މަޖިލިސް ކްރިކެޓް މެޗުގެ ފެށުމުގެ ރަސްމިއްޔާތުގައި އެމްޔޫ މަނިކު (ކ-2) ކެނެރީ ސައްތާރު (ކ) އާއި އެންޑީ އަޒީ (ވ)، ރައީސް މައުމޫން އަރިހުގައި.
02 ސެޕްޓެމްބަރ 2025 - 12:07
ކުޅިވަރުގެ އިސްސަފުން ނުފެނުނު ނަމަވެސް، މަރްހޫމް ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ، ފަރުދާގެ ފުރަގަހުގައި ހުންނަވައި، ދިވެހި ކުޅިވަރަށް ވަރަށް ގިނަ ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހި ޓޫރިޒަމްގެ އެއް މުއައްސިސް އެމްޔޫ މަނިކު މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވުމުން ކުޅިވަރުގެ ވަރަށް ގިނަ ހަރަކާތްތެރިން އަންނަނީ ތައުޒިޔާ ފޮނުވައި، އޭނާގެ ކުޅިވަރުގެ ހަނދާންތައް އާކުރަމުންނެވެ.
ކުޅިވަރުގެ ތެރެއިން އެމްޔޫ މަނިކުގެ އެންމެ ފުރަތަމަ ލޯތްބަކީ ކްރިކެޓެވެ. ހިތްޖެހުނީ 1960ގެ އަހަރުތަކުގައި ސްރީ ލަންކާގައި ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރެވެ. އޭގެ ފަހުން އިރުމަތީ ޕާކިސްތާން (މިހާރުގެ ބަންގްލަދޭޝް) ގައި ދަނޑުވެރިކަމުގެ ރޮނގުން ޑިގްރީ ހާސިލްކުރައްވަން ހުންނެވި ދުވަސްވަރު ވެސް ކްރިކެޓް ކުޅުއްވި އެވެ.
އެނބުރި ރާއްޖެ ވަޑައިގެން އެމްޔޫ މަނިކު ވަނީ، 1981 ވަނަ އަހަރު އޮތް ރާއްޖޭގެ ފުރަތަމަ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގައި ނިއު ރޭޑިއަންޓަށް ކުޅުއްވައިފަ އެވެެ. އޭގެ ފަހުން ވެސް ވަރަށް ގިނަ މުބާރާތްތަކުގައި ނިއުގެ ޓީމުގައި ހިމެނިވަޑައިގަތެވެ. ނަމަވެސް ޓޫރިޒަމްގެ ވިޔަފާރީގެ މަސައްކަތުގެ ބުރަކަމުން، ގިނަ ފަހަރަށް މެޗުތަކަށް ވަޑައިގެންނެވޭ ގޮތެއް ނުވެ އެވެ.
އެމްޔޫ މަނިކު ކްރިކެޓް ކިޓުގައި.
އެކަމަކު ޗެރިޓީ މެޗުތަކާއި، އެކުވެރިކަމުގެ މެޗުތަކުގައި ގަވާއިދުން ކުޅުއްވެވި އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީސް ހުޅުވަން ބާއްވާ ތާރީހީ މެޗުގައި ކޮންމެ އަހަރަކު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އޭރުގެ ކްރިކެޓް ތަރި މުހައްމަދު ފާއިޒް ސަމަދު ވިދާޅުވީ އެމްޔޫ މަނިކަކީ ހުނަރުވެރި ކުޅުންތެރިއެއްގެ އިތުރަށް އޭރުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެހީތެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.
"ވަރަށް މޮޅަށް އުއްކަވާނެ. އެހާމެ މޮޅަށް ބެޓް ވެސް ކުރައްވާ. ވަރަށް މަދުން ކުޅުއްވާނީ، އެކަމަކު އޭރަށް ބަލާއިރު ވަރަށް ހުނަރުވެރި ކުޅުންތެރިއެއް މޮހޮދޭ އަކީ،" ސްރީ ލަންކާ އަށް އުފަން ފާއިޒް ވިދާޅުވި އެވެ.
"އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ އަޅުގަނޑުމެން ކުޅުންތެރިންނަށް ފޯރުކޮށްދެއްވި އެހީތެރިކަން."
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ އެމްޔޫ މަނިކަކީ، ރައީސް މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެން ކްރިކެޓް ދިރުވައި، އާލާ ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.
"ކްރިކެޓް މަރުނުވެ އޮތީ މައުމޫން އޭރު ކުރެއްވި މަސައްކަތުން. އެކަމުގެ އެއްކޮޅުގައި މޮހޮދޭ ހިއްޕެވި،" ވިކްޓްރީގެ ކްރިކެޓް ޓީމުގެ އޭރުގެ ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.
އެމްޔޫ މަނިކު (ކޮޅަށް ކަނާތް ފަރާތުން ތިން ވަނައިގައި) 1981 ވަނަ އަހަރު ނިއުގެ ކްރިކެޓް ޓީމާ އެކު.
އެމްޔޫ މަނިކު ވަނީ ކްރިކެޓް ބޯޑުގެ އޮނަރަރީ ރައީސްކަން 10 އަހަރު ކުރައްވައިފަ އެވެ. އެ ބޯޑުން ބުނީ ދާއިމީ ގޮތެއްގައި ފައިސާގެ ގޮތުންނާއި، ހިތްވަރުގެ ގޮތުން އޭނާ ކްރިކެޓަށް ކޮށްދެއްވި ހިދުމަތްތައް އަބަދަށް ދެމި ހުންނާނެ ކަމަށެވެ.
ކްރިކެޓް ބޯޑާއި، ކްލަބްތަކާއި، ކުޅުންތެރިންގެ އުއްމީދު ހާސިލްކޮށްދޭން އޭނާ ވެދެއްވި އެހީތެރިކަމަށް ސެލިއުޓް ހައްގު،" ބޯޑުގެ ބަޔާނުގައިވެ އެވެ.
އެމްޔޫ މަނިކު ވަނީ އޭނާ ކްރިކެޓް ކުޅުއްވި ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓުގެ ފުޓްބޯޅަ ޓީމަށް ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. އެގޮތުން ޓީމަށް ކުޅުންތެރިން ހޯދުމަށް މާލީ އެހީތެރިކަން ދެއްވުމުގެ އިތުރަށް މެޗުތަކުން މޮޅުވުމުން އިނާމު ވެސް ދެއްވަ އެވެ.
"ނިއު އަށް ވަރަށް ރަނގަޅު އެހީތަކެއް ވެދެއްވި ބޭފުޅެއް އެއީ،" އެ ކްލަބުގެ މަސްއޫލުވެރިޔާ އަހުމަދު ވަހީދު (ކުއީން ވަހީދު) ވިދާޅުވި އެވެ.
"އެކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރާނަން."
އެމްޔޫ މަނިކަކީ ޓޫރިޒަމްގެ އިތުރުން، އޭވިއޭޝަން ހިމެނޭހެން ގައުމަށް އެކި ރޮނގުރޮނގުން ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ތައުލީމީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ޒުވާނުން ބިނާކުރެއްވުމުގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވެވި އެވެ. އެކަމުގައި ކުޅިވަރު ވެސް އިސްތިސްނާ ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިޔަފާރިވެރިން
02 September 2025
ތިޔަގޮތަށް ޓެނިސްއެސޯސިއޭޝަނުގައިވެސް އަބަދުއެއްބަޔަކުއުޅޭ. ކުޅުންތެރިންނަށް ފައިދާއެއްވަނީ ބޭރުން ޓްރެއިނިން ހަދައިގެން.
އަބްޑޫޅް +
03 September 2025
މައްސަލަޔަކީ، ބޭރުން ނޫނީ ޓެރޭނިންގު ނުހެދޭތީ. ބަލަ، ކަލޭމެންގެ އެ ފެންވަރެއް ނެތޭ.
