02 ސެޕްޓެމްބަރ 2025 - 08:53
ޖަރުމަން ލީގުގެ އާ ސީޒަނަށް ބެޔާ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވި އެރިކް ޓެން ހާގް، ލީގުގެ ފުރަތަމަ ދެ މެޗުން ވެސް މޮޅެއް ނުހޯދުމުން އޭނާ މަގާމުން ވަކިކޮށްފި އެވެ.
ކޯޗު ޒަބީ އޮލޮންސޯގެ ބަދަލުގައި ލެވަކޫސަންއާ ހަވާލުވި ޓެން ހާގްގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ހޮފެއިންހެއިމް އަތުން 2-1 އިން ބަލިވެފަ އެވެ މިދިޔަ ހަފުތާގައި ވާޑާ ބްރޭމަންއާ ދެކޮލަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.
ޖަރުމަން ކަޕްގެ ފުރަތަމަ ބުރުގެ މެޗުގައި ވަނީ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް އަތުން މޮޅުވެފަ އެވެ.
ލެވަކޫސަންގެ ސްޕޯޓިން ޑިރެކްޓަރު ސިމޮން ރޯލްފްސް ބުނެފައިވާ ގޮތުން މި ނިންމުމަކީ ކްލަބަށް މަޖުބޫރުން ނިންމަން ޖެހުނު އުނދަގޫ ނިންމުމެކެވެ.
"މިއީ އެއްވެސް މީހަކު ބޭނުންވި ނިންމުމެއް ނޫން. އެކަމަކު ވޭތުވެދިޔަ ހަފުތާތަކުގައި ފެނުނީ ކާމިޔާބު އާ ޓީމެއް ބިނާކުރުމަކީ މި ސެޓަޕުން ވާނެ ކަމެއް ނޫން ކަން. އަހަރެމެންގެ ޓީމުގެ ކޮލިޓީއާ މެދު ސުވާލެއް ނުއުފެއްދޭނެ،" އެ ކުލަބުގެ ބަޔާނުގައި ވެ އެވެ.
"އެހެންވެ އެހެން ސެޓަޕަކާ އެކު ކުލަބުގެ ކުރިއެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން."
ލެވަކޫސަންގެ މަގާމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ގެއްލުނު ފަހުން އުމުރުން 55 އަހަރުގެ ކޯޗުގެ ފުރަތަމަ ވަޒީފާ އެވެ.
ޓެން ހާގް ވަނީ މި ސީޒަންގައި ކުޅުންތެރިން ގަންނަން 170 މިލިއަނެއްހާ ޔޫރޯ ހޭދަކޮށްފަ އެވެ. ނަމަވެސް ކްލަބްގެ ތަރިން ކަމަށްވާ ފްލޯރިއެން ވިއެޓްޒް އާއި ޔެރެމީ ފްރިމްޕޮންގް އަދި ގްރޭނިޓް ޒާކާ ފަދަ ކުޅުންތެރިން ވިއްކާލައިގެން އެ ޓީމުން ވަނީ 200 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދު އިލްހާމް
02 September 2025
ޓެންހާގް ކޯޗްކަމުގެ ދަށުން ލިބިފައިވާ ކާމިޔާބީއެއް ލިބުނީ އެޓީމެއްގެ ކުޅުންތެރިންގެ ރޭވުން ތެރިކަމާއި ހިތްވަރުގެ ސަބަބުން ޓެންހާގްގެ މޮލުކަމުން ލިބިފައިވާ ކާމިޔާބީއެއް ނެތް ، ޓީމުގެ ކުޅުންތެރިންގެ ހިޔާލުބަލާގަތުމުގެ ޤާބިލްކަމެއް ނެތް ސެޓިފިކެޓްއެއް އޮތަސް އެ އިލްމާއި ހުނަރު އެންމެންގެ ކިބައިން ފެނިގެން ނުދާނެ އެކަމުގެ ހެއްކެއް މި ކޯޗަކީ
ރޮނާލްޑޯ
02 September 2025
މީނަ ވަރު މީހަކު ނެތިގެން ރޮނާލްޑޯއާ ޖައްސާލައިގެން އުޅެންވާނެ އަދިވެސް