މިނިސްޓަރު ސައީދު: އަލީބާބާގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވާނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
10 ސެޕްޓެމްބަރ 2025 - 15:09
ޗައިނާގެ އަލީބާބާ ގްރޫޕުން ހިންގާ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކާ އެކު އަލީބާބާގެ އެކްސްޕާޓުން ބައިވެރިވާ ފޯރަމެއް އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އަލީބާބާގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮންލައިން ޕްލެޓްފޯމްތަކުގައި ދިވެހިންނަށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދަން ކުރާ މަސައްކަތުގެ ބައެކެވެ.
The Ministry of Economic Development and Trade, in collaboration with https://t.co/deQpknEn6f, will host a one-day online workshop on the 16th of this month aimed at supporting online and e-commerce businesses in the Maldives. The initiative is designed to help Maldivian…
— Mohamed Saeed (@em_saeed) September 10, 2025
ސައީދު ކުރެއްވި ޕޯސްޓް
އަލީބާބާއާ އެކު އިކޮނޮމިކް މިނިސްޓްރީން ކުރާ މަޝްވަރާތަކަކީ ޗައިނާއާ އެކު ރާއްޖެއިން ގާއިމް ކޮށްފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ ދަށުން، ގުޅުން ބަދަހިކުރަން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
12 September 2025
ހަދަނީ ހަދަނީ ނުކިޔާ ތިކަން ކޮށް ފަ ކޮށްފީމެ ބުނެ އަންގާކަބަލަ !!! ހުސް އަނގަ ނުތަޅާ....................
ރަމަ
12 September 2025
ސައީދޫ ތިޔަށްވުރެ މާރަގަޅުވާނެ އޮންލައިން ވިޔަފާރިތަކުން ރައްޔިތުމީހާ ގަންނަ ކޮންމެއެއްޗަކުން ބެންކަށްނަގާ %30 ޕަސެންޓްކަޑާލަދިންނަމަ ކަލޭމެންގެ މިވެރިކަމުގައި ރައްޔިތުންނަށް ބުރަނޫން އެހެންކަމެއް އުފުލާކަށްނުޖެހޭ! ވެރިކަމަށް އައިސް އެތައް އެތައް ޓެކްހެއް ބޮޑު ކުރުމުން އެއާރ ލައިންތަކުން ރައްޔިތުމީހާ ޓިކެޓް ނަގަންވެސް މިޖެހެނީ ބޮޑުއަގުގައި. ކުރިން ރައްޔިތުންނަށް ލިބެމުންއައި އެތައް އެތައްލުޔަކާއި ފައިދާއަކުން މިވެރިކަމުގައިވަނީ މަހުރޫމްކޮށްފައި.
މަސްބާނާ
12 September 2025
މީނާއަށް ކުރެވޭނީ ރިސޯޓު މެނޭޖަރުކަން. އެވެސް ގާސިމުގެ.
ގޗތ6ގ6ގ6
11 September 2025
ކޮބޭ ޕޭޕަލް....
ކަކުނިބޯ
10 September 2025
ޢަލީބާބާގެ ސެލާއެކަުންޓް ހުޅުވިޔަސް އަދި އަލީ ޕޭ ނުވަތަ އެސައިޓްގެ ޕޭމަންޓް ގޭޓްވޭ ބޭނުންކުރެވޭނެގޮތް ވުމަކީ ތަފާތުބދެކަމެއް މޮޔަހައްދަން ކޮންމެފަދަ ވާހަކައެއްވެސް ދެއްކިދާނެ. މީހުން އިތުބާރުލުރަނީ އެޕްލެޓްފޯމްމެދުވެރިކޮށް ކުރާވިޔަފާރިޔަށް ފައިސާކޮޅުގެ ރައްކާތެރިކަންލިބޭތީ
ހައްހައް
10 September 2025
މިހިރީ ހަމަ ރެޑީގަ. ޕޭޕަލް އެކައުންޓައް ވެސް ލާރި އެބަ ބޯކޮށް ވަދޭ މިހާރު، މި ސަރުކާރުން ޕޭޕަލް އާއި ޑީލް ހެދިފަހުން. ޢެމޭޒަން ގަ ވެސް ސެލް ކުރެވޭނެ ހެން ހީވަނީ މިހާރި.
ޗޯޓޭ
10 September 2025
މީ ވަރަށް ރަގަޅު ކަމެއް... ޑޮލަރު ގޯނިތައް ޓެމޯއިންވެސް ދެންގެނެވޭނެ
ކޮސްކަން
10 September 2025
އޭރުންތާ ދިވެހިން ފޭރޭ ބެންކުން ކަލޭމެން ވިއްކާ އެއްޗެހީގެ ބަދަލުގަ ދެލޯ ދޭށޭ ބުނެވޭނީ.
ރޯސްވޯޓަރ
10 September 2025
މިއީ ވަރައް އެހެންކަހަލަ ފެހިސިގްނަލެއް.މިބުނީ މަޑުފެހިކުލައިގަ މީތިއިންނާނީ އެހެން އިނދެފަ ކަނިވާންފަށާނީ.
raajje
10 September 2025
ރައްޔަތުން އެދިގެން ޕޭޕަލްގެނައުމުގެ މަސައްކަތް ހުއްޓާލީއެވެ، ފުރަތަމަ މިއާޓިކަލްއަށް އަޅުގަނޑު ކުރިކޮމެންޓުގައި ފާހަގަކުރި ހަނދާނަށާއި އެހެންބޭފުޅުން މި ހަބަރަށްކޮށްފައިވާ ކޮމެންޓުތަކަށްބަލާއިރު އަލީބާބާގަ ދިވެހިންނަށް ސޭލާއެކައުންޓު ކުރިންވެސް ހުޅުވޭކަމަށް ބުރަވެވޭ، އެހެންވީމާ ސައީދު މިކިޔާއެއްޗެއް ސާފުވާގޮތެއްނުވި