އޮނަރަބްލް އަފީފު ދީދީ
02 September 2025
ރާއްޖެއިން ކުރިކެޓް އުވިގެން ނުގޮސް ދަމަހައްޓަން ހުރިހާ ގޮތަކުން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި "ދިވެހި މީހާ" ފުރަތަމަ ފޮޓޯގައި އެބައިންނެވި. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރު ތަކުން ފެށިގެން 2000 ވަނަ އަހަރާއި ހަމައަށް ކުރިކެޓް ކުޅުނު އެތައް ކުދިންނަކަށް ކުޅެން ބޭނުންވާ އިކްއިޕްމަންޓާއި، ޝޫޒް އަދި އެޕަރަލްސް ހޯދާދިނީ ކާކުކަން މިދެންނެވި ދުވަސްވަރު ކުރިކެޓް ކުޅުނު ސުކޫލް ކުދިންނަށާއި ސީނިއަރ ކުޅިންތެރިންނަށް އެހެން މީހަކު ބުނެދޭކަށް ނުޖެހޭނެ.
ބެޓްސް މަން އެންޑް ވިކެޓް ކީޕަރ.
02 September 2025
ދީދީ ތިބުނީ ތިކަން އޮތްގޮތް. އެކަމަކު ކަންކަމުގެ ޙަޤީގަތް އޮޅުވާލާފައި ޙުޝާމަދު ކުރުމަކީ ދިވެހިންގެ ގައިގައި ހަރުލާފައި ހުންނަ ވަރަށް ގޯސް ކަމެއް ކަމުން ހިތަށް އެރި ކޮންމެ ވާހަކަ އެއް ކޮންމެ ގޮތަކަށްވެސް ދައްކަފާނެ. ތާރީހް ވެސް އޮތީ މުޅިން އޮޅުވާލާފައި.
އެހެންމީހަކު ބުނެދޭކަށް ނުޖެހޭނެޔޭ!!!!
02 September 2025
ތިހެންވީރު މިތަނަށް އަފީފު ދީދީ ތި އަނގަ ތޮރުފަނީ ކީއްކުރަން ހެއްޔެވެ؟
މުސްކުޅި ކުޅުންތެރިޔާ.
03 September 2025
އަފީފު ތިބުނީ ތެދެއް. ކަނައަތް ފަރާތުން ފުރަތަމަ އިންނެވީ އެމީހާ.
ޖަގޭ
02 September 2025
ފެމުނުތަކެއް ފަދައިން ސިފަ ކުރި ބޭފުޅުން ގައުމަށް ކޮށްދެއްވީ އިޚުލާސްތެރި މަސައްކަތް، އެބޭފުޅުންނަކީ ގައުމު އަދު ދެކޭ ތަރަށްގީއެއްވިއްޔާ ގެންނާން އެންމެ ބޮޑު ގުރުބާނީއެއްވީ ފަރާތްތައް، ގައުމާއި ރަށްޔިތުން އެބަޔަކައް ސެލިޔުޓް ކުރާން ޖެހޭބައެއް މުހައްމަދު މަނިކު، ކެރަފާ ނަސީމް، އަފީފު އުއްޗު ފަދަ، އަދި ކުރޯން ނަޒީރާއި ގަދަގެ ސަލީމް އަދި ކެރަފާގަނީ ފަދަ ބޭފުޅުންނަކީ މިގައުމަށް އަގު ނުކުރުވޭނެ ފަދަ ދިގުދެމިގެންވި ޚިދުމަތް ކޮށްދެއްވި ގައުމީ ބަތަލުން
މަބުނީ.
02 September 2025
އެހެންތަ ؟؟ ތިޔަ ބުނި މީހުން ކުރި އެހެން ކަންކަން އިގޭ މީހުންވެސް މިރާއްޖޭގައި މަދެއްނޫން.
ތައްޓޭ
02 September 2025
100% ރަގަޅުވާހަކައެއް، ހަސަދަވެރިންގެ ތަރާދުން ކިރާފި ނަމަ ޢެބައި މީހުންގެ ލޯތަކައް ނުފެންނާނެ އަދި ސިކުޑި ކިލަބުވާނެ ގައުމު ދެކެލޯބިވާ ހަމަ ކޮންމެ ލޮލަކައް ފެންނާނެ ...