެމްބަރު އަށަކުން 19 އަށް އަށް ދިވެހިރާއްޖޭގައި ތިބުމާއި އެހެނިހެން އިންތިޒާމް ހަމަޖައްސުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމަށާއި [އެކުވެރިކަމުގެ] ދެ މެޗަށް ސްޕޮންސަރުން ހޯދަން ފާސްކުރުން،" އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުން ނިންމިކަން ހާމަކޮށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވެ އެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. އަންނަ ނޮވެމްބަރު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
ތަމްރީނު ކޭމްޕަށް ފަހު، ފަލަސްތީނުގެ ޓީމު އިންޑިއާ އަށް ދާނީ ރާއްޖޭގެ މަގުންނެވެ. މެޗުތައް ކުޅޭނީ އިންޑިއާގެ އަހްމަދު އާބާދުގަ އެވެ.
ކޮލިފައިންގައި އެއްވަނަ ހޯދާ ޓީމު، ކޮލިފައި ވާނީ އަންނަ އަހަރު މެއި މަހު ސައުދީ އަރަބިއާގައި ބާއްވާ މުބާރާތަށެވެ. މި އަހަރުގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ވެސް ބޭއްވީ ސައުދީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
02 September 2025
ޙުރިހާ މީހުން އެއްބައިވެގެން ފޮށި ބަހައްޓައިގެންވެސް ފަލަސްތީނުކުދިންނަށް މިގައުމުގަ އޮތް ލޯބި ދައްކަންވީ ވަގުތުމިއީ......ބޮއިހަލަކި
ާއަލިމޯޑު
01 September 2025
ފަލަސްތީނުގެ ޓީމް ރާއްޖޭގަ ކޭމްޕްކުރަން ބޭނުންވަނީ އިންޑިޔާގަ އޮންނަ މުބާރާތުގައި އިންޑިއާ އާ ވެސް ވާދަކުރަންޖެހޭތީ އިންޑިއާ(ސާފް) ސްޓައިލްގެ ޓީމަކާ ކުޅެން ބޭނުންވާތީ. ފަލަސްތީނުގެ ޓީމުގަ ހިމެނޭނީ ފަލަސްތީނުން ބޭރުގައި އުޅޭ ފަލަސްތީނު ދަރިކޮޅުގެ ކުޅުންތެރިން.
އަޅި އަލީ
01 September 2025
އެހެންވިއްޔާ ލާރިދީގެން މިތާ ދަނޑުތަކާ ހޮޓާތަކުގަ ތިބެވޭނީ! މިއީ ޓުއަރިސްޓް މަންޒިލެއް!
އަލީ ސައީދު 2
01 September 2025
އަހަރުމެން ހޭބޯ ނާރާ ޑޮނޭޓް މިކުނީ ނިކަމެތި ފަލަސްތީނު މީހުނަށް ކާއެއްޗެހި ފޮނުވޭތޯ! މިމީހުން މިއުލެނީ ފުޓްބޯޅަ ނުކުޅެވިގެން!
ހުސެންތފގދ
01 September 2025
ވާނުވާ އެއްދޯ !!!!
އާދަނާ
01 September 2025
ޣައްޒާއަކީ އަދި ފަލަސްތީނުގެ ބައެއް، ވާނުވާ ދަސްކޮށްބަލަ
ދަދަސދަސދ
01 September 2025
ބައިނަލްއަޤުވާމީ ގުޅުންތަކާއި ކުޅިވަރުތަކުގައި ފަލަސްތީނުން ބައިވެރިވުމަކީ އެ ޤައުމަކީ ވެސް އެހެނިހެން ޤައުމުތައް ފަދައިން ޤައުމެއްކަން ދެއްކުމަށް ކުރެވޭ މުހިއްމު މަސައްކަތެއް. މިނިވަންކަން ގެއްލި 85 އަހަރުވީ ނަމަވެސް، އެޤައުމުގެ ރައްޔިތުންނާއި އެޤައުމަށް ހެޔޮއެދޭ މީހުންގެ އުންމީދު އާވާނެ ކަމެއް.
އަޙް:
01 September 2025
ޢައްޒާ ފުންޑާ ސުންނާފަތިކޮށް އެތައް މުސްލިމް ކުޑަކުދިންނާއި އަހުންނާއި އުހުތުން މަރާ އެތައް ޖީލެއްގެ ނަސްލުނައްތާލަމުން ދާއިރު، އަދިވެސް ފުޓުބޯޅަ ކުޅެ ނާޗަރަނގީ ނުކުޅެވިގެން ބަޔަކު ހޭބަލި ވާތީ ހަމަ އަންތަރީސްވެ ކޮސްވެއްޖައީމުއެވެ. ހަމަ ހިތަށް އެއްވެސް އެއްޗެއް ނާރަނީބާއެވެ. ތިޔައްވުރެން މާ އައުލާކަންބޮޑެއް ނޫންތޯއެވެ، ހާލުގައިޖެހިފައިވާ ފަލަސްޠީނު އަހުންނާއި އުހުތުން އަށް މިރާއްޖޭގައި ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ހަމަޖައްސައިދިނިއްޔާ. ނޫންތަ؟
ހުސޭނެ
01 September 2025
ނޫން !!! ބޮޑުމަންޒަރަށަ ވިސަނާ !!! ފަލަސްތީނުގެ ނަން ފޮހެވުނަ ދީގެން ނުވާނެ ...
އައްލާރަކާ
01 September 2025
ތިކަން ލަސްނުކޮށް އަވަހަށް ހަމަޖައްސަދޭންޖެހޭ.
ޢާދަނުބެ
01 September 2025
މެންގުރޫ ކިހާދުވަހަކު މަރުނުވެ ދުނިޔޭގަ އުޅެން ތިއުޅެނީ ހަމަ ގައިމުވެސް މަރުވާނެ ދެން ކޮންކަމަކާ ބިރުން ތި ތެޅެނީ
ސަލީމު އިދުރީސް
01 September 2025
ކޮންމެ ހާލެއްގަވެސް ކުޅެން މަޖުބޫއެއްޗެއްތޯ ފުޓުބޯޅަ މިއީ އަޑުއިވެނީ ފަލަސްތީނު ބަޑައް ޖެހިފަ އޮތްވާހަކަ
ާއަލިމޯޑު
01 September 2025
ފަލަސްތީނު އޮތީ ބަނޑަށް ޖައްސާފަ. އެކަމަކު މިޓީމުގައި ހިމެނޭނީ ފަލަސްތީނުން ބޭރުގައި އުޅޭ ކުޅުންތެރިން.
ނުބައި
01 September 2025
ތިމީހުން ތިއުޅެނީ ޗުއްޓީ ހަދާ ހިތުން. މިވަގުތު އެގައުމަށް ބޭނުންވަނީ ކާބޯތަކެތި. ގިނައިން ތިޓީމް ތަކުގަ އުޅެނީވެސް ފަލަސްތީނު ނަމުގަ އެހެން ގައުމުތަކަކުގަ ވަޒަން ވެރިވެގެން އުޅޭ މީހުން.
ދަގަތްފާނު
01 September 2025
ސަރުކާރުތެރޭ ބޭކާރު ދަތުރުތައް މިވަގުތަކަށް މަޑުކޮށްލައިގެންވިއަސް ތިކަންކޮށްދިނުން ރަނގަޅު.
މުޑަހަންޖާ
01 September 2025
ތިކަމަށް އެންމެ ކަމުވޮށިގެންވަނީ އައްޑޫ ކަމުގައި އަހަރެމެން ދެކެނީ.