08 ސެޕްޓެމްބަރ 2025 - 10:38
މިނީސޯގެ އާ ފިހާރައެއް މިރޭ މަޖީދީމަގުގައި ހުޅުވާނެ އެވެ.
މިރޭ 8 ޖަހާއިރު އެ ފިހާރަ ހުޅުވުމަށްފަހު 10 ޖަހަންދެން އެތަނުން ކުރާ ވިޔަފާރިތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ އިތުރުން އެތަނުން މިރޭ ހާއްސަ ހަދިޔާ އާއި ގިވްއަވޭގެ ގޮތުގައި ދޭ އަގުހުރި އިނާމު ދައްކާލާނެ އެވެ. އަދި މިނީސޯގެ މެސްކޮޓު ވެސް އެ ފިހާރައިގައި މިރޭ ހަރަކާތްތެރިވާނެ އެވެ.
ޒިކުރާ މިސްކިތް ކައިރިން މަޖީދީމަގުގައި ހުޅުވާ މިނީސޯ އަކީ މާލޭގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު މިނީސޯ ފިހާރަ އެވެ. އެ ތަނުގައި ތަފާތު ގިނަ ވައްތަރުތަކުގެ ޕްރޮޑަކްޓުތައް ހެޔޮއަގުގައި ހުންނާނެ އެވެ. އޭގެ ތެރޭގައި ލައިފްސްޓައިލް އެކި ޕްރޮޑަކްޓުތަކުގެ އިތުރުން މޭކަޕާއި ސްކިންކެއާ އާއި ހެއާކެއާ އާއި އެސަސަރީޒްގެ އިތުރުން ސްޓޭޝަނަރީޒް އާއި ކިޗަން އެޕްލަޔަންސް އަދި ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ފަދަ އެކި ސާމާނު ހިމެނެ އެވެ.
މިނީސޯއަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑު މަޝްހޫރުވެފައިވަނީ އެކި ތީމްތަކުގެ ތަފާތު ރީތި ސްޓޭޝަނަރީ އާއި އެކި އެސަސަރީތައް ހެޔޮ އަގުގައި ވިއްކާ ބްރޭންޑެއްގެ ގޮތުގަ އެވެ. މި ބްރޭންޑުގެ 10,000 އަށް ވުރެ ގިނަ ފިހާރަ 90 އަށް ވުރެ ގިނަ ގައުމުގައި ހުރެ އެވެ.
މިނީސޯ ފްރެންޗައިން ރާއްޖެ ތައާރަފްކުރީ ސޮނީ ސްޕޯޓްސްއިންނެވެ. މިނީސޯގެ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވީ 2020 ވަނަ އަހަރު އެވެ. މިނީސޯގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy